20 އޮކްޓޯބަރ 2016
ރާއްޖޭގައި އާއްމުކޮށް ހިއްސާ ވިއްކަން ފެށި ފުރަތަމަ އަމިއްލަ ކުންފުނި ކަމަށްވާ ސެންޗޫރިއަން އިން ވިއްކާ ފުރަތަމަ ބުރުގެ ހިއްސާގެ ފައިސާ ޖަމާކުރާ ބޭންކުގެ ގޮތުގައި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) މިއަދު ހަމަޖައްސައިފި އެވެ.
ރާއްޖޭގައި އާއްމުކޮށް ހިއްސާ ވިއްކަން ފެށި ފުރަތަމަ އަމިއްލަ ކުންފުނި ކަމަށްވާ ސެންޗޫރިއަން އިން ވިއްކާ ފުރަތަމަ ބުރުގެ ހިއްސާގެ ފައިސާ ޖަމާކުރާ ބޭންކުގެ ގޮތުގައި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) މިއަދު ހަމަޖައްސައިފި އެވެ.
ޝިޕިން އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވާ ސެންޗޫރިއަން އިން ވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން އެ ކުންފުނީގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ހާއްސަ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް އާއްމުންނަށް ހިއްސާ ގަނެވޭނެ އިންތިޒާމް އެ ބޭންކުން ވަނީ ހަމަޖައްސާފަ އެވެ.
"ސެންޗޫރިއަން ޕީއެލްސީން އާ ހަރުފަތަކަށް ދިއުމަށް ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ބީއެމްއެލްގެ ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރު ކުލްދީޕް ޕަލިވާލް ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.
ސެންޗޫރިއަންގެ 49 ޕަސެންޓް (6،757،800) ހިއްސާ، 25 ރުފިޔާގެ މަގުން ވިއްކަން ވަނީ ނިންމާފަ އަވެ. ވަކިވަކި ފަރުދުންގެ އިތުރުން ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ހިއްސާ ގަނެވޭ ގޮތަށް ހުޅުވާލާފައި ވާއިރު، މަދުވެގެން ހަތަރު ހިއްސާ ގަންނަން ޖެހެ އެވެ.
ޑިސެމްބަރު 13ގެ ނިޔަލަށް ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ހިއްސާ ވިއްކައިގެން ހޯދަން އަމާޒުކުރާ 168،945،000 ރުފިޔާ އިން މުދާ އުފުލާ 10 ދޯންޏާއި ޓަގަކާއި ބާޖަކާއި ދެ އުފުއްޔާއި އާގުބޯޓެއް ގަތުމުގެ އިތުރަށް، ގުދަން ހަދައި ތަރައްގީކުރަން ވަނީ ނިންމާފަ އެވެ.
ހިއްސާގެ ބާޒާރުގައި ލިސްޓުކުރި ހަތް ވަނަ ކުންފުންޏަށް ސެންޗޫރިއަން ވެފައި ވާއިރު، އެ ބާޒާރުގައި ގިނައިން ލިސްޓުކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބޭރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކެވެ. އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމްޓީސީސީ އާއި އެސްޓީއޯ އާއި އެމްޓީޑީސީ އާއި ދިރާގު ފަދަ ކުންފުނިތައް ހިމެނެ އެވެ.
މި ފަހުން ވަނީ މުވާސަލާތީ ހިދުމަތް ދޭ އުރީދޫން ވެސް ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފަ އެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ހިއްސާ ވިއްކަން އާއްމުކޮށް ހުޅުވާލަން އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
ސެންޗޫރިއަންގެ ހިއްސާ ވިއްކުން ނިންމާލައިފި
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ބީއެމްއެލް އިސްލާމިކްގެ ލައިފްސްޓައިލް ފައިނޭންސިންއަށް ބަދަލުތަކެއް
ބޭންކްގެ ހިދުމަތްތައް ދޭނީ ހޯމަ އާއި ބުދައިގައި
ބީއެމްއެލްގެ ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި
ބީއެމްއެލްގެ ޑައިރެކްޓަރަކަށް އިނގިރޭސި ރައްޔިތެއް
މާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި
ބީއެމްއެލަށް ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި