Roadha Mihaaru
ދިވެހި އިންޝުއަރެންސްގެ ސްޓޯލުން ގިނަ މައުލޫމާތުތަކެއް

އެކްސްޕޯގެ ދިވެހި އިންޝުއަރެންސްގެ ސްޓޯލުން ގިނަ މައުލޫމާތުތަކެއް ދެނީ

07 ޖުލައި 2017

މިހާރު ދަރުބާރުގޭގައި ކުރިޔަށް ގެންދާ ފައިނޭންޝަލް އެކްސްޕޯގައި އިންޝުއަރެންސްގެ ހިދުމަތާ ބެހޭ ތަފާތު ގިނަ މައުލޫމާތުތަކެއް ދިނުމަށް ސްޓޯލެއް ދިވެހި އިންޝުއަރެންސް އިން ހުޅުވައިފި އެވެ.

މިހާރު ދަރުބާރުގޭގައި ކުރިޔަށް ގެންދާ ފައިނޭންޝަލް އެކްސްޕޯގައި އިންޝުއަރެންސްގެ ހިދުމަތާ ބެހޭ ތަފާތު ގިނަ މައުލޫމާތުތަކެއް ދިނުމަށް ސްޓޯލެއް ދިވެހި އިންޝުއަރެންސް އިން ހުޅުވައިފި އެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ފައިނޭންޝަލް އެކްސްޕޯ ފަދަ ގިނަ ބަޔަކު ޒިޔާރަތްކުރާ ތަނެއްގައި ސްޓޯލެއް ހުޅުވީ އިންޝުރެންސްއާ ބެހޭ މައުލޫމާތު ވީހާ ވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

"މިތަނަށް އަންނަ ވަރަށް ގިނަ ބަޔަކު ބޭނުންވޭ އިންޝުއަރެންސް ހިދުމަތް ހޯދުމުގެ ކުރިން އެކަމުގެ އެންމެ ފުރިހަމަ މައުލޫމާތު ހޯދަން. އެކަމަށްޓަކައި އަޅުގަނޑުމެންގެ މުވައްޒަފުން މިތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެން،" އޮފިޝަލް ވިދާޅުވި އެވެ.

ފައިނޭންޝަލް އެކްސްޕޯގައި ހުޅުވާފައިވާ ދިވެހި އިންޝުރަންސް ކޮމްޕެނީގެ ސްޓޯލް. ފޮޓޯ: ދިވެހި އިންޝުރެންސް ކޮމްޕެނީ

ފައިނޭންޝަލް އެކްސްޕޯގައި ހުޅުވާފައިވާ ދިވެހި އިންޝުރަންސް ކޮމްޕެނީގެ ސްޓޯލް. ފޮޓޯ: ދިވެހި އިންޝުރެންސް ކޮމްޕެނީ

ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ އެކްސްޕޯގެ ދިވެހި އިންޝުއަރެންސްގެ ސްޓޯލުގައި އެކި ވައްތަރުގެ އިންޝުއަރެންސްގެ ހިދުމަތާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ހިދުމަތް ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އޭގެ އިތުރުން އެތަނުގައި ކުރިޔަށް ގެންދާ ލަކީ ޑްރޯއެއްގައި ބައިވެރިވެ ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމްތަކެއް ވެސް ދޭން ވަނީ ހަމަޖައްސާފައި ކަމަށް ދިވެހި އިންޝުއަރެންސް ކުންފުނިން ބުންޏެވެ.

ދިވެހި އިންޝުއަރެންސް އަކީ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސް ހިދުމަތް ދޭ ކުންފުންޏެކެވެ. އެ ކުންފުނިން ގެދޮރު އިންޝުއަކުރުމާއި އުޅަނދު ފަހަރާއި މުދާ އިންޝުއަކުރުމާއި އަލިފާންގެ ހާދިސާއިން ލިބޭ ގެއްލުމުގެ އިތުރުން އެނޫން ވެސް އެކި އެކި އިންޝުއަރެންސް ޕެކޭޖްތައް ތައާރަފްކޮށްފައިވެ އެވެ.

ސަތޭކަ ޕަސެންޓް ދިވެހިން މަސައްކަތްކުރާ ދިވެހި އިންޝުއަރެންސް ކުންފުންޏަކީ ރާއްޖޭގައި ދެވަނައަށް ހިދުމަތް ދޭން ފެށި ރާއްޖޭގެ އަމިއްލަ އިންޝުއަރެންސް ކުންފުންޏެވެ.