Roadha Mihaaru
އެމްއައި ކޮލެޖުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި

އެމްއައި ކޮލެޖުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި

23 ޖުލައި 2022

އެމްއައި ކޮލެޖާއި މޯލްޑިވްސް ބްލަޑް ސާވިސް ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އެމްއައި ކޮލެޖާއި މޯލްޑިވްސް ބްލަޑް ސާވިސް ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި އެވެ.

އެ ކޮލެޖުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކޭމްޕުގައި ލޭ ހަދިޔާކުރީ ރާއްޖޭގެ ތެލެސީމިއާ ސެންޓަރަށް ކަމަށެވެ.

އެ ކޭމްޕުގައި އެމްއައި ކޮލެޖުގެ ގިނަ މުވައްޒަފުންނާއި ދަރިވަރުން އަދި އާންމުން ވެސް ލޭ ހަދިޔާކުރި އެވެ.

މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ލޭ ހަދިޔާކުރުމާއި މުޖުތަމައުގެ ގުޅުން ބަދަހި ކުރުމުގެ މުހިންމުކަން އަންގައިދިނުމުގެ މަގުސަދުގައި އެ ކޮލެޖުން ވަނީ ކޭމްޕް ފެށުމުގެ ކުރިން ރަޖިސްޓަރީ ކުރުމަށް ހުޅުވާލައިފަ އެވެ.

ތެލެސީމިއާ ސެންޓަރުގައި ބޭއްވި އެ ކޭމްޕުގައި އެމްއައި ކޮލެޖުގެ މުވައްޒަފުންނާއި ދަރިވަރުން އަދި އިސްވެރިންނާއެކު ރެކްޓަ ލަމްޔާ އަބްދުލް ހާދީ ވެސް ބައިވެރިވެވަޑައިގަތެވެ.

ލޭ ހަދިޔާ ކުރި މީހުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިއުމާއި ހަދިޔާ ހަވާލަކުރަނީ ---ފޮޓޯ: އެމްއައި ކޮލެޖް

ލޭ ހަދިޔާ ކުރި މީހުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިއުމާއި ހަދިޔާ ހަވާލަކުރަނީ ---ފޮޓޯ: އެމްއައި ކޮލެޖް

ލޭ ހަދިޔާކުރި މީހުންނަށް ޝުކުރުއަދާކޮށް، އަގުވަޒަން ކުރުމުގެ ގޮތުން އެމްއައި ކޮލެޖުން ވަނީ ހަނދާނީ ލިޔުމާއި ކޮލެޖް ލޯގޯ ޖެހި ޖޯޑު ފަދަ ހަދިޔާ ދީފަ އެވެ.

އެއީ އެމްއައި ކޮލެޖުގެ ކޯޕޮރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ދަށުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ކޭމްޕެކެވެ.

އެފަދަ ސީއެސްއާރު ހަރަކާތްތަކުގައި ޒުވާނުން ބައިވެރިވުމަކީ ދެމެހެއްޓެނިވި އަދި ކަންކަމުން އަވަހަށް އަރައިގަނެވޭނެ ފަދަ ގައުމެއް ބިނާކުރުމުގައި މުހިންމުކަމެއްކަން އަންގައިދޭން ހާއްސަ އިސްކަމެއް ދޭނެކަމަށް އެމްއައި ކޮލެޖުން ބުންޏެވެ.