01 މާޗް 2019
އިސްލާމްއާބާދު (މާޗް 1) - ޕާކިސްތާނުން ހިފެހެއްޓި އިންޑިއާގެ ޕައިލެޓް މިރޭ މިނިވަންކޮށްފި އެވެ.
އިސްލާމްއާބާދު (މާޗް 1) - ޕާކިސްތާނުން ހިފެހެއްޓި އިންޑިއާގެ ޕައިލެޓް މިރޭ މިނިވަންކޮށްފި އެވެ.
ވިންގް ކޮމާންޑަރު އަބިނާންދަން ވާތަމަން އިންޑިއާއާ ހަވާލުކުރީ ދެ ގައުމު ގުޅޭ ވަގަރު ބޯޑަރު ސަރަހައްދުގަ އެވެ. އިންޑިއާއާ ހަވާލު ކުރުމުގެ ކުރިން ޕާކިސްތާން ޓީވީ އަށް އަބިނާންދަން ބުނީ ޕާކިސްތާން ސިފައިން އޭނާއާ މެދު ކަންތައް ކުރި ގޮތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި އެއީ ޕްރޮފެޝަނަލް ބައެއް ކަމަށް އޭނާ ބުންޏެވެ.
ޕައިލެޓަށް މަރުހަބާ ކިޔުމަށް ޖަމާވެފައިވާ މީހުން. --ފޮޓޯ:ރޮއިޓާސް
ޕައިލެޓް އަބީނާންދަން އަކީ މިހާރު އިންޑިއާގައި ބަތަލެކެވެ. އޭނާ މިނިވަންވުމުގެ އުފަލުގައި މިރޭ ނިއު ދިއްލީގައި ވަނީ ހަވާ ވެސް އަރުވައިފަ އެވެ.
ޕައިލެޓަށް ތައުރީފް ކުރައްވަމުން ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އޭނާގެ އާދަޔާޚިލާފު ހިތްވަރަށް މުޅި އިންޑިއާ ފަޚުރުވެރިވާ ކަމަށެވެ.
ޕައިލެޓަށް މަރުހަބާ ކިޔުމަށް ޖަމާވެފައިވާ މީހުން.
އިންޑިއާގެ އޮފިޝަލުން ބުނީ ޕައިލެޓުގެ މެޑިކަލް ޗެކަޕް ހެދުމަށް ފަހު ވައިގެ މަގުން ދިއްލީ އަށް ގެންދާނެ ކަމަށެވެ.
ޕައިލެޓަށް މަރުހަބާ ކިޔުމަށް މިއަދު ހެނދުނުން ފެށިގެން މީހުން ވަނީ ވަގާހް ބޯޑަރަށް ޖަމާވާން ފަށައިފަ އެވެ. ބައެއް މީހުން އިންޑިއާގެ ދިދަ ހިފައިގެންނެވެ. އަނެއް ބައި މީހުން ގައުމީ ދިދަ އެ މީހުންގެ ކޮލުގައި ކުރަހައިގެންނެވެ.
ޕައިލެޓަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ މީހުން ވަނީ މިއަދު ހެނދުނުން ފެށިގެން ޖަމާވާން ފަށާފައި. --ފޮޓޯ:ރޮއިޓާސް
ދެކުނުގެ ޗެންނާއީ އަށް ނިސްބަތްވާ އަަބިނާންދަންގެ ބައްޕައަކީ ވެސް އެއާފޯސް ޕައިލެޓެކެވެ. އޭނާގެ މަންމައަކީ ޑޮކްޓަރެކެވެ. ޕައިލެޓަށް މަރުހަބާ ކިޔުމަށް އޭނާގެ އާއިލާ ވެސް ވަގާހު ބޯޑަރަށް ދިޔަ އެވެ.
އިންޑިއާގެ ޖެޓް ވައްޓާލި ޕާކިސްތާނުގެ ޕައިލެޓުން ހާމަކޮށްފި
ޖިސްމާނީ ގެއްލުމެއް ނުދޭ، ނަފްސާނީ އަނިޔާ ދިން: ޕައިލެޓް
ބަގްކޮށްފައި ހުރިތޯ ބަލަން ޕައިލެޓު ސްކޭން ކުރަނީ
ޕައިލެޓް ހައްޔަރު ކުރުން: މަންޒަރުދުށް މީހުންގެ ދުލުން
ޕާކިސްތާނުން ހިފެހެއްޓި ޕައިލެޓް މާދަމާ ދޫކޮށްލަނީ
މިޝަންއާ ބެހޭ މައުލޫމާތު އިންޑިއާގެ ޕައިލެޓް ނުދިން
އެއާ ފޯސް އަށް ޕައިލެޓުންނާއި އިންޖިނިއަރުން ހޯދަނީ
އާތިފް އަސްލަމް 7 އަހަރު ފަހުން ބޮލީވުޑަށް
2500 ކިލޯގެ ޑްރަގް ޝިޕްމަންޓުގައި ރާއްޖޭގެ ތަކެތި
އިންޑިއާ މީހަކު އެއް އަހަރުން ހިނގާފައި ހައްޖަށް