Roadha Mihaaru
ކަޝްމީރުގައި އިންވެސްޓްމެންޓްތައް އިތުރުކުރަނީ

ކަޝްމީރުގައި އިންވެސްޓްމެންޓްތައް އިތުރުކުރަނީ

25 އެޕްރީލް 2022

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު، މިލްކުވެރިކަމާ މެދު އަރައިރުން އުފެދިފައިވާ ކަޝްމީރުގެ އިންޑިޔާ ފަޅީގައި ވެސްޓްމެންޓްތައް އިތުރު ކުރައްވާނެ ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ކަޝްމީރުގެ އިންޑިއާ ފަޅީގައި އިއްޔެ ބޭއްވި އެއްވުމަށް ބޮޑުވަޒީރު މޯދީ ވަޑައިގެންނެވި އިރު، ކަޝްމީރުގެ މަގުތަކާއި ހުރިހާ ސަރަހައްދުތަކެއްގައި އިންޑިއާގެ ސިފައިންނާއި ފުލުހުން ދިޔައީ ވަރުގަދަ ހަތިޔާރުތަކާ އެކު ސަލާމަތީ ކަންތައް ބަލަހައްޓަމުންނެވެ. ބޮޑުވަޒީރު އެ ސަރަހައްދަށް ވަޑައިގަތުމުގެ ތިން ދުވަސް ކުރިން ވެސް އެ ސަރަހައްދުގައި، ހަނގުރާމަވެރިންނާއި ފުލުހުންނާ ދެމެދު ހަމަލާތަކެއް ބަދަލުކުރި އެވެ.

މޯދީ ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި ކުރުމަށް ކަނޑައެޅި އިންވެސްޓްމެންޓްތަކުގެ އަގު ފަސް ބިލިއަން ޑޮލަރަށް އަރައިފި ކަމަށެވެ. އޭގެ ތެރޭގައި އެމިރޭޓްސްގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ލުއުލުއު ގުރޫޕާއި ޑީޕޯ ވޯލްޑްގެ ފަރާތުން ކަޝްމީރުގައި ގާއިމުކުރާ އިންވެސްޓްމެންޓްތައް ހިމެނެ އެވެ. އޭގެ އިތުރުން އެމިރޭޓްސްގެ އިމާރް ޕްރޮޕާޓީސްގެ ފަރާތުން ކަޝްމީރުގެ ސްރީނަގަރުގައި 5،000 އަކަފޫޓުގެ ޝޮޕިން މޯލްއެއް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ.

ކަޝްމީރުގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތައް ދެނެގަތުމުގެ ގޮތުން، އެމިރޭޓްސްގެ ވިޔަފާރި ކުންފުނިތަކާއި، އެމިރޭޓްސްގައި ހިންގާ އިންޑިއާގެ ވިޔަފާރި ކުންފުނިތައް ހިމެނޭ ވަފުދެއް މިދިޔަ މަހުގެ ތެރޭގައި ކަޝްމީރަށް ޒިޔާރަތްކުރި އެވެ.