Roadha Mihaaru
އިންޝުއަރެންސާ ބެހޭ މައުލޫމާތު ދޭން ސެމިނާއެއް ބާއްވައިފި

ދިވެހި އިންޝުއަރެންސް އިން އިންޝުއަރެންސްއާ ބެހޭ މައުލޫމާތުދޭން ސެމިނާއެއް ބާއްވައިފި

30 އޮކްޓޯބަރ 2017

ދިވެހި އިންޝުއަރެންސް ކުންފުންޏަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން "އިންޝުއަރެންސް އިންސައިޓްސް ސެމިނާ ސީރީޒް"ގެ ނަމުގައި ސެމިނާތަކެއް މިއަދު ތައާރަފުކޮށްފި އެވެ.

ދިވެހި އިންޝުއަރެންސް ކުންފުންޏަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން "އިންޝުއަރެންސް އިންސައިޓްސް ސެމިނާ ސީރީޒް"ގެ ނަމުގައި ސެމިނާތަކެއް މިއަދު ތައާރަފުކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި "އެސެންޝަލްސް އޮފް ކޯޕަރޭޓް އިންޝުއަރެންސް"ގެ ނަމުގައި ބޭއްވި ސެމިނާ ޝަރަފްވެރި ކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ގަވަރުނަރު ވަނީ މާލީ ދާއިރާގެ ހިދުމަތްތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހި އިންޝުއަރެންސްއިން ކުރަމުންގެންދާ މަސައްކަތްތަކަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އޭނާގެ އިތުރުން ކުންފުނީގެ ޗެއާޕާސަން ފާތިމަތު ޝަފީގާ ވެސް ވަނީ ސެމިނާގެ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަދެއްކެވި އެވެ.

ދިވެހި އިންޝުއަރެންސް ކުންފުންޏަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި "އެސެންޝަލްސް އޮފް ކޯޕަރޭޓް އިންޝުއަރެންސް"ގެ ނަމުގައި ބޭއްވި ސެމިނާގެ ތެރެއިން.-- ފޮޓޯ: ދިވެހި އިންޝުއަރެންސް

މިއަދު މިބޭއްވުނު ސެމިނާގައި ދިވެހި އިންޝުއަރެންސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ވަނީ އިންޝުއަރެންސްއާ ބެހޭ ޕްރެޒެންޓޭޝަނެއް ދެއްވައިފަ އެވެ.

އެ ޕްރެޒެންޓޭޝަންގައި ރާއްޖޭގައި އާއްމުކޮށް ބޭނުންކުރަމުން އަންނަ އިންޝުއަރެންސް ޕްރޮޑަކްޓް ތަކާއި، އިންޝުއަކުރުމުގައި ވިސްނަން ޖެހޭނެ ކަންތަކުގެ އިތުރުން އިންޝުއަރެންސް ކްލެއިމް ކުރާނެ ގޮތްތަކުގެ މައްޗަށްވަނީ އަލިއަޅުވާލެއްވި އެވެ. އަދި މީގެ އިތުރުން ދިވެހި އިންޝުއަރެންސް ކުންފުނިން ކަނޑައަޅާފައިވާ ޕެނަލް އަކުން އިންޝުއަރެންސްއާ ބެހޭ ސުވާލާއި ޖަވާބުގެ ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

އެ ކުންފުނިން ބުނީ އެ ސެމިނާ ވެގެންދިޔައީ ހުރިހާ ބައިވެރިންނަށް ވެސް އިންޝުއަރެންސް އާއި ބެހޭ މުހިންމު މައުލޫމާތުތަކެއް ލިބުނު ސެމިނާއަކަށް ކަމަށެވެ. އަދި މިފަދަ އިތުރު ސެމިނާތައް ކުރިޔަށް އޮތްތަނުގައި ބާއްވާނެ ކަމަށް ވެސް ދިވެހި އިންޝުއަރެންސް އިން ބުންޏެވެ.

ދިވެހި އިންޝުއަރެންސް ކުންފުންޏަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި "އެސެންޝަލްސް އޮފް ކޯޕަރޭޓް އިންޝުއަރެންސް"ގެ ނަމުގައި ބޭއްވި ސެމިނާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ދިވެހި އިންޝުއަރެންސް

ދިވެހި އިންޝުއަރެންސް ކުންފުންޏަށް އިންޝުއަރެންސް ވިޔަފާރި ކުރުމުގެ ހުއްދަ ލިބުނީ މިދިޔަ އަހަރުގެ އޯގަސްޓް 17،ގަ އެވެ.

"ކުންފުނީގެ ވިޔަފާރިއަށް އެއް އަހަރު ފާއިތުވެގެން ދިޔައިރު ފަހުރުވެރިކަމާއިއެކު ފާހަގަކޮށްލަން ޖެހެނީ ކުންފުނީގައި މަސައްކަތްކުރަމުންދަނީ ސަތޭކަ ޕަސެންޓް ދިވެހިންކަން. ދިވެހި އިންޝުއަރެންސްއިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ އިންޝުއަރެންސް ހިދުމަތަކީ ކަސްޓަމަރުންނާއި ރައްޓެހި، ދެނެގަންނަން ފަސޭހަ އަދި ކަސްޓަމަރުންގެ ވިޔަފާރިއަށް އަންނަ ބަދަލުތަކަށް ބައްޓަން ކުރެވިގެން ދެވޭ ޒަމާނީ ޚިދުމަތްތަކަކަށް ހެދުމަށް،" އެ ކުންފުނިން ބުންޏެވެ.