Roadha Mihaaru
ގޫގުލް އިން އިންޑިއާ އަށް 10 ބިލިއަނުގެ އިންވެސްޓްމަންޓެއް

ގޫގުލް އިން އިންޑިއާ އަށް 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް

15 ޖުލައި 2020

އެކި ދާއިރާތަކުން އިންޑިއާ ކުރިއަރުވައި ޑިޖިޓައިޒޭޝަނަށް ކުރާ މަސައްކަތްތައް ގޫގުލް އިން 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކި ދާއިރާތަކުން އިންޑިއާ ކުރިއަރުވައި ޑިޖިޓައިޒޭޝަނަށް ކުރާ މަސައްކަތްތައް ގޫގުލް އިން 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި އެވެ.

"ގޫގުލް ފޯ އިންޑިއާ ޑިޖިޓައިޒޭޝަން ފަންޑް" ގެ ނަމުގައި ގޫގުލްގެ އިންވެސްޓްމަންޓް އިއުލާންކޮށްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ގޫގުލްގެ ސީއީއޯގެ ސުންދަރު ޕިޗާއީ ވާޗުއަލްކޮށް ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގަ އެވެ.

މީގެ ކުރިން ވެސް އިންޑިއާގައި އިންވެސްޓްމަންޓްތައް ކޮށްފައިވާ ގޫގުލް އިން ބުނި ގޮތުގައި ކުރިއަށް އޮތް 5-7 އަހަރަށް އިންޑިއާ އަށް ކަނޑައެޅި 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ދަށުން އެ ގައުމުގެ އެކި ފަންތީގެ ވިޔަފާރި ވެސް ކުރިއަރުވަން މަސައްކަތްކުރާނެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ އަމިއްލަ އުފެއްދުންތައް އިތުރުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އުފެއްދުންތެރިކަން އިތުރުކުރުން ހިމެނެ އެވެ.

ގޫގުލްގެ ސީއީއޯ ޕިޗާއީ ވިދާޅުވި ގޮތުގައި އިންޑިއާ އަކީ އިގުތިސާދީ ގޮތުންނާއި އުމުރާނީ ގޮތުން ވެސް ވަރުގަދަ އަދި މިހާރަށް ވުރެ ބޮޑަށް ފުދޭ ގައުމަކަށްވުމަކީ ވަރަށް މުހިއްމު ކަމަކަށްވާނެ އެވެ. އެގޮތުން ގޫގުލްގެ އިންވެސްޓްމަންޓްގެ ދަށުން ޕާޓްނާޝިޕާއި އޮޕަރޭޝަނަލް އާއި އިންފްރާސްޓްރަކްޗާ އަދި އިކޮސިސްޓަމް ފަދަ ދާއިރާތަކަށް ފޯކަސްކުރާނެ ކަމަށް ވިދާޅުވި އެވެ.

އިންޑިއާ ދަރިކޮޅުގެ ޕިޗާއީ ވިދާޅުވީ ގޫގުލް ފޯ އިންޑިއާ ޑިޖިޓައިޒޭޝަން ފަންޑް" ގެ ދަށުން އިސްކަންދޭނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ވިޔަފާރިތައް ޑިޖިޓައިޒްކުރުމާއި އިންޑިއާގެ އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރުމާއި ސިއްހީ ދާއިރާގައި ހުރި މައްސަލަތަކަށް ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އެހީ ހޯދުމާއި ތައުލީމާއި ދަނޑުވެރިކަމާއި އިންޑިއާގެ ބަސްތައް ދިރުވަން މަސައްކަތްތައް ކުރުން ހިމެނޭ ކަމަށެވެ.

ހޯމަ ދުވަހު ބޭއްވި ވާޗުއަލް އިވެންޓްގެ ތެރޭގައި ގޫގުލް އިން ވަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަދާފައިވާ ޕާޓްނާޝިޕްތަކެއްގެ ދަށުން ކުރިއަށް ގެންދާނެ ދެ ކަމެއް ވެސް އިއުލާންކޮށްފަ އެވެ.

އެއީ ޕްރަސާރު ބާރްތީއާ ގުޅިގެން ކުދި ވިޔަފާރިކުރާ މީހުންނަށް ހާއްސަކޮށްގެން ދޫރްދަރުޝަން އުނގަންނައި ދިނުމުގެ ހާއްސަ ޕްރޮފްރާމްތަކެއް ގެނެސްދިނުމާއި ސެންޓްރަލް ބޯޑް އޮފް ސެކަންޑަރީ އެޑިއުކޭޝަން (ސީއެސްއީ) ގުޅިގެން މި އަހަރު ނިމުމުގެ ކުރިން އޮންލައިންކޮށް ކިޔަވައި ދިނުމުގެ ވައްޓަފާޅި އަށް ހާއްސަކޮށްގެން 22،000 ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެކެވެ.

މޯދީ ވިދާޅުވި ގޮތުގައި ގޫގުލްގެ އިންވެސްޓްމަންތައްވެގެން ދާނީ އިންޑިއާގެ ވިޔަފާވެރިންނާއި ދަނޑުވެރިންނާއި ޒުވާނުން ފަދަ އެތައް ބަޔަކަށް ކުރިއެރުންތަކެއް ލިބިގެންދާނެ އިންވެސްޓްމަންޓަކަށެވެ.