08 ޖުލައި 2020
ދިވެހި އިންޝިއުރެންސް އިން މިދިޔަ މަހު ތައާރަފްކުރި "ދިވެހި ޓްރޭޑް ކްރެޑިޓް ގެރެންޓީ ސްކީމް" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ދިވެހި އިންޝިއުރެންސް އިން މިދިޔަ މަހު ތައާރަފްކުރި "ދިވެހި ޓްރޭޑް ކްރެޑިޓް ގެރެންޓީ ސްކީމް" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
މި ސްކީމަކީ ކްރެޑިޓަށް މުދާދޫކުރަން ބޭނުންވާ ވިޔަފާރިތަކަށް ފައިސާ އަންބުރާ ލިބޭނެކަން ކަށަވަރުކޮށްދޭ ގެރެންޓީ ސްކީމެކެވެ. މިގޮތުން މުދާ ކްރެޑިޓަށް ނަގަންބޭނުންވާ ފަރާތްތަކަށް މި ސްކީމްގެ ދަށުން ދިވެހި އިންޝުއަރެންސް ގެރެންޓާއެއްގެ ރޯލު އަދާކުރާނެ އެވެ.
ދިވެހި ޓްރޭޑް ކްރެޑިޓް ގެރެންޓީ ސްކީމަށް މުދާ ނަގަންބޭނުންވާ ފަރާތްތަކުން ސަޕްލަޔަރަށް މި ސްކީމްގެ ދަށުން އެޕްލައި ކުރުމުން ދިވެހި އިންޝުއަރެންސް އިން އެޕްރޫވް ކުރުމަށްފަހު މުދާ ނެގުމަށް ގެރެންޓީއެއް ދެވޭނެ އެވެ.
ދިވެހި އިންޝުއަރެންސް އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން މިފަދަ ތަފާތު ސްކީމްތައް މާކެޓަށް އަންނަނީ ނެރެމުންނެވެ. އެގޮތުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ބޭނުންވާ ޕްރޮޖެކްޓް އިންޝުއަރެންސް އާއި ބޭންކް ގެރެންޓީސް ފަދަ ސްކީމްތައް ހިމެނެ އެވެ.
މި ވަގުތު ވެސް ރާއްޖޭގެ ބޮޑެތި ބައެއް ސަޕްލަޔަރުންގެ ތެރޭގައި ހިމެނޭ ސޮނީ ހާޑްވެއާ، އެޕޯލޯ ހޯލްޑިންސް، އެލްބިއަން ސްޓޯރު، ސްޓީލް ހާޑްވެއާ އަދި ނަލަހިޔާ ޓްރޭޑިންގް އިން ދިވެހި ޓްރޭޑް ކްރެޑިޓް ގެރެންޓީ ސްކީމްގެ ދަށުން މުދާ ދޫކުރުމުގެ ހިދުމަތްދެ އެވެ.
މި ސްކީމުގައި އިތުރު ސަޕްލަޔަރުން ރަޖިސްޓާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން މިކަން ކުރުމަށް ދިވެހި އިންޝުއަރެންސްގެ ހޮޓަލައިންނަށް 1411 އަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އެކުންފުނިން އެދެ އެވެ.
ދުނިއެ އަށް ދިމާވެފައިވާ ބަލިމަޑުކަމުގެ ހާލަތުގައި ވަރަށް ގިނަ ވިޔަފާރިތަކަށާއި ގައުމުގެ އިޤްތިސޯދަށް ދަނީ ނޭދެވޭ އަސަރުތައް ކުރަމުންނެވެ. އެހެންވެ މި ދުވަސްވަރު މި ސްކީމަށް ދަނީ ވަރަށް ބޮޑަށް ތަރުހީބެއް ލިބެމުންނެވެ. ސަބަބަކީ ވިޔަފާރިތަކަށް ޔަގީންކަމާ އެކު މުދާ ދޫކުރެވި މަސައްކަތަށް ބޭނުންވާ މުދަލުގެ ދަތިކަމެއް ނެތި ވިޔަފާރި ކުރިއަށް ގެންދިއުމަށްޓަކައި މި ސްކީމުގެ ދަށުން މަގުފަހިވެގެންދާތީ އެވެ.
ދިވެހި އިންޝުއަރެންސް އިން ދަނީ އިތުރު ބޮޑެތި ވިޔަފާރިތަކާ އެކު މި ހިދުމަތް ފުޅާކުރުމުގެ މަޝްވަރާ ކުރަމުންނެވެ. މީގެ ސަބަބުން މުދާ ނަގާ އަދި މުދާ ދޫކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ލިބި ވިޔަފާރިތަކަށް ފައިސާ މެނޭޖް ކުރާނެ ލުއި ގޮތްތަކެއް ހަމަޖެހޭނެ އެވެ.
ބޭންކު ނޫނަސް މާލީ އެހެން އިދާރާތަކުން ޖޫރިމަނާ ނެގޭނެ
އަމީލް ދިވެހި އިންޝުއަރެންސްގެ އެމްޑީއަކަށް
ޓީ ޖެޓީ އަލިފާނުގެ ހާދިސާގެ ގެއްލުމުގެ ބަދަލު ދީފި
އަލިފާނުގެ ހާދިސާ: ތާޑް ޕާޓީ އިންޝުއަރެންސްގެ ބަހުސް!
އިންޝުއަރެންސާ ބެހޭ މައުލޫމާތު ދޭން ސެމިނާއެއް ބާއްވައިފި
ދިވެހި އިންޝުއަރެންސްގެ ސްޓޯލުން ގިނަ މައުލޫމާތުތަކެއް
އިންޝުއަރެންސް އިންޑަސްޓްރީ އަދިވެސް ކުޑަ: މިނިސްޓަރު
ވާހިދުގެ ފިޔަވަޅުން ދިވެހި އިންޝުއަރެންސް ކުރިޔަށް!
އިތުރު ކުންފުންޏަކަށް އިންޝުއަރެންސްގެ ލައިސަންސް ދީފި
މާލީ އިދާރާތަކުގެ ގަވައިދާ ގުޅޭ މައްސަލަ ކޮމިޓީން ނުބަލަން ނިންމައިފި