02 ޖުލައި 2020
ސަރުކާރަށް ގޮންޖަހާފައި އެފްއޭއެމުން އިންތިހާބު ބޭއްވީ ގަވާއިދާ ހިލާފަށް ކަމަށާއި އިންތިހާބު ބާތިލްކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ގޮންޖަހާފައި އެފްއޭއެމުން އިންތިހާބު ބޭއްވީ ގަވާއިދާ ހިލާފަށް ކަމަށާއި އިންތިހާބު ބާތިލްކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އެފްއޭއެމުން މިއަދު ހަވީރު އިންތިހާބީ ކޮންގްރެސް ބާއްވައި ރައީސަކަށް އަނެއްކާ ވެސް ބައްސާމް އަދީލް ޖަލީލް ހޮވީ، މަޖިލީހަށް އާޒިމް ހުށަހެޅުއްވި އެފްއޭއެމްއާ ގުޅޭ މައްސަލަ، އިޖްތިމާއީ ކޮމިޓީން ދިރާސާކުރަމުން އަންނާތީވެ އިންތިހާބު ފަސްކުރަން މިނިސްޓްރީން އެދިފައިވަނިކޮށެވެ. މިނިސްޓްރީން އެފްއޭއެމުގައި އެގޮތަށް އެދުނީ، އިންތިހާބު ފަސްކޮށްދޭން އިޖްތިމާއީ ކޮމިޓީން މިއަދު މިނިސްޓްރީގައި އެދުމުންނެވެ.
"ސަރުކާރަށް ގޮންޖަހާފައި އެފްއޭ މޯލްޑިވްސްގެ އިންތިހާބު ބޭއްވީ ގާނޫނާއި ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދާ ހިލާފަށް. އެފްއޭއެމްގެ އިންތިހާބަކީ ބާތިލް އިންތިހާބެއްކަން މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވާން ޖެހޭ. ރައްޔިތުން ބޭނުންވަނީ ގާނޫނީ ދައުލަތެއް މިގައުމުގައި ހިނގަން،" އާޒިމް ޓްވީޓްކުރެއްވި އެވެ.
އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނަނީ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.
ބައްސާމާއި އޭނާ ހުށަހެޅުއްވި ޓީމު އެގްޒެކެޓިވް ކޮމިޓީ އަށް ހޮވުނީ، އިތުރު ކެންޑިޑޭޓެއް ކުރިމަތިލާފައި ނެތުމުން ވޯޓު ނެގުމެއް ނެތި އެވެ. އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ހާލަތެއްގައި، އެއްވެސް ކްލަބަކުން އިއުތިރާޒުނުކުރާ ނަމަ ވޯޓެއް ނެތި ހޮވޭ ގޮތެއް އަސާސީ ގަވާއިދަށް ބަދަލު ގެނައީ މިއަދުގެ ކޮންގްރެސްގައި، މެމްބަރުންގެ އިއްތިފާގުންނެވެ.
އެފްއޭއެމް ހައުސްގެ ޓެރަހުގައި ބޭއްވި މި ކޮންގްރެސް ކުރިއަށް ގެންދިޔައީ މީޑިއާ އަށް ދައުވަތު ނުދީ އެވެ. އެއީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން، ގިނަ އަދަދެއްގެ ބަޔަކު އެއްކުރެވެން ނެތުމުންނެވެ. ކޮންގްރެސް އެފްއޭއެމްގެ ފޭސްބުކް ޕޭޖުން ދިޔައީ ލައިވްކުރަމުންނެވެ. އެކަމަކު ކޮންގްރެސް އޮންނަ ދުވަހާއި ތާރީހާއި އަދި ލައިވްކުރާކަން ވެސް އެފްއޭއެމުން މީޑިއާ އަށް އަންގާފައެއް ނުވެ އެވެ. އިންތިހާބު މިއަދު އޮންނަކަން އެނގުނީ ފީފާ އިން އިއްޔެ އެފްއޭއެމަށް ފޮނުވި ސިޓީއަކުންނެވެ.
އެއީ އާޒިމް މައްސަލަ ހުށަހެޅުމުން އެފްއޭއެމުން އެކަން ފީފާގެ ސަމާލުކަމަށް ގެނުމާ އެކު، ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ އިން އެފްއޭއެމަށް ފޮނުވި ސިޓީ އެކެވެ. އޭގައި ވަނީ އެފްއޭއެމް އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ނަމަ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ އިއްޔެ އިންޒާރުކޮށްފަ އެވެ. އަދި އެފްއޭއެމްގެ ގަވާއިދާ އެއްގޮތަށް، މިނިވަންކަމާ އެކު އެ އެސޯސިއޭޝަނުގެ އިންތިހާބީ މަރުހަލާ ކުރިއަށް ގެންގޮސް، މިހާރު ރޭވިފައިވާ ގޮތަށް އިންތިހާބީ ކޮންގްރެސް މިއަދު ބޭއްވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ފީފާ އިން ބުނެފައިވެ އެވެ.
މީގެ އިތުރުން އިންތިހާބީ މަރުހަލާ އަށް އެއްވެސް ނުރަނގަޅު ނުފޫޒުއް އަތުވެއްޖެ ނަމަ، ވަކިން ހާއްސަކޮށް މިކަމާ ގުޅިގެން އާއްމު އިދާރާއަކުން ދެން އަޅާފާނެ ފިޔަވަޅާ ގުޅޭ ގޮތުން، ވަގުތުން ވަގުތަށް ފީފާ އަށް އަންގަން އެތަނުން ވަނީ އެދިފަ އެވެ.
މީޑިއާ ބޮއިކޮޓްކުރަނީ އެފްއޭއެމް އަޑީގައިއޮވެގެން:އާޒިމް
މުވައްޒަފުން ވަކިކުރަނީ އޮނިގަނޑަށް ގެނައި ބަދަލަކުން
ރަނގަޅު ވާނީ އެފްއޭއެމް ސަސްޕެންޑް ކުރުން: އާޒިމް
އެފްއޭއެމް ވަނީ ނުބައި ހާލަތެއްގައި: އާޒިމް
އާޒިމް އުޅުނީ ހަޑިކަމެއް ކުރުވަން: މަހްލޫފް
އިންތިހާބު ފަސްކޮށްދޭން ކޮމިޓީން މިނިސްޓްރީގައި އެދިއްޖެ
ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު ފީފާ އިން ދީފި
އެފްއޭއެމް-މިނިސްޓްރީ މައްސަލަ އިޖްތިމާއީ ކޮމިޓީއަށް
"ނުފޫޒެއް ނުފޯރުވަން، މައްސަލައަކީ ގާނޫނު ނުހިނގުން"
އެފްއޭއެމަށް ފިޔަވަޅު އަޅަން އާޒިމް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި!