17 މާޗް 2022
އެފްއޭއެމް އޮތީ ނުބައި ހާލަތެއްގައި ކަމަށާއި، މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފި ނަމަ ސަލާމަތް ނުކުރެވޭނެ ކަމަށް، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެފްއޭއެމް އޮތީ ނުބައި ހާލަތެއްގައި ކަމަށާއި، މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފި ނަމަ ސަލާމަތް ނުކުރެވޭނެ ކަމަށް، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާޒިމް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވަނީ ކްލަބްތަކަށް އަދި ރެފްރީންނަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާ އަދިވެސް ނުދޭ ކަމަށެވެ. މި ކަމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އަވަސް ކުރުމަށް އާޒިމު ގޮވާލެއްވި އެވެ.
"މިހާރުން މިހާރަށް ފިޔަވަޅު ނައަޅައިފި ނަމަ ދެން އަތެއް ނުވާނެ. ހިތަށް ނުގެނެވޭހާ ގިނަ ކޮރަޕްޝަންގެ އަމަލުތައް އެދަނީ ހިންގަމުން،" އާޒިމު ލިޔުއްވާފައިވެ އެވެ.
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމު ބޭނުން ކުރި ޖޯޒީ ލޯންޗުކުރުމުގެ ހަފުލާގައި
އާޒިމް ކުރެއްވި ޕޯސްޓާ ގުޅޭ ގޮތުން "މިހާރު" އަށް އޭނާ ވިދާޅުވީ އެ ވާހަކަތައް ދައްކަވަނީ އެފްއޭއެމްގައި ކަންކަން ހިނގާގޮތް ރަނގަޅަށް އެނގިވަޑައިގެން ކަމަށެވެ.
— ??? ???? (@aliaazim) March 17, 2022
"ކްލަބްތަކުގެ ބޭފުޅުންގެ ކަންބޮޑުވުން އަޅުގަނޑާ ހަމައަށް ވެސް އާދޭ. އަހަރުގެ ފުރަތަމަ ކުއާޓަރު މިދަނީ ނިމެމުން. އެކަމަކު އަދިވެސް ކްލަބްތަކަށް ފައިސާ ދޫކޮށްފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ފުރަތަމަ ޕޭމަންޓަކީ ފެށުމުގެ ކުރިން ދޭން ޖެހޭނެ އެއްޗެއް. ރެފްރީންނަށް ފައިސާ އެއް ނުދެވޭ."
އާޒިމް ވިދާޅުވީ އެފްއޭއެމްގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މަޖިލިސް ތެރެއިން ވެސް މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފްއާ ވެސް އެފްއޭއެމްގެ ކަންކަމާ ގުޅޭގޮތުން ސުވާލުކޮށް ޒިންމާ އަދާކުރުވުމަށް މަސައްކަތް ކުރެވިއްޖެ ކަމަށެވެ.
"މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައި ކޮންމެ ފަހަރަކު ވެސް ވަޑައިގަންނަވަނީ،" މަހްލޫފް އާ ބެހޭގޮތުން އާޒިމް ވިދާޅުވި އެވެ.
މީގެ ކުރިން އާޒިމް ވިދާޅުވެފައި ވަނީ އެފްއޭއެމް ބަނގުރޫޓް ވެފައިވާ ކަމަށެވެ. އޭނާ މިއަދު ވެސް ވިދާޅުވީ އެއީ ހަގީގަތް ކަމަށެވެ.
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭގެ ދަރަނި 150 މިލިއަން ރުފިޔާ އަށް އަރައިފި
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟
އެފްއޭއެމްގެ އެކައުންޓްތަކުގައި ފައިސާއެއް ނެތް: ޒުހޫރު
ބައްސާމް ފީފާ ކޮންގްރެސްއަށް ދަނީ، ފުރުން މަނާ!
އެފްއޭއެމް ކޮރަޕްޝަން ތަހުގީގު އަވަސްކުރަން މަޝްވަރާއަށް
ކޯރަމް ހަމަނުވި، 15 މިނެޓްފަހުން ދެވަނަ ޖަލްސާއެއް
ބައްސާމާ އެކު އިންސާފުވެރި އިންތިހާބެއް ބޭއްވޭނެތަ؟
ބައްސާމް އެކަނިވެއްޖެ، ރީތިގޮތަކީ އިސްތިއުފާ ދެއްވުން!
ބައްސާމްގެ އިތުބާރު ނެތްކަމަށް ސޮއި ހަމަކޮށްފި