05 އޯގަސްޓް 2019
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފިއްލަވައި އިންޑިއާ އަށް ވަޑައިގެންނެވުނީ ދިވެހި ފުލުހުންގެ އިންޓެލިޖެންސް ފެއިލްވެފައި އޮތުމުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފިއްލަވައި އިންޑިއާ އަށް ވަޑައިގެންނެވުނީ ދިވެހި ފުލުހުންގެ އިންޓެލިޖެންސް ފެއިލްވެފައި އޮތުމުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ ޓަގެއްގައި ފިއްލަވައިގެން އަދީބު ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ އަދީބު ފިއްލެވީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ހަނި ފުރުސަތެއްގެ ތެރެއިން ކަމަށެވެ.
އަދީބު ފިއްލަވައިގެން ވަޑައިގަތީ ހުރިހާ އިދާރާތަކެއް ބަލަން ތިއްބާ ކަމަށްވީ އިރު، އެގޮތަށް އަދީބަށް ވަޑައިގެންނެވުނީ ކީއްވެ ކަން ބަލަން ޖެހޭ ކަމަށް ވެސް މީކައިލް ވިދާޅުވި އެވެ. މިކަމުގައި ޕޮލިސް އިންޓަލިޖެންސް ފެއިލްވެފައި އޮތް ކަން ސާފުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ނުދައްކަން ޖެހޭ ވާހަކައެއް ނޫން. އަޅުގަނޑުމެންނަށް މިކަހަލަ ވާހަކަ ނުދެއްކޭ ކަމަށްވާ ނަމަ، އަދީބު ކީއްކުރަން ޔާމީން ވެސް އަނެއް ދުވަހު ތަނެއްގައި ފިލާ ހުންނަ މަންޒަރު ފެނިގެން ދާނެ ކަމީ އަޅުގަނޑުމެން ކުޑަ ވެސް ޝައްކެއް ކުރާ ކަމެއް ނޫން،" މީކާއިލް ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ރޭ ގެންދަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދީބު ވަގުތީ ގޮތުން ޑިފެންސް މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވި ދުވަސްކޮޅެއްގައި މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ތުހުމަތު ކުރެވޭ ބޮޑެތި މީހުން އަދީބުގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ ކަސްޓަމާއި އިމިގްރޭޝަންގެ ބެލުމުގެ ދަށުން ފުރުވާލާފައިވާ ކަމަށް ވެސް މީކައިލް ވިދާޅުވި އެވެ.
އެކަމަކު، އަދިވެސް ފުލުހުންނާއި ކަސްޓަމާއި އިމިގްރޭޝަންގެ ތެރޭގައި ތިއްބެވީ އެބޭފުޅުން ކަމަށާއި ދެކޮޅަށް އެޅި ފިޔަވަޅެއް ނެތް ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
"އަދީބު ފިލުވާލުމުގައި ޝާމިލްވި ފަރާތްތަކާއި އިހުމާލުވި ފަރާތްތަކާ މެދުގައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައިވާ އިރު، މިއަދާ ހަމައަށް އެޅުނު ފިޔަވަޅެއް އަޅުގަނޑުމެންނަށް ނޭނގޭ. މިއީ އަޅުގަނޑުމެން ކަންބޮޑުވާ ކަންކަން. މި ދައްކަނީ އާދައިގެ މީހެއްގެ ވާހަކައެއް ނޫން،" މީކާއިލް ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އަދީބަކީ ސިވިލް ސާވިސްގެ އެތައް މުވައްޒަފުންނެއް މަސައްކަތް ކުރަމުން އަންނަ ވެލާނާގެ ގޮއްވާލުމަށާއި މެއި 1، 2015 ގައި ކުރިއަށް ގެންދިޔަ މޭޑޭ މުޒާހަރާގެ ތެރެއަށް ބޮން ގޮއްވަން އުޅުއްވި ބޭފުޅެކެވެ. ރާއްޖޭގައި ހުރި އެންމެ ބޮޑު "މުޖުރިމަށް" ފިއްލަވައިގެން އިންޑިއާ އަށް ދެވުނު ގޮތެއް ހޯދަން ޖެހޭނެ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، އަދީބު ފިއްލެވި މައްސަލައިގައި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން އެކަށީގެންވާ މައުލޫމާތު ނުލިބޭ ކަމަށެވެ. މަޖިލިހަށް ކުއްލި މައްސަލަ ހުށަހަޅައި ބަހުސް ކުރަން ޖެހުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ބޮޑެތި ޖަރީމާތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ ބޭފުޅުން ހައްޔަރުނުކޮށް ދޫކޮށްލާފައި ތިބުމުން އިންތި ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެހެންވެ، ދައުލަތުގެ މައްސަލައެއް އުޅޭތީ އެކަން ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓަގު ބޯޓެއްގައި ފިއްލަވައިގެން އަދީބު ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަނިކޮށް އިންޑިއާގެ ޓުޓިކޮރިން ބޭރުން އިންޑިއާގެ ސިފައިން އަދީބު އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދީބު ފިއްލެވި މައްސަލައިގައި އިންޑިއާގެ ސަލާމަތީ ބާރުތަކުން އެމަނިކުފާނާ ގިނަ އިރުތަކެއް ވަންދެން ޓަގް ބޯޓުގައި ހިފަހައްޓައި ސުވާލު ކުރި އެވެ.
އޭގެ ފަހުން، އިންޑިއާ އިން ވަނީ އަދީބު ރާއްޖޭގެ ސަލާމަތީ ބާރުތަކާ ހަވާލުކޮށްފަ އެވެ. ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުން އަދީބު ރާއްޖެ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެކަމަކު، އަދީބު ހައްޔަރު ކުރީ އިޖުރާއުތަކާ ހިލާފަށް ކަމަށް ބުނެ، ކްރިމިނަލް ކޯޓުން ވަނީ އޭނާ މިނިވަންކޮށްފަ އެވެ. ނަމަވެސް އަދީބު މިނިވަން ކުރިތާ މާ ގިނަ އިރުތަކެއް ނުވެ، އިތުރު ކޯޓު އަމުރަކުން އަދީބު ރޭ ފަތިހު ވަނީ އަލުން ހައްޔަރުކޮށްފަ އެވެ.
އަދީބު ދޫކޮށްލުމުން މަޖިލީހަށް ކުއްލި މައްސަލައެއް
މަޖިލިހުން އަވަސްއަރުވާލުމަކީ އިންސާފަށް ހުރަހެއް
އަދީބު މިނިވަންކުރި މައްސަލަ މަޖިލީހަށް ހުށަހަޅައިފި
އަދީބު ބޭރަށް ފޮނުވާތީ މަޖިލީހަށް ކުއްލި މައްސަލައެއް
ސަން ކުންފުންޏާ ދެކޮޅު ހެކިންނަށް އަދީބާއި ޒިޔަތު
އަދީބުގެ އެރުމާއި ވެއްޓުން، ކޮން އިބުރަތެއް؟
އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިއްޖެ
އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީ ސަސްޕެންޑުކޮށްފި
ބޮޑު ހިޔާނާތް: "މައްސަލަ ބެލޭނެ މާހައުލެއް ނެތް"
އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީގެ މައްސަލަ ބަލަނީ