ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމްގެ ހިންގުމާ ހަވާލުވި އިރު، އެ އެސޯސިއޭޝަނުގެ އެއްވެސް އެކައުންޓެއްގައި ފައިސާއެއް ނެތް ކަމަށް، އެ ކޮމިޓީގެ ޗެއާޕާސަން އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
18 ސެޕްޓެމްބަރ 2024
ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމްގެ ހިންގުމާ ހަވާލުވި އިރު، އެ އެސޯސިއޭޝަނުގެ އެއްވެސް އެކައުންޓެއްގައި ފައިސާއެއް ނެތް ކަމަށް، އެ ކޮމިޓީގެ ޗެއާޕާސަން އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގެ ހާލަތާއި ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތަކުގެ މައުލޫމާތު އިސްވެ ހާމަ ކުރަން، ކޮމިޓީން ފުރަތަމަ ފަހަރަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޒުހޫރު ވިދާޅުވީ، ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތް ފަށަން ޖެހިފައި ވަނީ "މައިނަސް" އިން ކަމަށެވެ.
ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ފައިނޭންސް ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި ޒުހޫރު ވިދާޅުވީ އެފްއޭއެމްގެ މަސައްކަތަކީ އޭނާގެ ކެރިއަރުގައި ވެސް ހަވާލުވި އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށެވެ.
"އަޅުގަނޑުމެންނަށް މިއަދު ކުރަން ޖެހިފައި މިވަނީ ވަރަށް ބުރަ މަސައްކަތެއް. އަޅުގަނޑުމެން ފައްޓަން މި ޖެހެނީ މައިނަސްއިން،" ޒުހޫރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަވާލުވެފަ ހަރަދެއް ކުރަން ބެލި ނަމަވެސް، އެއްވެސް ހަރަދެއް ކުރެވޭނެ ގޮތެއް އަޅުގަނޑުމެންގެ ނެތް. އެއްވެސް އެކައުންޓެއްގައި ވެސް ފައިސާއެއް އަޅުގަނޑުމެން ހަވާލުވީ އިރަކު ނެތް."
ޒުހޫރު ވިދާޅުވީ އެފްއޭއެމްގެ އެކައުންޓްތައް، ނޯމަލައިޒޭޝަން ކޮމިޓީއަށް އޮޕަރޭޓް ކުރެވޭނެ ހާލަތަކަށް އަދި ވެސް ގެނެވިފައި ނެތް ކަމަށެވެ. އެކަމަކު ބޭންކަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހޯދައި މިހާރު ބޭންކަށް ހުށަހަޅާފައިވާ ކަމަށެވެ.
"އެހެން ނަމަވެސް (ބެންކާ އެކު) އެ މުއާލާތްތައް ކުރިއަށް ގެންދާއިރު ވެސް އޭގެ އެންމެ މުހިންމު ލިޔެކިޔުންތައް އަޅުގަނޑުމެންނަށް ނުލިބި ވާތީވެ ފުރިހަމައަށް އެ މުއާމަލާތްތައް ވަނީ ނުކުރެވިފަ،" ޒުހޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަނެއް ހިންގައިގަންނަން ބޭނުންވާނެ އެއްވެސް ލިޔެކިޔުމެއް ކޮމިޓީ އަށް އަދި ލިބިފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބައެއް ލިޔެކިތުންތައް ހުރީ ތަހުގީގުގެ ބޭނުމަށް އެކި އިދާރާތަކުގެ ބެލުމުގެ ދަށުގައި ކަމަށެވެ.
"އެހެން ނަމަވެސް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވެސް އޮޑިޓް އޮފީހުން ވެސް ދެވެން އޮތް މިންވަރަކަށް އަޅުގަނޑުމެން އެދުމުން މައުލޫމާތު ފޯރުކޮށްދެއްވާ،" ޒުހޫރު ވިދާޅުވި އެވެ.
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟
އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ކޮންގްރެސްއަށް ފަހު
އެފްއޭގެ މެންބަރުކަން ދޭ އުސޫލު ގަވާއިދުގައި ހިމަނަނީ
އެފްއޭއެމްގެ ކޮންގްރެސް އަސާސީ ގަވައިދާ ހިލާފު: ޝާހް
ކްލަބްތަކުގެ ވެރިންގެ މައްސަލަ ވެސް ތަހުގީގު ކުރަނީ
އެންސީއަށް އެހީވާން 2800 ޑޮލަރުގެ މުސާރަލިބޭ މީހެއް
ޝާހުގެ ބަހުގެ ހަމަލާއެއް މުއިއްޒު އަށް
ހަ ޓީމާއެކު އެފްއޭއެމް ލީގު ކަޕް ބުރާސްފަތީގައި ފަށަނީ
ނުވަޒޯނަށް ކޮންގްރެސްގެ ޖާގަ ދޭންޖެހޭ: ސޭވް އެފްއޭއެމް