25 ޖޫން 2020
އެމެރިކާގައި، މީގެ 16 އަހަރު ކުރިން މަރުވި ފިރިހެނެއްގެ ކިޑްނީ ހަދިޔާކުރި މީހަކަށް އެ ފިރިހެން މީހާގެ އަނބިމީހާ ވެސް އޭނާގެ ކިޑްނީ ހަދިޔާކޮށްފި އެވެ.
އެމެރިކާގައި، މީގެ 16 އަހަރު ކުރިން މަރުވި ފިރިހެނެއްގެ ކިޑްނީ ހަދިޔާކުރި މީހަކަށް އެ ފިރިހެން މީހާގެ އަނބިމީހާ ވެސް އޭނާގެ ކިޑްނީ ހަދިޔާކޮށްފި އެވެ.
ޓެރީ ހެރިންޓަންގެ ފިރިމީހާ ބްރަޔަން ހެރިންގްޓަން މަރުވުމުގެ ކުރިން އޭނާ ވަނީ ހަތަރު މީހެއްގެ ފުރާނަ ސަމާލަަތްކޮށްދޭން ހަށިގަނޑުގެ އެކި ގުނަވަންތައް ހަދިޔާކޮށްފަ އެވެ. އޭގެ ތެރެއިން އެކަކީ ބްރަޔަންގެ ކިޑްނީ އާއި ޕެންކްރިއާސް ހަދިޔާކުރި އެމެރިކާގެ ފްލޮރިޑާގެ ވަކިޒާގައި ދިރިއުޅޭ ޖެފްރީ ގްރޭންޖާ އެވެ.
ޓެރީގެ ފިރިމީހާ ހަދިޔާކުރި ގުނަންތަކާ އެކު، ޖެފްރީ އާދައިގެ ދިިރިއުޅުމެއް އުޅެމުން ދަނިކޮށް އަނެއްކާ ވެސް ކިޑްނީ ފެއިލްވީ އެވެ. އެ ޚަބަރު މިދިޔަ އަހަރު ލިބުމާ އެކު ޓެރީ ވަނީ އޭނާގެ ކިޑްނީ ޖެފްރީ އަށް ހަދިޔާކޮށްފަ އެވެ.
ބްރަޔަން.
ދެމަފިރިއެއްގެ ކިޑްނީ ލިބި ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ދެ ފަހަރަށް ލިބުނު ޖެފްރީ ސީއެންއެންއާ ވާހަކަ ދައްކަމުން ބުނީ އޭނާގެ ސިއްހަތު މިހާރު ރަނގަޅު ކަމަށެވެ. އަދި ދެމަފިރިއެއްގެ ފަރާތުން ލިބުނު އެހީ ދުވަހަކު ވެސް ހަނދާން ނައްތައިނުލެވޭނެ ކަމަށް ބުންޏެވެ.
ޖެފްރީ ބުނި ގޮތުގައި އޭނާގެ ކިޑްނީގައި ފުރަތަމަ މައްސަލަ ޖެހުނީ މީގެ 30 އަހަރު ކުރިންނެވެ. އަދި 2004 އާ ހަމައަށް އޭނާގެ ސިއްހަތު ބިނާވެފައި އޮތީ އިންސިއުލިން އަށް ކަމަށް ބުންޏެވެ. އޭރު ޑޮކްޓަރު އޮތީ ޓްރާންސްޕްލާންޓް ހަދަން ޖެހޭ ކަމަށް ވެސް ބުނެފަ އެވެ.
ކަންދިމާކުރި ގޮތުން ބްރަޔަން، 35، ގެ ފަރާތުން ކިޑްނީ ލިބުނީ ކިޑްނީއެއް ހޯދުމުގެ ފިކުރުތަކުގައި އުޅެނިކޮށެވެ.
ބްރަޔަން ގުނަވަންތައް ހަދިޔާކުރަން ނިންމީ ގޭގެ މަސައްކަތެއް ކުރަން ހުއްޓައި ވެއްޓި ލިބުނު އަނިޔާތަކަކާ ގުޅިގެން މަރުގެ ތުންފަތްމައްޗަށް ގޮސް ފުރާނަ ސަލާމަތްނުކުރެވޭނެކަން ޔަގީންވުމާ ގުޅިގެންނެވެ. އެގޮތުން ޖެފްރީ އަށް ހަދިޔާކުރި ގުވަންތަކުގެ އިތުރު ތިން މީހަކަށް އޭނާގެ ހިތާއި ފުއްޕާމެ އާއި މައިދާ ހަދިޔާކޮށްފައިވެ އެވެ.
ޖެފްރީ ބުނި ގޮތުގައި ފުރަތަމަ ޓްރާންސްޕްލާންޓް ހެދި އިރު، އޭނާ އަށް ގުނަވަންތައް ހަދިޔާކުރީ ބްރަޔަންކަމެއް ނޭނގެ އެވެ. އަދި ބްރަޔަންގެ އަންހެނުން ޓެރީއަކަށް ވެސް އޭރު، ފިރިމީހާގެ ގުނަވަންތައް ހަދިޔާކުރީ ކޮންކޮން ބަޔަކަށް ކަމެއް ނޭނގެ އެވެ.
އެކަމަކު ފަހުން ޓެރީ އާއި ޖެފްރީއާ ދެމެދު މުއާމަލާތްތަކެއް ކުރެވި ފިރިމީހާގެ ކިޑްނީ ލިބުނު މީހަކީ ޖެފްރީކަން އެނގުނެވެ. އަދި އޭގެ ފަހުން އެ ދެ މީހުންގެ މެދުގައި އެކުވެރިކަން އުފެދި އާއިލީ ގުޅުމެއް ފަދަ ގާތްކަމެއް އުފެދުނެވެ.
ނަމަވެސް މިދިޔަ އަހަރު އަނެއްކާ ވެސް ޖެފްރީ ބަލިވާން ފެށީ އެވެ. އަދި ޑައިލިލިސް ހަދަން ޖެހި ހާލަތު އިތުރަށް ގޯސްވާން ފެށީ އެވެ. ޑޮކްޓަރުން ވެސް އަނެއްކާ ވެސް ދިން ޚަބަރަކީ ކިޑްނީ ފެއިލްވެ، އަލުން ޓްރާންސްޕްލާންޓް ހަދަން ޖެހޭ ވާހަކަ އެވެ. އެ ހިސާބުން ޓެރީގެ ކިޑްނީގެ ޖެފްރީ އަށް ހަދިޔާކުރަން ނިންމީ އެވެ.
"ފުރަތަމަ އަހަރެން އެ ވާހާކަ ފޭސްބުކްގައި ހިއްސާކުރީމަ ޓެރީ ކިޑްނީ ދޭން ތައްޔާރަށް ހުރި ވާހަކަ ކޮމެންޓެއްގައި ބުނީމަ އެކަން އެހާ ސީރިއަސްކޮށް ނުވެސް ނަގަން. ފުރަތަމަ ހީކުރީ އޭނަ އަސްލު ސަމާސާކުރަނީ ކަމަށް. އެކަމަކު ފަހުން އޭނާ އެކަމާ މާ ބޮޑަށް އުޅެން ފެށީމަ ޔަގީންވެއްޖެ އޭނަގެ ފިރިމީހާ ކިޑްނީ ހަދިޔާކުރި ފަދައިން އަހަންނަށް ކިޑްނީ ހަދިޔާކުރަން ނިންމައިގެން ހުރިކަން." ޖެފްރީ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި ކުރިއަށް އޮތް 10-14 ވަރަކަށް އަހަރު ޓެރީ ހަދިޔާކުރި ކިޑްނީގެ އެހީގައި އުޅެވޭނެކަމުގެ ގެރެންޓީ ޑޮކްޓަރުން ދީފައިވެ އެވެ. އަދި އެކަމާ ވަރަށް އުފާކުރާ ކަމަށް ބުންޏެވެ.
ޖެފްރީ ވަނީ ޓެރީ އާއި އޭނާގެ ފިރިމީހާ އަކީ ނަމޫނާއެއްގެ ގޮތުގައި ސިފަކޮށް، ވީހާ ވެސް ގިނަ ބަޔަކު ގުނަވަންތައް ހަދިޔާކުރަން ވެސް ގޮވާލައިފަ އެވެ. އަދި އެއީ އިންސާނިއްޔަކަށް ކޮށްދެވޭ ވަރަށް އަގުހުރި ހިދުމަތެއް ކަމަށް ބުންޏެވެ.
އިންސާނެއްގެ ހަށިގަނޑުގައި އޫރެއްގެ ކިޑްނީ އިންދައިފި
ބައްޕަގެ ހަނދާނުގައި ދެބެއިންގެ ކިޑްނީ ހަދިޔާކޮށްފި
ދަރިވަރުގެ ފުރާނަ ސަލާމަތްކުރަން ޓީޗަރުގެ ކިޑްނީ ދީފި
ދައްތައަށް ނުދެވުނު ކިޑްނީ ހަދިޔާކުރީ ބޭބެއަށް!
އެހީގެ ސާމާނު ގާޒާއަށް ވައްދަން އެއްބަސްވެއްޖެ
ދޮން މީހުންނަށް ވަކި މަތިވެރިކަމެއް ނެތް: ބައިޑެން
ޓްރަމްޕާ ވާދައަށް ފްލޮރިޑާގެ ގަވަރުނަރު ނުކުންނަވައިފި
ދެ ކިޑްނީ ފެއިލްވުމުން ލެއްވި ކިޑްނީ ފެއިލްވެ ހާލުގައި
ދެ ޑޮކްޓަރެއްގެ ކަންބޮޑުވުން: ކިޑްނީ ބަލި ނުރައްކާ!
ގެއެއްގެ ސުވިމިން ޕޫލެއްގައި ކިނބުލެއް އޮއްވާ ފެނިއްޖެ