Roadha Mihaaru
އާޒިމް އުޅުނީ ހަޑިކަމެއް ކުރުވަން: މަހްލޫފް

އަޅުގަނޑު ލައްވައި އާޒިމް ކުރައްވަން އުޅުއްވީ ހަޑިކަމެއް: މަހުލޫފް

21 ޖުލައި 2020

އެފްއޭއެމް އިންތިހާބު ހުއްޓުވައިގެން މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް، އޭނާ ލައްވައި ކުރައްވަން އުޅުއްވީ ހަޑިކަމެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެފްއޭއެމް އިންތިހާބު ހުއްޓުވައިގެން މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް، އޭނާ ލައްވައި ކުރައްވަން އުޅުއްވީ ހަޑިކަމެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

އެފްއޭއެމަށް ފިޔަވަޅު އަޅައިދޭން އާޒިމް ހުށަހެޅުއްވި ގަރާރެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބަލަމުން އަންނާތީ އެ ކޮމިޓީން ފޮނުވި ސިޓީއެއްގައި ބުނާގޮތަށް ސްޕޯޓްސް މިނިސްޓްރީން ވެސް ވަނީ އެފްއޭއެމް އިންތިހާބު ފަސްކުރަން އެދި އެފްއޭއެމަށް ސިޓީއެއް ފޮނުވައިފަ އެވެ. އެކަމަކު އެ ގޮތަށް އެކަން އެހެން އޮއްވައި އޭއެފްސީ އާއި ފީފާގެ އެންގުމަށް އެފްއޭއެމުން ވަނީ އިންތިހާބު ބާއްވައި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްފަ އެވެ. އެއީ ފީފާގެ ސަސްޕެންޝަނަކުން ރާއްޖެ ސަލާމަތްކުރުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި އެފްއޭއެމުން ބުނެ އެވެ. އެ އިންތިހާބު ކާމިޔާބު ކުރެއްވި ބަައްސާމަށް ފީފާ އާއި އޭއެފްސީން މިހާރު ވަނީ މަރުހަބާ ކިޔައިފަ އެވެ.

އިޖުތިމާއީ ކޮމިޓީ އަށް ހާޒިރުވެ، މީގެ ކުރިން މިނިސްޓަރު މަހުލޫފް ވަނީ އެފްއޭއެމް އިންތިހާބު ފަސްކުރަން މަޖިލީހުން އެދިގެން އެފްއޭއެމަށް ސިޓީ ފޮނުވިޔަސް އެކަން އެގޮތަށް ކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

Footboalha suspend koffiyya goasvaanee alhugandaai Raees: Mahloof

Footboalha suspend koffiyya goasvaanee alhugandaai Raees: Mahloof

The most trusted news source in the Maldives

Mihaaru

މިނިސްޓަރު މަހުލޫފް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ވެސް މެމްބަރުންގެ ގިނަ ސުވާލުތަކަށް ޖަވާބުދީފައި.

ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ އެފްއޭއެމް އިންތިހާބު ހުއްޓާލަން އެންގިނަމަ އެއީ ކަނޑައެޅިގެން ގާނޫނާއި ހިލާފަށް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެއީ ކުޅިވަރު ގާނޫނު ބުނާގޮތުން އެ ޒިންމާ އޮތީ ކުޅިވަރާ ބެހޭ ވަޒީރަށް ވުރެން ބޮޑަށް ސްޕޯޓްސް ކޮމިޝަނަރަށް ކަމަށްވާތީ އެވެ.

"އަޅުގަނޑު ވަރަށް ދެރަވޭ އަޅުގަނޑުމެންގެ (އެމްޑީޕީ)ގެ ޕީޖީ ލީޑަރު އަލީ އާޒިމް މި ކަންތައް މި ކުރައްވާ ގޮތުން. އަޅުގަނޑު ދެރަވާ ސަބަބަކީ އެންމެ ރަނގަޅަށް މިކަން އެނގިވަޑައިގެންހުންނަވާ އަޅުގަނޑު ލައްވައި ވަރަށް ހަޑި ކަންތައްތަކެއް ކުރައްވަން މަސައްކަތް ކުރައްވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފްގެ ވާހަކަތައް އެ ހިސާބުން ހުއްޓުވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ގޮތަށް ޖަވާބުދޭން ފުރުސަތު ދެވެން ނެތް ކަމަށާއި ސީދާ މެމްބަރުން ކުރާ ސުވާލަށް ޖަވާބު ދިނުމަށެވެ.

އޭގެ ފަހުން މަހުލޫފް ވިދާޅުވީ މަޖިލީހުން އެދުނު ގޮތަށް ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމްގެ ކަންކަމުގައި އަމަލުކުރިނަމަ ކަންތައްތައް ކުރަން ޖެހޭނީ އެމްޑީޕީ ޕްރައިމަރީ ހުއްޓުވަން ފުލުހުން ނެރެގެން އަމަލު ކުރަން ޖެހޭ ގޮތަށް ކަމަށެވެ.

"އަޅުގަނޑަށް ސިފަކުރެވުނީ އެމްޑީޕީ ޕްރައިމަރީގައި އަޅުގަނޑުމެން ރައީސް ނަޝީދަށް ވޯޓުލާން ނުކުތީމަ ފުލުހުން ނުކުމެ އެ އިންތިހާބު ހުއްޓުވީއޭ. އެ ގޮތަށް. މީގެ ހަތަރު މަސް ކުރިން އެފްއޭއެމްގެ އިލެކްޝަނަކަށް ގޮވީމަ ވާދަކުރާނެ އެއްވެސް މީހަކު ކުރިމަތިނުލައި. އޭގެ ހަތަރު މަސް ފަހުން އެތާ ވަޒީރަކަށް ހުންނަ މީހާ ކައިރީގައި ބުނެގެން ފުލުހުން ފޮނުވައިގެން ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބު ހުއްޓުވުމަކީ ހަޑިކަމެކޭ،" މަހުލޫފް ވިދާޅުވި އެވެ.

އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމުގެ އިހުތިޔާރު އޮތީ އެ އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުގެ އަތުގައި ކަމަށާއި މިހާރު ވެސް އެ ކަން ކުރަން ކްލަބްތަކުން ބޭނުންވެއްޖެނަމަ އެ ގޮތަށް އެކަން ކުރެވޭނެ މަގު އޮތްކަން މަޖިލީހުގައި ތިބި ބައެއް މެމްބަރުންނަށް ވެސް އެނގޭނެ ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

މަހުލޫފް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ދޭން ޖެހޭ އެއްބާރުލުމެއް ދޭން އަބަދުވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އަމިއްލަ ތަޖުރިބާގެ އަލީގައި އެއްޗެއް ބުނާނަމަ ކުޅިވަރު އެސޯސިއޭޝަނެއްގެ އަމިއްލަ ކަމެއްގެ ތެރެއަށް އެހެން ފަރާތަކުން ވަދެގެން އެކަމުގައި ހައްލުކުރެވޭނެ ކަމެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. އަދި މިދިޔަ އަހަރު އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން ކުރި މަސައްކަތާއި ވޮލީބޯލް އެސޯސިއޭޝަންގެ ކަންތައްތައް ހައްލުކުރަން އުޅުމުގެ ތެރޭގައި ލިބުނީ ފިލާވަޅެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ތަޖުރިބާ އަކީ އަޅުގަނޑު އެންމެ ފުރަތަމަ މިނިސްޓަރުކަމާ ހަވާލުވި ފަހުން ބޮޑު ހަނގުރާމައެއް ކުރިން ކްލަބްތަކާ އެކީ. ކްލަބްތަކުން އިސްވެ އޮވެ ކުރި ހަނގުރާމައެއްގައި އަޅުގަނޑު ބައިވެރިވިން އޭގެ ފަަހަތުގައި ހުރެގެން. އޭގެ ފަހުން ވޮލީބޯޅަ އެސޯސިއޭޝަން ކަންތައް. އަދިވެސް މިއަދާ ހަމައަށް އައިއިރު ވެސް އެއޮތީ ވާނުވާއެއް ނޭނގި އިނގޭތޯ. އަޅުގަނޑުގެ ތަޖުރިބާގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންގެ ތެރެއަށް އަޅުގަނޑުމެން ވަދެގެން އެ ހަަލަބޮލި ކޮށްލަން އުޅުމުން އެ ނުކުންނަ ނަތީޖާ އަޅުގަނޑަށް ފެންނަނީ ވަރަށް ގޯސްކޮށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާ އަށް މިނިސްޓަރު މަހުލޫފް ހާޒިރުކުރީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީ ވުމަށެވެ. މައިގަނޑު ގޮތެއްގައި ގިނަ މެމްބަރުންތަކަށް މިނިސްޓަރާ ސުވާލުކުރައްވަން މިއަދުގެ ޖަލްސާގައި ފުރުސަތު ދެއްވިއިރު، ގިނަ މެމްބަރުންގެ ސުވާލުތައް އަމާޒުވީ ރާއްޖޭގެ ރަށްރަށުގައި އަޅަން ހަމަޖެހިފައިވާ ޔޫތު ސެންޓަރުތަކާއި ޓާފް ދަނޑުތަކުގެ އިތުރުން ފުޓްސަލް ދަނޑުތަކުގެ ވާހަކަތަކެވެ. މިނިސްޓަރު އެ ސުވާލުތަކަށް ޖަވާބު ދިންއިރު މައިގަނޑު ގޮތެއްގައި ފާހަގަކުރި އެއް ކަމަކީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ގިނަ ޕްރޮޖެކްޓްތަކަށް ހުއްޓުން އައިސްފައިވާ ކަމަށާއި އަދި މި އަހަރު ކުރެވެން ނެތް މަސައްކަތްތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދަން މަސައްކަތްކުރައްވާނެ ކަމަށެވެ.