16 ޖޫން 2023
ވަގުތު ފާއިތުވުމުގެ ކުރިން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދިނުމަށް، މިސްރުގެ ޝައިޚުލް އަޒްހަރު އަހްމަދުއް ތައްޔިބު އދ. މަޖިލީހަށާއި ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލައްވައިފި އެވެ.
ވަގުތު ފާއިތުވުމުގެ ކުރިން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދިނުމަށް، މިސްރުގެ ޝައިޚުލް އަޒްހަރު އަހްމަދުއް ތައްޔިބު އދ. މަޖިލީހަށާއި ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލައްވައިފި އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި "އިންސާނީ އަޚުވަންތަކަން" ކުރިއެރުވުމާ ބެހޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ވީޑިއޯ ލިންކް މެދުވެރި ކުރައްވައި ދެއްވި ތަގުރީރުގައި ޝައިޚުލް އަޒްހަރު، އިޒްރޭލުގެ ނަން ވިދާޅުނުވެ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ އަނިޔާތައް ދުނިޔެއަށް ނުފެންނަ ކަމަށެވެ.
"ބާރާއި ނުފޫޒުގެ އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީނު މީހުން އެތައް ވޭނެއް ތަހައްމަލުކުރަން ޖެހިފައިވާ އިރު، އެ ރައްޔިތުންގެ ހައްގުތަކާ މެދު ބައިނަލްއަގުވާމީ މުޖްތަމައު އަޅާނުލައި އޮންނާތީ އެކަމާ އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރަން. ނަމަވެސް ފަލަސްތީނު މީހުން އަމިއްލަ ގެދޮރުން ނެރެލައި ފައްސައިލިތާ 75 އަހަރު (ނަކްބާ) ފާހަގަކުރުމަށް މިދިޔަ މެއި މަހުގެ މެދުތެރޭގައި އދ. މަޖިލީހުން ބޭއްވި ރަސްމިއްޔާތާ މެދު އުފާކުރަން،" ޝައިޚުލް އަޒްހަރު ވިދާޅުވި އެވެ.
ޝައިޅުލް އަޒްހަރު ވިދާޅުވީ ފަލަސްތީނުގެ ބިންތަކުގައި ހުރި މުގައްދަސް ތަންތަނަކީ މުސްލިމުންގެ އިތުރުން އެހެން އަގީދާތަކުގައި ވެސް ހުރުމަތްތެރި ކުރެވިގެންވާ ތަންތަން ކަމަށެވެ. އަދި ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ޙައްގު ލިބިދޭންވާނީ ވެރިރަށަކީ ގުދުސްގެ ގޮތުގައި ކަނޑައެޅިގެން ކަމަށް ވެސް ޝައިޚުލް އަޒްހަރު ވިދާޅުވި އެވެ.
"ވެރިރަށަކީ ގުދުސްކަމުގައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދިނުމަށް، މާދަމާގެ ކުރިން މިއަދު އަވަސްވެގަތުމަށް ސަލާމަތީ މަޖިލީހަށާއި ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވައިލަން،" ޝައިޚުލް އަޒްހަރު ވިދާޅުވި އެވެ.
"ހަމަ އެފަދައިން އެއް ދުވަހުން އަނެއް ދުވަހަށް ކުރިމަތިވަމުންދާ، ހުރުމަތް ކެނޑުމުގެ އަމަލުތަކުން މަސްޖިދުލް އަގްސާ ހިމާޔަތް ކޮށްދިނުމަށް ވެސް އަޅުގަނޑު ގޮވައިލަން."
ސަލާމަތީ މަޖިލީހުގައި އެންމެން ގުޅިގެން މަސައްކަތްކޮށް ބައިނަލްއަގުވާމީ މުޖްތަމައުގައި ސުލްހަ ދެމެހެއްޓުމަށް، ސުންނީ މުސްލިމުންގެ އެންމެ އިސް އެއް އިމާމުގެ ގޮތުގައި ބެލެވޭ މިސްރުގެ ޝައިޚުލް އަޒްހަރު އަހްމަދުއް ތައްޔިބު އާއި ނަސާރާ ކެތަލިކް ފައްޅީގެ އެންމެ އިސް ފާދިރީ ޕޯޕް ފްރެންސިސް ގޮވާލައްވައިފި އެވެ.
ޝައިޚުލް އަޒްހަރު ވިދާޅުވީ ބައިނަލްއަގުވާމީ ސުލްހައިގެ ތަޅުދަނޑިއަކީ އިންސާނީ އަޚުވަންތަކަން ކަމަށެވެ. އެހެންކަމުން، ސަލާމަތީ މަޖިލީހުގެ އެ ބައްދަލުވުމުގައި ތަގުރީރުކުރެއްވުމުގެ މަގްސަދަކީ، އިރާގާއި، ސީރިޔާ އާއި އަފްޣާނިސްތާން އަދި ލީބިޔާ އާއި ސޫދާންގައި ކުރަމުންދާ ބޭކާރު ހަނގުރާމަތައް ހުއްޓައިލުމަށް ގޮވައިލެއްވުން ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން އިރުމަތީ ޔޫރަޕްގައި ކުރަމުންދާ (ޔޫކްރޭން) ހަނގުރާމަ ވެސް ހުއްޓާލައި ސުލްހަ ގާއިމުކުރުމަށް ގޮވައިލެއްވި އެވެ. އަދި އެއްވެސް ސަބަބަކާ ނުލައި ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުން، ބައިނަލްއަގުވާމީ މުޖްތަމައުގެ ހާލަތު މިހާރު އޮތީ ސްޓޯން އޭޖްގެ ކުރިން އޮތް ފަދަ ނިކަމެތި ހާލަތަކަށް ވެއްޓިފައި ކަމަށް ވެސް ޝައިޚުލް އަޒްހަރު ވިދާޅުވި އެވެ.
ސަލާމަތީ މަޖިލީހުން އިންތިޒާމުކުރި މި މަޝްވަރާ ބައްދަލުވުމުގައި ނަސާރާ ކެތޮލިކް މަޒްހަބުގެ އެންމެ އިސް ފާދިރީ ޕޯޕް ފްރެންސިސް ވެސް އިއްޔެ ތަގުރީރު ކުރެއްވި އެވެ. އެތެރެހަށީގެ އޮޕަރޭޝަނަކަށް ފަހު ހޮސްޕިޓަލުގައި މިހާރު ފަރުވާ ހޯއްދަވަމުން އަންނަ ފާދިރީ ފޮނުއްވި ބަޔާނެއްގައި ވިދާޅުވީ ދުނިޔޭގެ ތިން ވަނަ ބޮޑު ހަނގުރާމަ މިހާރު ކުރަމުން ދަނީ ތަފާތު ތަންތަނުގައި ވަކިވަކި ހަނގުރާމަތަކެއްގެ ގޮތުގައި ކަމަށެވެ.
އަދި މުޅި އިންސާނިއްޔަތު މިހާރު އޮތީ އިންސާނީ އަޚުވަންތަކަމަށް ނުހަނު ބޮޑަށް ބޭނުންވެފައި ކަމަށާއި، އެންމެން އެއް އަޑަކުން ހަނގުރާމަތަކަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ވެސް ފާދިރީ ވިދާޅުވި އެވެ. އޭގެ އިތުރުން ހަނގުރާމައަކީ އިންސާފު ނޫން ކަމަށާއި ހަމައެކަނި އިންސާފަކީ ސުލްހަކަމަށް އެންމެން ވެސް ގަބޫލުކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޫތީންގެ ހަމަލާތައް "ވަގުތުން ހުއްޓާލަން" ގަރާރެއް
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް ގުޓަރޭސް ގޮވާލައްވައިފި
ގުދުސްގެ ހިމާޔަތުގައި މިސްރުން ގަރާރެއް ހުށަހަޅަނީ
ގަރާރާ އެއްކޮޅަށް ވޯޓު ދިން ގައުމުތައް ސަސްޕެންޑްކޮށްފި
އިޒްރޭލުގެ އަމަލުތަކަށް އަދަބު ލިބެންޖެހޭނެ: ފަލަސްތީން
ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އާ މަސައްކަތެއް
ހަނގުރާމަ ހުއްޓާލުމުގެ ގަރާރު އެމެރިކާއިން ވީޓޯކޮށްފި
ރެފިއުޖީ އެޖެންސީއާ އިޒްރޭލުން ގުޅުން ކަނޑާލައިފި
އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓުވަން އެދި އދ އަށް