Roadha Mihaaru
މީޑިއާ ބޮއިކޮޓްކުރަނީ އެފްއޭއެމް އަޑީގައިއޮވެގެން:އާޒިމް

މީޑިއާ ބޮއިކޮޓް ކުރަނީ އެފްއޭއެމް އަޑީގައި އޮވެގެން: އާޒިމް

24 ޑިސެމްބަރ 2021

ކްލަބްތަކުން މީޑިއާ ބޮއިކޮޓް ކުރަނީ އެކަމުގެ އަޑީގައި އެފްއޭއެމް އޮވެގެން ކަމަށް އެ އިދާރާގެ ކުރީގެ ރައީސް އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކްލަބްތަކުން މީޑިއާ ބޮއިކޮޓް ކުރަނީ އެކަމުގެ އަޑީގައި އެފްއޭއެމް އޮވެގެން ކަމަށް އެ އިދާރާގެ ކުރީގެ ރައީސް އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ބައެއް ކްލަބްތަކުން "މިހާރު" ނޫސް އިއްޔެ ބޮއިކޮޓް ކުރުމުން އެކަމާ ބެހޭގޮތުން ކުރެއްވި ޓްވީޓެއްގައި، އެފްއޭއެމްގެ ވެރިންނަށް ތުހުމަތު ކުރައްވައި، މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އާޒިމް ވިދާޅުވީ ނޫސްތައް ބޮއިކޮޓް ކުރުމަކީ އެފްއޭއެމްގެ ވެރިން ކްލަބްތަކަށް އަންގަވައިގެން ކުރުވާ "ހަޑިމުޑުދާރު" އަމަލެއް ކަމަށެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އާޒިމު ވިދާޅުވީ އޭނާ ކުރައްވަނީ ތަހުމަތެއް ނޫން ކަމަށާއި "އެއީ ހަގީގަތް" ކަމަށެވެ.

"ޔަގީނެއްނު. އެއްވެސް ޝައްކެއް ވެސް ނެތެއްނު،" ޓްވިޓާގައި އެފްއޭއެމް އަށް ކުރެއްވި ތުހުމަތުތަކާ ގުޅޭގޮތުން އާޒިމް ވިދާޅުވި އެވެ.

"އެންމެންނަށް ވެސް އެނގޭނެ އެހެންކަން އެކަން އެވަނީ. މީގެ ކުރިން ވެސް އެބަހުރި އެފްއޭއެމަށް ނެގެޓިވް އެއްޗިހި ލިޔަންޏާ ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ވެސް ކަންތައް ހިންގާފައި. ބިރު ދައްކައިފައި. ނެގެޓިވްކޮށް ލިޔަންޏާ އެފްއޭމްގެ އިވެންޓްތަކަށް ނުވައްދާނެ. ގަލޮޅު ދަނޑަށް ވަންނާކަށް ފާހެއް ނުދޭނެ. މިއީ މީގެ ކުރިން ކޮށްފައި ހުރި ކަންކަން."

Football ah faadu kiyaathee 7 club akun Mihaaru boycott koffi

Football ah faadu kiyaathee 7 club akun Mihaaru boycott koffi

The most trusted news source in the Maldives

Mihaaru

ފުޓްބޯޅައަށް ފާޑުކިޔާތީ ހަތް ކްލަބަކުން "މިހާރު" ބޮއިކޮޓްކޮށްފި

އެކަމަކު އެފްއޭއެމުން އެ ތުހުމަތުުތައް އިއްޔެ ވެސް ވަނީ ދޮގުކޮށްފަ އެވެ. އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު އިއްޔެ ވެސް ވިދާޅުވީ ޕްރެސް ކޮންފަރެންސް ބޮއިކޮޓްކުރި ކްލަބްތަކުގެ މައްސަލަ އެފްއޭއެމުން ބަލާނެ ކަމަށެވެ.

ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގެ އަށް ކްލަބްގެ ތެރެއިން ހަތް ކްލަބަކުން ވަނީ، "މިހާރު" ނޫސް ބައިވެރިވާތީ ޕްރެޒިޑެންޓްސް ކަޕުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސް ބޮއިކޮޓްކޮށްފަ އެވެ. ޕްރެސް ކޮންފަރެންސަށް ގޮސް މީޑީއާއާ ވާހަކަ ދެއްކީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އިން އެކަންޏެވެ. އެ ޓީމުގެ ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) މީޑިއާ އިން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދިނެވެ.

އާޒިމް ވަނީ، ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ވެސް ތުހުމަތު ކުރައްވައި ފާޑު ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، ސްޕޯޓްސް ކޮމިޝަނަރު ޒިންމާ އަދާނުކުރައްވާކަން ހާމަވާ އެންމެ ރަނގަޅު މިސާލަކީ ގާނޫނާ ގަވާއިދާ ހިލާފަށް އެފްއޭއެމް ހިންގަމުންދާ އިރު ވެސް އެކަމާ ފިޔަވަޅެއް އަޅުއްވާފައި ނުވުން ކަމަށެވެ. އަދި ވިދާޅުވީ، ކުޅިވަރު ކްލަބްތައް ވެސް ގަވާއިދުތައް "މުގުރައިލަމުން" ދާއިރު ވެސް އެކަމަށް ފިޔަވަޅެއް ނާޅުއްވާ ކަމަށެވެ.

އާޒިމްގެ ޓުވީޓް

"ސްޕޯޓްސް ކޮމިޝަނާ އެބަޖެހިވަޑައިގަންނަވާ ފިއްލަވައިގެން ހިމޭނުން ހުންނެވި ހުންނެވުން ނިމުމަކަށް ގެނެސް އެފްއޭއެމް ގޭންގެއް ހިންގާ ގޮތަށް ވިޔަ ނުދިނުމަށް މަސައްކަތް ކުރަން،" ޓްވިޓާގައި އާޒިމް ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވިގޮތުގައި، ސްޕޯޓްސް ކޮމިޝަނަރުގެ މަސްއޫލިއްޔަތަކީ ކޮބައިކަން ހީނާ ސަލީމަށް އެނގިވަޑައި ނުގަންނަވަ އެވެ.

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ހިންގާ ގޮތާމެދު ވެސް އާޒިމް ފާޑު ވިދާޅުވި އެވެ.

ބައްޕާފުޅު، ކުއީން އަހްމަދު ވަހީދުގެ މަސްއޫލުވެރިކަމުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަންކަން ވެސް ކުރިން ކުރެއްވި އާޒިމް ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީ ހިންގަނީ ކުޅިވަރު އެސޯސިއޭޝަނެއް ހިންގާހެން ކަމަށެވެ.

"ޔޫތު އެމްޕަވަމެންޓަށް ކުރެއްްވި އެއްވެސް ކަމެއް ދައްކަވަ ބައްލަވާ،" ސުވާލު އުފައްދަވައި އާޒިމް ވިދާޅުވި އެވެ.

"ކުޅިވަރުގައި ވެސް މިނިސްޓްރީ އުޅެނީ މިނިސްޓްރީގެ އަސްލު ދައުރުން ނުކުމެ އެސޯސިއޭޝަނެއް ގޮތަށް ހިންގަން. ކްލަބްތައް ކުރާ މަސައްކަތް ކުރަން. ސްޕޯޓްސް ކޯޕަރޭޝަނުން ކުރާ މަސައްކަތް ވެސް ކުރަން. މިނިސްޓްރީގެ ދައުރަކަށް ވާނީ ފެސިލިޓޭޓްކޮށް ދިނުމާއި އެސޯސިއޭޝަންތައް ގާނޫނާ އެއްގޮތަށް ހިންގާތޯ ކަށަވަރު ކުރުން."