04 ޖޫން 2022
ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އާދަޔާ ހިލާފަށް އިތުރުވަމުންދާ އިރު މި ބަލިތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކުރެވެނީ ކިޑްނީގެ ބަލިތަކެވެ. ކިޑްނީ ފެއިލްވެ ޑައިލިސިސް ހަދަން ޖެހޭ މީހުން ގިނަވަމުން އަންނަ އިރު މިފަދަ ބަލީގެ ޝިކާރަކަށް ގިނަ އަދަދެއްގެ ޒުވާނުން ވެ، ފަރުވާ އަންނަނީ ހޯދަމުންނެވެ.
ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އާދަޔާ ހިލާފަށް އިތުރުވަމުންދާ އިރު މި ބަލިތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކުރެވެނީ ކިޑްނީގެ ބަލިތަކެވެ. ކިޑްނީ ފެއިލްވެ ޑައިލިސިސް ހަދަން ޖެހޭ މީހުން ގިނަވަމުން އަންނަ އިރު މިފަދަ ބަލީގެ ޝިކާރަކަށް ގިނަ އަދަދެއްގެ ޒުވާނުން ވެ، ފަރުވާ އަންނަނީ ހޯދަމުންނެވެ.
ރާއްޖޭގައި ކިޑްނީ ބަލީގެ ހާލަތު އެންމެ ގާތުން ފެންނަ އެއް ބޭފުޅަކީ ޓްރީ ޓޮޕްގެ ނެފްރޮލިޖިސްޓް ޑިޕާޓްމެންޓުގެ މެޑިކަލް ޑައިރެކްޓާ ޑރ. ވްލަޑަން ނޮޓެކް އެވެ. ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ކިޑްނީގެ ބޮޑެތި މައްސަލަތަކައިގެން އެ ހޮސްޕިޓަލަށް ދާއިރު އޭގެ ތެރެއިން އެތައް ބަޔަކުގެ ކިޑްނީ ފެއިލްވެ، ޓްރާންސްޕްލާންޓް ކުރަން ޖެހޭ ހާލަތުގައި ހުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އާންމުކޮށް ދިމާވާ ޕޭޝަންޓުންގެ މި ބަލި ފާހަގަ ވަނީ އެޑްވާންސް ސްޓޭޖެއްގައި. އޭގެ މާނައަކީ އެ ބަލި ހުންނަކަން އެނގެނީ ވަރަށް ސީރިއަސް ހާލަތަކަށް ދާ ފަހުންނޭ. މިއީ ދިމާވާ އެންމެ ބޮޑު އެއް މައްސަލަ،" އޭނާ ވިދާޅުވި އެވެ.
ޑރ. ވްލަޑަން ވިދާޅުވީ، ކުރިއާލައި ކިޑްނީގެ މައްސަލަތައް ދެނެގަނެވޭ ނަމަ ރާއްޖޭގައި ކިޑްނީ ފެއިލްވާ މީހުންގެ އަދަދު މަދުވާނެ ކަމަށެވެ. އަދި ޑައިލިސިސްއާ ހަމައަށް ނުގޮސް ބަލިން ސަލާމަތްވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލަށް އާސަންދަ ހޯދުމަށް ގޮސް ތިބި ބައެއް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ކިޑްނީ ފެއިލްވެ، ޓްރާންސްޕްލާންޓް ހަދަން ޖެހެނީ އެ ބަލީގެ އެންމެ ފަހު މަރުހަލާގަ އެވެ. ސޯޝަލް މީޑިއާ އަށް ބެލިއަސް ކިޑްނީ ފެއިލްވެ، ފަރުވާ ހޯދަން އެހީ އަށް އެދޭ މީހުންގެ އަދަދު ވެސް ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި ޒުވާނުން ގިނަ އަދަދަކަށް ހިމެނެ އެވެ.
ޑރ. ވްލަޑަން ވެސް ފާހަގަކުރެއްވި އެއް ކަމަކީ، ކިޑްނީ ބަލިތައް ކުރިއާލައި ދެނެގަނެވިއްޖެ ނަމަ، ކިޑްނީ ފެއިލްވެ، ޓްރާންސްޕްލާންޓް ކުރަން ޖެހޭ ހަލާތަށް ނުގޮސް ސަލާމަތް ކުރުމުގެ ފުރުސަތު ބޮޑު ކަމެވެ.
އޭނާ ވިދާޅުވީ، ޔޫރަޕާ އަޅާބަލާ އިރު ކިޑްނީ ބަލީގެ އެންމެ ސީރިއަސް ހާލަތަށްދާ ދިވެހިންގެ އުމުރު ހަގު ކަމަށެވެ. ކިޑްނީ ބަލީގެ ގިނަ ޕޭޝަންޓުންނަކީ 40 އަހަރު ވެސް ނުވާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ޑައިލިސިސް ހަދާ ވަރަށް ގިނަ ޕޭޝަންޓުން އެބަތިބި. ޔޫރަޕާ އަޅާ ބަލާއިރު ރާއްޖޭގައި ޑައިލިސިސް ފަރުވާ ހޯދާ ޕޭޝަންޓުންނަކީ 10-15 އަހަރު ހަގު މީހުން."
"ރާއްޖޭގައި ޑައިލިސިސް ހަދާ ވަރަށް ގިނަ ޕޭޝަންޓުން އެބަތިބި. ޔޫރަޕާ އަޅާ ބަލާއިރު ރާއްޖޭގައި ޑައިލިސިސް ފަރުވާ ހޯދާ ޕޭޝަންޓުންނަކީ 10-15 އަހަރު ހަގު މީހުން. އެހެން އެވަނީ ކިޑްނީ ބަލިތައް ދެނެގަނެވޭ ސްޓޭޖް ލަސްވުމުން،" އޭނާ ވިދާޅުވި އެވެ.
ޑައިލިސިސް ހެދުމަށް މީހަކު އަތަށް ހޮޅި ގުޅުމުގެ ކުރިން ބޭހެއް އުނގުޅަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މި ބަލިތައް ގިނަ ފަހަރަށް ފާހަގަކުރެވެނީ އެންމެ ފަހު މަރުހަލާތަކުގައި. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. މިހެން ވަނީ ބައްޔަށް އަވަހަށް ސްކްރީން ނުކުރެވޭތީ. އާންމުކޮށް ކިޑްނީ ބަލިތަކުގެ އަލާމާތްތައް ފެންނާނީ ވަރަށް ސީރިއަސްވާ ފަހުން. ބައްޔަށް ސްކްރީން ކުރާ ނަމަ އަވަހަށް ދެނެގަނެވޭ،" އޭނާ ވިދާޅުވި އެވެ.
ކިޑްނީ ބައްޔަށް ސްކްރީން ކުރެވޭނެ ހުރިހާ ހިދުމަތެއްހެން ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކުގައި، ދެ އެވެ. އޭގެ ތެރޭގައި ޓްރީ ޓޮޕް ވެސް ހިމެނެ އެވެ. ކިޑްނީގެ ހާލަތު ދެނެގަތުމަށް ހަދާ ބައޮޕްސީ ވެސް ޓްރީ ޓޮޕުން ހެދެ އެވެ. އެކަމަކު ބައޮޕްސީގެ ނަތީޖާ ދެނެގަންނަނީ ބޭރަށް ފޮނުވައިގެންނެވެ.
"މިދިޔަ ދެ ހަފްތާގެ ތެރޭގައި ވެސް މަދުވެގެން ފަސް ވަރަކަށް ޒުވާން [30-40 އަހަރުގެ] ޕޭޝަންޓުންނާ ދިމާވި، ކިޑްނީ ބަލީގެ ސީރިއަސް ހާލަތުގައި ހުއްޓާ ބަލި ޖެހިފައިވާކަން އެނގުނު."
"ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ވެސް މަދުވެގެން ފަސް ވަރަކަށް ޒުވާން [30-40 އަހަރުގެ] ޕޭޝަންޓުންނާ ދިމާވި، ކިޑްނީ ބަލީގެ ސީރިއަސް ހާލަތުގައި ހުއްޓާ ބަލި ޖެހިފައިވާކަން އެނގުނު. އެހެންވީމަ ކިޑްނީ ބަލިތައް އަވަހަށް ދެނެގަތުން ވަރަށް މުހިއްމު. އޭރުން ބަލިން ރައްކާވުމަށް އެހީވާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ކިޑްނީ ބަލި ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް އިތުރުވަމުން ދާ ކަމަށް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ފާހަގަކުރި ނަމަވެސް، އެއް މައްސަލަ އަކީ އޭގެ ރަސްމީ ޑޭޓާތައް ނެތުމެވެ.
ޖާޔާ ވިދާޅުވީ، ކިޑްނީ ބަލި ހުރިކަން ފާހަގަކުރެވިފައިވާ މީހުން ބަލީގެ ހާލަތު ދެނެގަތުމަށް ގަވައިދުން ސްކްރީން ކުރަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، 30 އަހަރުން މަތީގެ ކޮންމެ މީހަކު ވެސް ކިޑްނީގެ ހާލަތު ބަލަން ޓެސްޓު ކުރުން ވަރަށް މުހިންމު ކަމަށެވެ.
"މި ޓެސްޓު އަހަރަކު އެއް ފަހަރު ނުވަތަ ދެ އަހަރުން އެއް އަހަރު ތަކުރާރު ކުރަން ވާނެ. އަދި ކިޑްނީގެ ބައްޔެއް ހުރި ކަމަށް ދައްކާ ނަމަ ކޮންމެ ތިން މަހަކުން ސްކްރީން ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އުމުރުން 22 އަހަރުން އިން މަތީގެ މީހުން ވެސް ކިޑްނީ ބަލިތައް ދެނެގަންނާނެ ބޭސްލައިން ޓެސްޓެއް ހެދުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. ކިޑްނީ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ޑޮކްޓަރު ފާހަގަކުރެއްވި ބައެއް ކަންކަން މި ވަނީ އެވެ؛
- ފައި ދުޅަވުން
- ކުޑަކަމުދާ އިރު ލޭ ފެނުން
- ލޯ ދުޅަވުން
- ކާހިތްނުވުން
- ހޮޑުލެވުން
- މޭނުބައި ކުރުން
ޖާޔާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކިޑްނީ ބަލިތަކުގެ ހާލަތު އެންމެ ފުރިހަމައަށް ދެނެގަތުމަށް ދިރާސާއެއް ކުރުން ވަރަށް މުހިއްމު ކަމަށެވެ. މިފަދަ ދިރާސާއެއްގެ އަލީގައި މި ބަލި ޖެހޭ ސަބަބުތައް ދެނެގަނެވި، ބަލިން ރައްކާތެރިވުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަކީ ހޫނު ގައުމަކަށް ވާތީ، ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމަކީ ވެސް ކިޑްނީގެ ބަލިތަކަށް ހުށަހެޅިދާނެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ފާހަގަކުރެވޭ އެއް ސަބަބަކީ ރާއްޖެއަކީ ހޫނު ގައުމަކަށްވުން. ހޫނު ގައުމުތަކުގައި ފެންނަ އެއް ބައްޔަކީ ނީސޯއެމެއިކަން ނެފްރޮޕަތީ. މިއީ ޑީހައިޑްރޭޓްވުމުން ކިޑްނީއަށް ޖެހޭ ބައްޔެއް. އެހެންވީމަ މި ބަލި ކިޑްނީ ބަލިތަކާ ގުޅިފައި ވެސް އޮވެދާނެ."
"އަޅުގަނޑަށް ފާހަގަކުރެވޭ އެއް ސަބަބަކީ ރާއްޖެއަކީ ހޫނު ގައުމަކަށްވުން. ހޫނު ގައުމުތަކުގައި ފެންނަ އެއް ބައްޔަކީ ނީސޯއެމެއިކަން ނެފްރޮޕަތީ. މިއީ ޑީހައިޑްރޭޓްވުމުން ކިޑްނީއަށް ޖެހޭ ބައްޔެއް. އެހެންވީމަ މި ބަލި ކިޑްނީ ބަލިތަކާ ގުޅިފައި ވެސް އޮވެދާނެ. މިއީ ރާއްޖޭގައި ކިޑްނީ ބަލި އާންމުވާ އެއް ސަބަބަށް ވެސް ވެދާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ކިޑްނީގެ ބަލިތައް ދަނީ އާންމުވަމުންނެވެ. އެކަމަކު އެ ބައްޔަށް ހޭލުންތެރި ކުރުވުމަށް ކުރެވޭ މަސައްކަތްތައް ވަރަށް މަދެވެ.
ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި ކޮންމެ ބައްޔެއްގެ ވެސް، އެ ބައްޔެއް ކުރީކޮޅުގައި ދެނެގަނެވިއްޖެ ނަމަ ފަރުވާކޮށްގެން ރަނގަޅު ކުރުމުގެ ފުރުސަތު ބޮޑެވެ. ކެންސަރު ވިޔަސް، ހިތުގެ ބަލިތައް ވިޔަސް ނުވަތަ ކިޑްނީގެ ބަލިތައް ވިޔަސް އެކަން އޮތީ އެހެންނެވެ. ޓްރީ ޓޮޕްގެ މި ދެ ޑޮކްޓަރުންގެ އެދުމަކީ ވެސް އެއީ އެވެ. އެ ބޭފުޅުން ކަންބޮޑުވެ ވަޑައިގަންނަވަނީ ދިވެހިން އެ ހޭލުންތެރިކަމާ މާ ދުރުކަމުންނެވެ.
ދައްތައަށް ނުދެވުނު ކިޑްނީ ހަދިޔާކުރީ ބޭބެއަށް!
ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ޓްރީޓޮޕުން ތައްޔާރުވަނީ
ދެ ކިޑްނީ ފެއިލްވުމުން ލެއްވި ކިޑްނީ ފެއިލްވެ ހާލުގައި
ކިޑްނީގެ ދުޅަހެޔޮ ކަމަށް ފެން ވަރަށް މުހިންމު
އިންސާނެއްގެ ހަށިގަނޑުގައި އޫރެއްގެ ކިޑްނީ އިންދައިފި
ޒުވާނުން މަރުގެ ހަނގުރާމައެއްގައި!
ސައިމަންގެ އެއް ދުވަސް: ގެއިން ހޮސްޕިޓަލަށް
ސުވާލާއި ޖަވާބު: ކިޑްނީ ބަލި
ދިގު ކިޔޫއެއް، ފަރުވާ ލިބޭނެ ގޮތެއް ނެތް!
ދައްތަގެ ކިޑްނީއާ އެކު އުފާވެރި ހަޔާތެއް