އިސްލާމްއާބާދު (ފެބްރުއަރީ 28) - ޕާކިސްތާނުން ހިފަހައްޓާފައިވާ އިންޑިއާގެ ޕައިލެޓް މާދަމާ މިނިވަން ކުރާނެ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.
28 ފެބުރުއަރީ 2019
އިސްލާމްއާބާދު (ފެބްރުއަރީ 28) - ޕާކިސްތާނުން ހިފަހައްޓާފައިވާ އިންޑިއާގެ ޕައިލެޓް މާދަމާ މިނިވަން ކުރާނެ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.
"އިންޑިއާގެ ޕައިލެޓަކު ޕާކިސްތާނުގެ ބެލުމުގެ ދަށުގައި އެބަހުރި. ސުލްހައިގެ އިޝާރާތެއްގެ ގޮތުން މާދަމާ އޭނާ މިނިވަން ކުރާނަން،" ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން އިމްރާން ޚާން މިއަދު ވިދާޅުވި އެވެ.
އިމްރާން ޚާން ވިދާޅުވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބުދަ ދުވަހުގެރޭ ފޯނުން ގުޅުއްވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
ޕާކިސްތާނުން ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ޕައިލެޓް އަބިނާންދަން ވާތަމަން އެވެ. ޕާކިސްތާނުން ހަމަލާދީ އިންޑިއާގެ ހަނގުރާމަ މަތީ ދެ ބޯޓު ވަނީ އަންގާރަ ދުވަހު ވައްޓާލައިފަ އެވެ.
މިގް-21 ގެ މަރުކާގެ ހަނގުރާމަ މަތީ ބޯޓު ދުއްވި ވިންގް ކޮމާންޑަރު އަބިނާދަންއާ މެދު ކަންތައް ކުރަމުންދަނީ "އަސްކަރީ އުސޫލުން" ކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ. ޕައިލެޓާ ސުވާލު ކުރަމުންދާ ވީޑިއޯ އިން ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން އާއްމު ކުރި ނަމަވެސް ފަހުން ވަނީ އެ ވީޑިއޯ ޑިލީޓްކޮށްލައިފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޕައިލެޓް ކަނުބަނދެފައި ހުރި އިރު އޭނާގެ މޫނުގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ. ދެ އަތް ހުރީ ފުރަގަހަށްލައި ބަނދެފަ އެވެ. އޭނާ ހުރީ އިންޑިއާގެ ވައިގެ ސިފައިންގެ ޔުނިފޯމުގަ އެވެ.
ޕާކިސްތާން ސިފައިން ސުވާލު ކުރުމުން އިންޑިއާގެ ޕައިލެޓް ވަނީ އޭނާގެ ނަމާއި ރޭންކް އަދި ސީރިއަލް ނަމްބަރު ބުނެދީފަ އެވެ. ނަމަވެސް އޭނާގެ މިޝަންއާ ބެހޭ ގޮތުން ސުވާލު ކުރުމުން ވަނީ ޖަވާބު ދޭން ދެކޮޅު ހަދައިފަ އެވެ.
ޕާކިސްތާނުން އާއްމުކުރި ދެ ވަނަ ވީޑިއޯ އިން ފެންނަ ގޮތުގައި ޕައިލެޓް އިނީ ކޮޓަރިއެއްގައި ސައި ބޯށެވެ. އޭރު އޭނާގެ މޫނު ވެސް ވަނީ ސާފުކޮށްފަ އެވެ. އިނގިރޭސި ފަހުން ވާހަކަ ދައްކަމުން ޕައިލެޓް ބުނެފައި ވަނީ ސައި މީރު ކަމަށެވެ.
އޭނާ އަކީ މީހަކާ އިނދެގެން އުޅޭ މީހެއް ކަމަށާއި ޕާކިސްތާން ސިފައިން ކަންތައް ކުރަމުން ދަނީ ރަނގަޅަށް ކަމަށް ބުންޏެވެ. ނަމަވެސް އިތުރު ސުވާލަކަށް ޖަވާބު ދޭން އަނެއްކާ ވެސް ދެކޮޅު ހެދި އެވެ.
ކަޝްމީރުގައި ޕާކިސްތާނުން ކޮންޓްރޯލް ކުރާ ސަރަހައްދުގައި ޕައިލެޓަށް ބަޔަކު އަނިޔާ ކުރާ މަންޒަރުގެ ވީޑިއޯއެއް ވެސް ކުރިން ވަނީ ދައްކައިފަ އެވެ. އޭރު ޕައިލެޓާ ހަމައަށް ޕާކިސްތާން ސިފައިން ނުދެ އެވެ.
ޖިސްމާނީ ގެއްލުމެއް ނުދޭ، ނަފްސާނީ އަނިޔާ ދިން: ޕައިލެޓް
ކަޝްމީރުގައި ހަމަލާދިން އެންމެ މަރާލައިފިން: އިންޑިއާ
ޕާކިސްތާނުން އިންޑިއާގެ ޖެޓެއް ވައްޓާލިކަމަށް ބުނެވިއްޖެ
އިންޑިއާ-ޕާކިސްތާނު ސިފައިން ފަހަތަށް ޖެހެނީ
ޕާކިސްތާނުގެ ނިއުކްލިއާ އދ އިން ބަލަންޖެހޭ: އިންޑިއާ
ނިއުކްލިއާ ބްލެކްމެއިލްއަކަށް އިންޑިއާ ނުސިހޭނެ: މޯދީ
ދުވަސްތަކެއް ފަހުން ކަޝްމީރުގައި ހަމަލާނުދޭ ރެއެއް
އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލައިފި
އިންޑިއާ އާއި ޕާކިސްތާނުގެ ހަމަލާތައް ވަރުގަދަ ދުވަހެއް
ޕާކިސްތާނުން އިންޑިއާއަށް ހަމަލާދޭން ފަށައިފި