Roadha Mihaaru
ނަތަންޔާހޫގެ ނިންމުން ދުނިޔޭގެ ގާނޫނާ ޚިލާފު: އދ

ނަތަންޔާހޫގެ ނިންމުން ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު: އދ

12 ސެޕްޓެމްބަރ 2019

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 12) - އަންނަ ހަފުތާގައި ބާއްވާ އާއްމު އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ހުޅަނގު އައްސޭރީގެ ޖޯޑަން ވާދީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ހަމަޖައްސަން ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންގުޅުއްވާ ޕްލޭނަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު ކަމެއް ކަމަށް އދ. އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ އެފަދަ ޕްލޭންތައް ތަންފީޒް ކުރަން އުޅެފި ނަމަ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ނުރައްކަލެއް ކަމަށެވެ.

"އެއީ މެދުއިރުމައްޗަށް ހޯދަން އުއްމީދު ކުރާ ސުލްހަ ނެތިގެންދާނެ ކަމެއް. އަދި އެއީ ދެ ދައުލަތް އުފެއްދުމަށް އޮތް ފުރުސަތު ގެއްލިގެން ދިއުން،" ގުޓަރޭޓް ވިދާޅުވި އެވެ.

އަންގާރަ ދުވަހު ބާއްވާ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ ޖޯޑަން ވާދީ އާއި ޑެޑް ސީގެ އުތުރުން ބޮޑު ބައެއް އިޒްރޭލުގެ ތަނަކަށް ހަދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވުމުން ފަލަސްތީނާއި ޔޫރަޕިއަން ޔޫނިއަން، އަދި ސައުދީ އަރަބިއާ ހިމެނޭ ގޮތަށް އަރަބި ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އެ މައްސަލާގައި ބަހުސް ކުރަން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމެއް އާދިއްތަ ދުވަހު ވަނީ ހަމަޖައްސައިފަ އެވެ.

އިޒްރޭލުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ބުނެފައި ވަނީ ހުޅަނގު އައްސޭރީގެ ތިން ބައިކުޅަ އެއްބައިވަރުގެ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ފަލަސްތީނުގެ 65،000 މީހުންނާއި ގަވާއިދާ ޚިލާފަށް ވަދެ އުޅޭ އިޒްރޭލުގެ 11،000 މީހުން ދިރިއުޅެ އެވެ.