އިސްލާމްއާބާދު (ޖޫން 26) - ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ 150 އަށް ވުރެ ޕައިލެޓުންގެ އަތުގައި ފޭކް ލައިސަންސް އޮތްކަން އެނގުމާ އެކު އެ މީހުން މަގާމުން ދުރުކޮށްފި އެވެ.
26 ޖޫން 2020
އިސްލާމްއާބާދު (ޖޫން 26) - ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ 150 އަށް ވުރެ ޕައިލެޓުންގެ އަތުގައި ފޭކް ލައިސަންސް އޮތްކަން އެނގުމާ އެކު އެ މީހުން މަގާމުން ދުރުކޮށްފި އެވެ.
ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ އޭވިއޭޝަން މިނިސްޓަރު ގުލާމް ސަރްވާރު ޚާން ވިދާޅުވީ ގައުމީ އެއާލައިނުގެ ގިނަ އަދަދެއްގެ ޕައިލެޓުންގެ އަތުގައި ވަނީ ވަގު ލައިސަންސް ކަމަށާއި އެ މީހުން ވަނީ އިމްތިހާނުގައި މަކަރު ހަދާފައި ކަމަށެވެ.
އޭވިއޭޝަން މިނިސްޓަރު މިހެން ވިދާޅުވިއިރު މިދިޔަ މަހު ޕީއައިއޭގެ ބޯޓެއް އާއްމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިފައި ވަނީ ޕައިލެޓު ހެދި ގޯހަކުން ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ބޯޓު ވެއްޓުމުގެ ހާދިސާގައި ވަނީ 97 މީހުން މަރުވެފަ އެވެ.
އޭވިއޭޝަން މިނިސްޓަރު ވިދާޅުވީ މެއި 22 ވަނަ ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި ޕައިލެޓުންނާއި އެއާ ޓްރެފިކް ޓަވަރާ މުއާމަލާތް ކުރުމުގައި ވެސް އޮޅުންތައް އަރާފައިވާ ކަމަށެވެ. ބޯޓު ފުރަތަމަ ޖައްސަން ދިޔަ އިރު ޕައިލެޓުން ތިބީ ބޭކާރު ވާހަކަތަކެއް ދެއްކުމުގައި ކަމަށާއި ނަތީޖާއެއްގެ ގޮތުން ލޭންޑިން ގިއަރު ޖައްސަން ވެސް ހަނދާން ނެތުނު ކަމަށެވެ. އެ ވަގުތު ބޯޓު މައްޗަށް ނެގުމުގެ ކުރިން ބޯޓު ވަނީ ރަންވޭގައި ޖެހިފައި ކަމަށް ވިދާޅުވި އެވެ. އަދި ދެ ވަނަ ފަހަރު ބޯޓު ޖައްސަން ދިޔަ އިރު ބޯޓުގެ އިންޖީނު ހަލާކުވެފައިވާ ވާހަކަ އެއާ ޓެރެފިކް ކޮންޓޯރުން ޕައިލެޓުންނަށް އަންގާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވެއްޓުނު ބޯޓުގައި ޓެކްނިކަލް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ޚާން ވިދާޅުވީ ޕާކިސްތާނުގެ 860 ޕައިލެޓުންގެ ތެރޭން 260 އަށް ވުރެ ގިނަ ޕައިލެޓުންގެ އަތުގައި އޮތީ ވަގު ލައިންސަސް ކަމަށާއި ނުވަތަ އެ މީހުން ވަނީ އިމްތިހާނުގައި މަކަރު ހަދާފައި ކަމަށެވެ.
ޕީއައިއޭގެ ތަރުޖަމާނަކު އޭއެފްޕީ އަށް ވިދާޅުވީ އެ އެއާލައިނުގައި މަސައްކަތް ކުރާ 434 ޕައިލެޓުންގެ ތެރޭން 150 ޕައިލެޓުންގެ އަތުގައި އޮތީ ފޭކް ލައިސަންސް ކަމަށެވެ. އަދި އެ ހުރިހާ ޕައިލެޓުން ވަގުތުން ގްރައުންޑް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން ޕީއައިއޭގެ ބައެއް ފްލައިޓްތައް ކެންސަލް ވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން އިން ބުނީ ޕައިލެޓުންގެ އަތުގައި ފޭކް ލައިސަސް އޮތުމަކީ ސީރިއަސް މައްސަލައެއް ކަަމަށެވެ.
އިންޑިއާގެ ޖެޓް ވައްޓާލި ޕާކިސްތާނުގެ ޕައިލެޓުން ހާމަކޮށްފި
ޖިސްމާނީ ގެއްލުމެއް ނުދޭ، ނަފްސާނީ އަނިޔާ ދިން: ޕައިލެޓް
ބަގްކޮށްފައި ހުރިތޯ ބަލަން ޕައިލެޓު ސްކޭން ކުރަނީ
އިންޑިއާގެ ޕައިލެޓް މިނިވަންކޮށްފި
ޕައިލެޓް ހައްޔަރު ކުރުން: މަންޒަރުދުށް މީހުންގެ ދުލުން
ޕާކިސްތާނުން ހިފެހެއްޓި ޕައިލެޓް މާދަމާ ދޫކޮށްލަނީ
މިޝަންއާ ބެހޭ މައުލޫމާތު އިންޑިއާގެ ޕައިލެޓް ނުދިން
ޕައިލެޓާއި ކްރޫއަކާ މައްސަލަ ޖެހި ބޯޓު ޑިލޭވެއްޖެ
ޕާކިސްތާނުގެ ފުރަތަމަ އަންހެން ޕައިލެޓް މަރުވެއްޖެ
ދަތުރުމަތީގައި ދެގަޑިއިރު ނިދި ޕައިލެޓުގެ މައްސަލަ ބަލަނީ