Roadha Mihaaru

ދަތުރުމަތީގައި ދެގަޑިއިރު ނިދި ޕައިލެޓުގެ މައްސަލަ ބަލަނީ

އިސްލާމްއާބާދު (މެއި 8) - ޕާކިސްތާނުގެ އިސްލާމްއާބާދުން ލަންޑަނަށް ދަތުރު ކުރި މަތިންދާ ބޯޓުގައި ތިބި 305 ޕަސިންޖަރުން ނުރައްކަލުގެ ހާލަތަކަށް ދާފަދަ ގޮތަކަށް ދަތުރު މަތީގައި ދެގަޑިއިރަށް ވުރެ ގިނަ އިރު ނިދި ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ސީނިއާ ޕައިލެޓެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.

ދަތުރުމަތީގައި ދެގަޑިއިރު ނިދި ޕައިލެޓުގެ މައްސަލަ ބަލަނީ
ހަސަން އާމިރު
ހަސަން އާމިރު

08 މެއި 2017

އިސްލާމްއާބާދު (މެއި 8) - ޕާކިސްތާނުގެ އިސްލާމްއާބާދުން ލަންޑަނަށް ދަތުރު ކުރި މަތިންދާ ބޯޓުގައި ތިބި 305 ޕަސިންޖަރުން ނުރައްކަލުގެ ހާލަތަކަށް ދާފަދަ ގޮތަކަށް ދަތުރު މަތީގައި ދެގަޑިއިރަށް ވުރެ ގިނަ އިރު ނިދި ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ސީނިއާ ޕައިލެޓެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވަޒީފާ އިން މިހާރު ސަސްޕެންޑްކޮށްފައިވާ ޕައިލެޓް އާމިރު އަޚްތަރު ހާޝްމީ ވަނީ ޓްރެއިނީ ޕައިލެޓަކަށް ބޯޓު ހަވާލު ކުރުމަށް ފަހު ބިޒްނަސް ކްލާހުގެ ގޮނޑިއެއްގައި އޮށޯތުމަށް ފަހު ދެގަޑި ބަޔަށް ވުރެ ގިނަ އިރު ނިދައިފަ އެވެ. ބޯޓުގައި ޕައިލެޓް ނިދަން އޮތް މަންޒަރު ޕަސިންޖަރަކު ފޮޓޯ ނަގާ ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ.

ޑޯން ނޫހުން ބުނީ ޕާކިސްތާން އެއާ ލައިންސް ޕައިލެޓްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް ހާޝްމީގެ މައްސަލަ ބަލަން ޕީއައިއޭ ކުރިން ފުރަތަމަ ދެކޮޅު ހެދި ކަމަށެވެ. ނަމަވެސް ޕީއައިއޭގެ ތަރުޖަމާނަކު ފަހުން ބުނެފައި ވަނީ ހާޝްމީ ވަޒީފާ އިން ސަސްޕެންޑް ކުރުމަށް ފަހު ދަތުރުމަތީގައި އޭނާ ނިދި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު ލަންޑަނަށް ދަތުރުކުރި ބޯޓުގެ އިން-ޗާޖަކީ ހާޝްމީ އެވެ. ބޯޓު ދުއްވަން ދެން ތިބީ ފަސްޓް އޮފިސަރަކާއި ޓްރެއިނީ ޕައިލެޓެކެވެ. ޓްރައިނީ ޕައިލެޓް ޓްރޭން ކުރަން ހަވާލުވެފައި ވަނީ ވެސް ބޯޓުގައި ނިދި ޕައިލެޓް ހާޝްމީ އެވެ. ޕައިލެޓުން ޓްރޭން ކުރާތީ ވެސް އޭނާ އަށް ކޮންމެ މަހަކު ބޮޑު މުސާރައެއް ދެ އެވެ.