02 މާޗް 2019
ނިއު ދިއްލީ (މާޗް 2) - ޕާކިސްތާން ސިފައިންގެ ބެލުމުގެ ދަށުގައި 60 ގަޑިއިރު ބެހެއްޓުމަށް ފަހު ރޭ ދޫކޮށްލި އިންޑިއާގެ އެއާ ފޯސް ޕައިލެޓުގެ ހަށިގަނޑު ބަގްކޮށްފައި ހުރިތޯ ބަލަން ސްކޭން ކުރަން ނިންމައިފަ އެވެ.
ނިއު ދިއްލީ (މާޗް 2) - ޕާކިސްތާން ސިފައިންގެ ބެލުމުގެ ދަށުގައި 60 ގަޑިއިރު ބެހެއްޓުމަށް ފަހު ރޭ ދޫކޮށްލި އިންޑިއާގެ އެއާ ފޯސް ޕައިލެޓުގެ ހަށިގަނޑު ބަގްކޮށްފައި ހުރިތޯ ބަލަން ސްކޭން ކުރަން ނިންމައިފަ އެވެ.
އިދިކޮޅު ފަރާތްތަކުގެ ބެލެމުގެ ދަށުގައި ބެހެއްޓުމަށް ފަހު ދޫކޮށްލާ ސިފައިން ފުރިހަމަ ކުރަން ޖެހޭ އިޖްރާތްތަކުގެ ދަށުން ވިންގް ކޮމާންޑަރު އަބިނާންދަން ވާތަމަން ވެސް ވަކި ކަންތައްތަކެއް ފުރިހަމަ ކުރަންޖެހެ އެވެ. އެއްބަޔަކު ބުނާ ގޮތުގައި އޭނާ އަކީ ހަނގުރާމައިގެ އަސީރެކެވެ.
ޕާކިސްތާނުން އަބިނާންދަން މިނިވަންކޮށް ދެ ގައުމު ގުޅޭ ވަގާހް ބޯޑަރުން އިންޑިއާއާ ހަވާލު ކުރުމާ އެކު އޭނާ ވަނީ އިންޑިއަން އެއާ ފޯސް އިންޓަލިޖެންސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަބިނާންދަންގެ ޖިސްމާނީ އަދި ނަފްސާނީ ޓެސްޓްތަކެއް މިއަދު ހަދާނެ އެވެ. އޭގެ އިތުރުން ބަގްކޮށްފައިވޭތޯ ބެލުމަށް އޭނާގެ މުޅި ހަށިގަނޑު ސްކޭން ކުރާނެ އެވެ. އަދި ނަފްސާނީ ގޮތުން ބަލިކަށިކޮށްލައިގެން އޭނާގެ ފަރާތުން އެއްވެސް މައުލޫމާތެއް ޕާކިސްތާނުން ހޯދައިފައިވޭތޯ ވެސް ބަލާނެ އެވެ.
އަބިނާންދަންގެ މިޝަންއާ ބެހޭ ގޮތުން ޕާކިސްތާން ސިފައިން ތަކުރާރުކޮށް ސުވާލު ކުރި ނަމަވެސް އޭނާ ވަނީ އެ ސުވާލަށް ޖަވާބު ދިނުމަށް ދެކޮޅު ހަދައިފަ އެވެ. އަބިނާންދަންގެ މި ހިތްވަރަށް އިންޑިއާގެ އެތައް ބަޔަކު ތައުރީފްކޮށް އޭނާ އަށް ވަނީ ބަތަލެއްގެ ދަރަޖަ ދީފަ އެވެ. މީގެ އިތުރުން 1970 ގެ އަހަރުތަކުގެ ރަޝިޔާގެ މިގް-21 މަރުކާގެ ބޯޓެއްގައި އެމެރިކާގެ އެންމެ ފަހުގެ އެފް-16 ގެ ޖެޓްތަކާ އޭނާ ކުރިމަތިލުމުން ވެސް އެތައް ބަޔަކު ވަނީ އަބިނާންދަން އަށް ތައުރީފްކޮށްފަ އެވެ.
ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވިދާޅުވެފައި ވަނީ އަބިނާންދަންގެ އާދަޔާޚިލާފު ހިތްވަރަށް މުޅި ގައުމު ފަޚްރުވެރިވާ ކަަމަށެވެ.
އިންޑިއާގެ ބިމުގައި ފައިޖެހުމާ އެކު އަބިނާންދަން ބުނެފައި ވަނީ "ވަރަށް އުފާވެއްޖެ" ކަމަށެވެ. އިންޑިއާއާ ހަވާލު ކުރުމުގެ ކުރިން ޕާކިސްތާން ޓީވީގައި ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ އޭނާއާ މެދު ކަންތައް ކުރީ ޕްރޮފެޝަނަލްކޮށް ކަަމަށެވެ.
އުމުރުން 35 އަހަރުގެ އަބިނާންދަން އަކީ މަތިންދާ ބޯޓު ދުއްވުމުގެ 16 އަހަރުގެ ތަޖްރިބާ ހުރި ޕައިލެޓެކެވެ. އިންޑިއާގެ ދެކުނުގެ ޗެންނާއީ އަށް ނިސްބަތްވާ އަބިނާންދަންގެ ބައްޕަ އަކީ ވެސް އެއާ ފޯސް ޕައިލެޓެކެވެ. މަންމައަކީ ޑޮކްޓަރެކެވެ.
އިންޑިއާގެ ޖެޓް ވައްޓާލި ޕާކިސްތާނުގެ ޕައިލެޓުން ހާމަކޮށްފި
ޖިސްމާނީ ގެއްލުމެއް ނުދޭ، ނަފްސާނީ އަނިޔާ ދިން: ޕައިލެޓް
އިންޑިއާގެ ޕައިލެޓް މިނިވަންކޮށްފި
ޕައިލެޓް ހައްޔަރު ކުރުން: މަންޒަރުދުށް މީހުންގެ ދުލުން
ޕާކިސްތާނުން ހިފެހެއްޓި ޕައިލެޓް މާދަމާ ދޫކޮށްލަނީ
މިޝަންއާ ބެހޭ މައުލޫމާތު އިންޑިއާގެ ޕައިލެޓް ނުދިން
އެއާ ފޯސް އަށް ޕައިލެޓުންނާއި އިންޖިނިއަރުން ހޯދަނީ
އާތިފް އަސްލަމް 7 އަހަރު ފަހުން ބޮލީވުޑަށް
2500 ކިލޯގެ ޑްރަގް ޝިޕްމަންޓުގައި ރާއްޖޭގެ ތަކެތި
އިންޑިއާ މީހަކު އެއް އަހަރުން ހިނގާފައި ހައްޖަށް