15 ޖުލައި 2020
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިލް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ކުރި ހަތް ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، ކްރިމިނަލް ކޯޓުން އިއްޔެ އެ މައްސަލަތައް ބޭރުކޮށްލުމުން އަދީބު ވަނީ މިނިވަންވެފަ އެވެ. އެކަމަކު އަދީބު ފުރުން މަނާކޮށް އެ ކޯޓުން ރޭ ވަނީ އަމުރެއް ނެރެފަ އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލައިގައި ވަނީ އަދީބަށް ކުރި ދައުވާތައް ކޯޓުން ބޭރުކޮށްލީ އިޖުރާއާތުތަކާ ޚިލާފަށް ކަމަށެވެ. ކުށަށް އިއުތިރާފުވުމާ ބެހޭގޮތުން ދައުލަތާއި އަދީބާ ދެމެދު ހެދި އެއްބަސްވުން ގޯސް ކަމަށް ކޯޓުން ނިންމީ އަދީބު އެގޮތަށް އެދިވަޑަައިގެންފައި ނުވަނީސް ކޯޓުގެ އިސް ނެގުމަށް ކަމަށާއި އެއްބަސްވުން ބާތިލް ކުރުމަށް ފަހު ހެކިތަކާ އެކު، މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު ކޯޓުން ދީފައި ނުވަނީ ގާނޫނާ ޚިލާފަށް ކަމަށް ހަސަންގެ ހުށަހެޅުއްވުމުގައި ވެ އެވެ.
އެގޮތަށް ކޯޓުން ނިންމުމުގައި ރިޝްވަތާއި ކޮރަޕްޝަނާއި ނުފޫޒު ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެހެންވެ، އެ ނިންމުން ނިންމެވި ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމަށާއި އަދީބުގެ މައްސަލަތައް އިސްތިއުނާފު ކުރަން ދައުލަތަށް ގޮވައިލާ ކަމަށް އެ ހަސަންގެ ހުށަހެޅުއްވުމުގައި ބުނެ އެވެ.
އެ މައްސަލަ އަށް ބަހުސް ކުރަން ފާސްވީ 21 މެމްބަރުންގެ ވޯޓުންނެވެ.
އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލުމުން އެ މައްސަލަ އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފަ އެވެ. އަދީބު އިއުތިރާފު ނުވިޔަސް، އޭނާއާ ދެކޮޅަށް ހެކި އެބަހުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.
މަޖިލިހުން އަވަސްއަރުވާލުމަކީ އިންސާފަށް ހުރަހެއް
އަދީބަށް ދެވުނީ އިންޓެލިޖެންސް ފެއިލްވުމުން: މީކާއިލް
އަދީބު ދޫކޮށްލުމުން މަޖިލީހަށް ކުއްލި މައްސަލައެއް
އަދީބު ބޭރަށް ފޮނުވާތީ މަޖިލީހަށް ކުއްލި މައްސަލައެއް
ސަން ކުންފުންޏާ ދެކޮޅު ހެކިންނަށް އަދީބާއި ޒިޔަތު
އަދީބުގެ މެސެޖުތައް އާންމު ކުރާނަން: ނަޝީދު
އަދީބުގެ އެރުމާއި ވެއްޓުން، ކޮން އިބުރަތެއް؟
އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިއްޖެ
އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީ ސަސްޕެންޑުކޮށްފި
ބޮޑު ހިޔާނާތް: "މައްސަލަ ބެލޭނެ މާހައުލެއް ނެތް"