27 ޖޫން 2020
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތެލަސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތާ ގުޅިގެން ތެލަސީމިއާ ޒުވާނެއްގެ ޝަކުވާތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތެލަސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތާ ގުޅިގެން ތެލަސީމިއާ ޒުވާނެއްގެ ޝަކުވާތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފި އެވެ.
ނަޝީދާއި މަޖިލީހުގެ ބައެއް މެމްބަރުން މިދިޔަ ބުރާސްފަތި ދުވަހު ތެލަސީމިއާ ސެންޓަރަށް ޒިޔާރަތް ކުރައްވައި، އެތަނުގެ މަސައްކަތްތައް ބައްލަވާލެއްވި އެވެ.
އެކަމާ ގުޅިގެން ތެލަސީމިއާ ޒުވާނަކު ކުރި ޓްވީޓެއްގައި ބުނީ ތެލަސީމިއާ ސެންޓަރަށް ނަޝީދު ޒިޔާރަތް ކުރެއްވި ކުރެއްވުން ހެޔޮ ހިތުން ބަލައިގަންނަ ކަމަށެވެ. އެކަމަކު ނަޝީދަށް ފެނިވަޑައިގަތީ އެތަނުގެ އަސްލު ހާލަތު ނޫން ކަމަށާއި ނަޝީދު އެތަނަށް ވަޑައިގަންނަވަން ވާއިރަށް އެތަނުގެ އިސް ވެރިން ކަންކަން ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް އެ ޒުވާނާ ބުނެ އެވެ.
"ދެން ފަހަރަކުން ކުއްލި ޒިޔާރަތެއް ކޮށްލައްވާ. އޭރުން ބޮޑު މަންޒަރު ފެނިވަޑައިގަންނަވާނެ،" ނިއޮސައިޓިސްގެ ނަމުގައި ޓްވީޓްކުރާ ޒުވާނާ ލިޔުނެވެ.
6. Today, you have seen only what they wanted you to see. The entire @MBS_mv was literally polished up by the time you came there. Everything you saw was a facade. Next time, (if there’s ever going to be one) try a surprise visit for a change. Then you’ll see the big picture.
— Neocytis (@Neocytis) June 25, 2020
އެ ޒުވާނާގެ ޓްވީޓް
އެ ޒުވާނާ ބުނި ގޮތުގައި ނަޝީދު އެތަނަށް ވަޑައިގެން، ތެލަސީމިއާ ކުދިންގެ ކަންބޮޑުވުންތައް އައްސަވާނެ ކަމަށް އުއްމީދު ކުރިިޔަސް، އެ ފުރުސަތެއް ނުލިބުނެވެ. އެކަމަކު އެ ކަންބޮޑުވުންތައް އައްސަވަން ވަރަށް އަވަހަށް ބައްދަލުވުމެއް ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ދެއްވުމަކީ ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުންޏެވެ.
އެ ޒުވާނާ ލިޔުނު ގޮތުގައި ތެލަސީމިއާ ކުދިންގެ ކަންބޮޑުވުންތައް ހިއްސާކުރަން ބައްދަލު ނުކުރެވޭ ހަމައެކަނި ރައީސަކީ ނަޝީދެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް މަޖިލީހުން ފާސްކުރުމުން ނަޝީދު އެ ބިލް ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުއްވާލެއްވުމާއި ކަންބޮޑުވުންތައް ހިއްސާކޮށް، އޭރު ފޮނުވި އެތައް ސިޓީއެއްގެ ޖަވާބު ނުލިބި އޮތުމަކީ ވެސް އެ ޒުވާނާގެ ޝަކުވާއެކެވެ.
"އަހަރުމެންނަށް ޒިޔާރަތް ކުރައްވަންވީ މަނިކުފާނު ރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވި އިރު. އަހަރުމެން މަސައްކަތް ކުރިން. އެކަމަކު އޭރު މަނިކުފާނަށް ވަގުތު ނުވީ،" އޭނާ ލިއުނެވެ.
I really appreciate you visiting @MBS_mv today Mr. Speaker @MohamedNasheed. But I can’t “Thank You” like my other thal friends has. Here are some reasons;
— Neocytis (@Neocytis) June 25, 2020
1. You’re 12 years late. You were supposed to visit us when you were the president of the Maldives. We tried, you were busy.
އެ ޒުވާނާގެ އިތުރު ޓްވީޓެއް
ނިންމާލަމުން ބުނީ އެ ކަންބޮޑުވުންތަކަކީ ސިޔާސީ ކަމެއްގެ ގޮތުގައި ނުހެދުމަށް އެދޭ ކަމަށެވެ. އޭނާ އެ ކަންބޮޑުވުންތައް ހިއްސާކުރީ އެއްވެސް ސަރުކާރަކުން ތެލަސީމިއާ ކުދިންގެ ޝަކުވާތަކަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ކޮށްފައި ނުވާތީ ކަމަށް ވެސް ބުންޏެވެ.
ނަޝީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ އޮތް މަޖިލިހުން ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް ފާސްކުރިޔަސް، ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުވާލެއްވީ އޭރު ތެލަސީމިއާ ސެންޓަރު މާލޭ ހެލްތު ސާވިސް ކޯޕަރޭޝަންގެ ދަށުން ހިިނގަމުން ދަނިކޮށް އެހެން ނަމެއްގައި އެ ގާނޫނުގެ ދަށުން ސެންޓަރެއް ނުއުފެއްދޭނެ ކަމަށް ވިދާޅުވެ އެވެ. ފަހުން އެ ބިލް ތަސްދީގު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.
ތެލެސީމިއާ ކުދިން އުފަންވާ ވަރު ކުރިއަށްވުރެ މަދުވެއްޖެ
އެމްއައި ކޮލެޖުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި
ތެލެސީމިއާއިން ސަަލާމަތްވެފައި އޮތީ އެންމެ އަތޮޅެއް
ހުއްދަނެތް ފަރުވާއަކުން ތެލަސީމިއާ ކުއްޖަކު މަރުވެއްޖެ
ތެލެސީމިއާ ކުދިންގެ އަދަދު ރާއްޖޭގައި އިތުރުވަނީ
ތެލެސީމިއާ ދަފްތަރުގައި މި އަހަރު އަލަށް 13 ކުދިން
ރާއްޖޭގައި ކްރޮސްމެޗު ޓެސްޓު ސާމްޕަލް ނެގޭގޮތް ހަދައިފި
ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރަނީ
ތެލެސީމިއާގެ ފަރުވާއަށް ހާއްސަ ބޮޑު ހޮސްޕިޓަލެއް
ތެލެސީމިއާ އަށް ހުރިހާ ދިވެހިން ޓެސްޓުކުރަނީ