20 އޮކްޓޯބަރ 2016
ގުދުސް (އޮކްޓޯބަރު 20) - ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް އިޒްރޭލުން ގެދޮރު އަޅައިދޭ މައްސަލާގައި ޔަހޫދީ ދައުލަތާ ދެކޮޅަށް އދ. އިން ފިޔަވަޅު އެޅުމަށް ފަލަސްތީނުން ގޮވާލައިފި އެވެ.
ގުދުސް (އޮކްޓޯބަރު 20) - ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް އިޒްރޭލުން ގެދޮރު އަޅައިދޭ މައްސަލާގައި ޔަހޫދީ ދައުލަތާ ދެކޮޅަށް އދ. އިން ފިޔަވަޅު އެޅުމަށް ފަލަސްތީނުން ގޮވާލައިފި އެވެ.
ފަލަސްތީނުން ކަނޑައަޅާފައި ހުންނަ އދ.ގެ ސަފީރު ރިޔާދު މަންސޫރު ވިދާޅުވީ މެދުއިރުމަތީގައި ސުލްހަ ހޯދާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ކުރާ މަސައްކަތަށް އިޒްރޭލުން ވަރަށް ބޮޑަށް ހުރަސް އަޅަމުންދާ ކަމަށެވެ.
"ޔަހޫދީ އާބާދީތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ ގޮތުން ގޮވާލާ ގޮވާލުންތަކަށް އިޒްރޭލުން އިޖާބަ ދެމުން ނުދާތީ ގާނޫނުގެ ކުރިމައްޗަށް އިޒްރޭލު ގެނެވޭނެ ފަދަ ފިޔަވަޅުތަކެއް އެ ގައުމާ ދެކޮޅަށް އަޅަން ޖެހޭނެ،" މެދުއިރުމައްޗާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުގައި ކުރި ބަހުސެއްގައި ސަފީރު ވިދާޅުވި އެވެ.
ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް އދ. އިން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އަދި އެކަން ހުއްޓާލުމަށް އެތައް ފަހަރަކު ވަނީ އިޒްރޭލަށް ގޮވާލައިފަ އެވެ.
އަރަބި ގައުމުތަކުން ވަނީ އިޒްރޭލުން ކުރިއަށް ގެންދާ ގެދޮރުގެ މަޝްރޫއު ހުއްޓާލުމަށް ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފަ އެވެ. އިޒްރޭލުގެ ސަފީރު ޑެނީ ޑެނޮން ވިދާޅުވީ އެއީ އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ ވަރަށް ބޮޑަށް އެއް ފަރާތަކަށް ޖެހިފައިވާ ގަރާރެއް ކަމަށެވެ.
ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ޖަލްސާ ދޫކޮށްފި
ހޫތީންގެ ހަމަލާތައް "ވަގުތުން ހުއްޓާލަން" ގަރާރެއް
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް ގުޓަރޭސް ގޮވާލައްވައިފި
ފަލަސްތީނުގެ މިނިވަން ދައުލަތެއް އަވަހަށް ގާއިމުކޮށްދީ
ހަމަލާތަކުން ގާޒާގެ 10،000 މީހުން މަގުމަތިވެއްޖެ
ނަތަންޔާހޫގެ ނިންމުން ދުނިޔޭގެ ގާނޫނާ ޚިލާފު: އދ
ނަތަންޔާހޫ އަކީ ސުލްހައިގެ ހަލާކު: ފަލަސްތީން
ދެ ދައުލަތް އުފެއްދުން ނޫން ހައްލެއް ނެތް: އދ
ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ޓްރަމްޕް ދޫކޮށްލައްވައިފި