Roadha Mihaaru

ޕާކިސްތާނުގެ ފުރަތަމަ އަންހެން ކޮމާޝަލް ޕައިލެޓް މަރުވެއްޖެ

އިސްލާމްއާބާދު (މެއި 16) - ޕާކިސްތާނުން ފުރަތަމަ ފަހަރަށް ކޮމާޝަލް ޕައިލެޓް ލައިސެންސް ހޯދި އަންހެނާ ޝުކްރިޔާ ކަނޫމް މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ ފުރަތަމަ އަންހެން ޕައިލެޓް މަރުވެއްޖެ
ހަސަން އާމިރު
ހަސަން އާމިރު

16 މެއި 2017

އިސްލާމްއާބާދު (މެއި 16) - ޕާކިސްތާނުން ފުރަތަމަ ފަހަރަށް ކޮމާޝަލް ޕައިލެޓް ލައިސެންސް ހޯދި އަންހެނާ ޝުކްރިޔާ ކަނޫމް މަރުވެއްޖެ އެވެ.

އުމުރުން 82 އަހަރުގައި އޭނާ މަރުވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ލާހޯރުގެ ގަވަރްމެންޓް ކޮލެޖުން ގްރެޖުއޭޓްވުމަށް ފަހު ކަނޫމް ޕައިލެޓް ލައިސަންސް ނަގާފައި ވަނީ 1959 ވަނަ އަހަރު އެވެ. ޕާކިސްތާނުގެ އިތުރު އަންހެނަކަށް ޕައިލެޓް ލައިސެންސް ލިބުނީ އޭގެ 30 އަހަރު ފަހުންނެވެ.

ޕާކިސްތާނުގައި އޭރު އޮތް ހަމައެކަނި އެއާލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ)އާ ކަނޫމް ގުޅުނު އިރު ކޮމާޝަލް ބޯޓުތަކުގައި އަންހެނުން ޕައިލެޓްކަން ކުރުން އޮތީ މަނާކޮށްފަ އެވެ. އެހެންވެ އޭނާ ވަނީ ޕީއައިއޭގެ ޓްރޭނިން ސެންޓަރުގެ ފްލައިޓް އިންސްޓްރަކްޓާގެ ވަޒީފާ ގަބޫލްކޮށްފަ އެވެ.

ޕާކިސްތާނުގައި 1970 ގެ އަހަރުތަކުގައި ޖެނެރަލް ޒިއާއުލް ހައްގުގެ އަސްކަރީ ވެރިކަން ގާއިމްކުރި ފަހުން އަންހެނުންނަށް އިތުރަށް ފުރުސަތުތައް ކުޑަވި އެވެ. ޖެނެރަލް ޒިއާ 1989 ވަނަ އަހަރު އަވަހާރަވި ފަހުން ޕީއައިއޭ އިން ވަނީ އަންހެން ޕައިލެޓުންނަށް ފުރުސަތު ދޭން ފަށައިފަ އެވެ.