Roadha Mihaaru
ބަޑީގެ ވަޒަނުން ކަޝްމީރަށް ހައްލެއް ނުހޯދޭނެ: މޯދީ

ބަޑީގެ ވަޒަނުން ކަޝްމީރަށް ހައްލެއް ނުހޯދޭނެ: މޯދީ

15 އޯގަސްޓް 2017

ނިއު ދިއްލީ (އޮގަސްޓް 15) - ބަޑީގެ ވަޒަނުން ކަޝްމީރުގެ މައްސަލަ އަށް ހައްލު ނުހޯދޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އޮގަސްޓް 15) - ބަޑީގެ ވަޒަނުން ކަޝްމީރުގެ މައްސަލަ އަށް ހައްލު ނުހޯދޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ 70 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް ނިއު ދިއްލީގެ މަޝްހޫރު ރެޑް ފޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މޯދީ ވިދާޅުވީ ކަޝްމީރުން ވަކިވެގަންނަން އުޅޭ މީހުންގެ ނުބައި ރޭވުމެއް އެބައޮތް ކަމަށެވެ.

"ކަޝްމީރުގެ މައްސަލަ އަށް ހައްލެއް ހޯދެން އޮތީ ލޯތްބާ އެކު އެއް ބަޔަކު އަނެއް ބަޔަކު ބައްދާލައިގެން،" މިނިވަން ދުވަހުގެ 54 މިނިޓުގެ ތަގްރީރުގައި މޯދީ ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު މޯދީ މިނިވަން ދުވަހުގެ ތަގްރީރު ދެއްވަނީ. --ފޮޓޯ:އޭއެފްޕީ

އިންޑިއާގެ ބޮޑު ވަޒީރު މޯދީ މިނިވަން ދުވަހުގެ ތަގްރީރު ދެއްވަނީ. --ފޮޓޯ:އޭއެފްޕީ

މޯދީ ވިދާޅުވީ އިންޑިއާގެ ބޭނުމަކީ ކަޝްމީރަކީ "ދުނިޔެ މަތީގެ ސުވަރުގެއަކަށް" ހެދުން ކަމަށާއި ހަނގުރާމަ އާއި ހަމަނުޖެހުމުގެ ސަބަބުން ހަލާކުވެފައިވާ ކަޝްމީރު އާރާސްތު ކުރުމަށް އިންޑިއާ ސަރުކާރުން މަގު ޗާޓެއް ގެންގުޅޭ ކަމަށެވެ. އޭގެ ތެރޭގައި ޒުވާނުންނަށް ތައުލީމް ދީ އެ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާ އަށް މިނިވަންކަން ލިބުނީ އަވަށްޓެރި ޕާކިސްތާން މިނިވަންވިތާ އެއް ދުވަސް ފަހުންނެވެ. އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ކަޝްމީރެވެ.

މޯދީ ވަނީ ކަޝްމީރު މައްސަލައިގައި އިންޑިއާގެ ރައްޔިތުން އެކަތިގަނޑަކަށްވެ ތިބުމަށް ގޮވާލައްވައިފަ އެވެ.

ބޮޑު ވަޒީރު މޯދީގެ ތަގްރީރުގައި ވަނީ ދީނުގެ ނަމުގައި ހިންގާ ހަމަނުޖެހުންތައް ވެސް ކުށްވެރި ކުރައްވައިފަ އެވެ. އަދި އިންޑިއާ ދެކޮޅަށް މަސައްކަތް ކުރާ ކޮންމެ ބައެއްގެ ކިބައިން ގައުމު ދިފާއު ކުރާނެ ކަމަށް ވިދާޅުވި އެވެ.

"އިންޑިއާގެ އެންމެ މަތީ މަސްލަހަތަކީ ގައުމީ ސަލާމަތް،" މޯދީ ވިދާޅުވި އެވެ.