02 ސެޕްޓެމްބަރ 2021
ހަށިގަނޑުގައި އުފެދޭ ގެއްލުންހުރި ބައެއް މާއްދާތައް ބޭރުކޮށްދީ ލޭ ސާފުކޮށްދިނުމުގެ މުހިއްމު ޒިންމާ އަދާކުރާ އެއް ގުނަވަނަކީ ކިޑްނީ އެވެ. އެހެންކަމުން، ހަށިގަނޑުގެ އެންމެ މުހިއްމު ގުނަވަނަށް ކިޑްނީ ވެގެންދެ އެވެ. އެއާއެކު، ކިޑްނީ އަށް ދިމާވާ ކިތަންމެ ކުޑަ ނަމަވެސް ކަމެއް ފަރުވާ ކުޑަކޮށްލެވުމުގެ ހިތްދަތިކަމާއި ބުރަ އުފުލަންޖެހެ އެވެ.
ހަށިގަނޑުގައި އުފެދޭ ގެއްލުންހުރި ބައެއް މާއްދާތައް ބޭރުކޮށްދީ ލޭ ސާފުކޮށްދިނުމުގެ މުހިއްމު ޒިންމާ އަދާކުރާ އެއް ގުނަވަނަކީ ކިޑްނީ އެވެ. އެހެންކަމުން، ހަށިގަނޑުގެ އެންމެ މުހިއްމު ގުނަވަނަށް ކިޑްނީ ވެގެންދެ އެވެ. އެއާއެކު، ކިޑްނީ އަށް ދިމާވާ ކިތަންމެ ކުޑަ ނަމަވެސް ކަމެއް ފަރުވާ ކުޑަކޮށްލެވުމުގެ ހިތްދަތިކަމާއި ބުރަ އުފުލަންޖެހެ އެވެ.
އެހެންވެ، ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށާއި ކިޑްނީ ބައްޔާއި އެ ބަލި ޖެހުމަށް މަގުފަހިވާ އެހެން ބަލިތަކުން ދުރުވުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ.
މިއީ، ކިޑްނީ ބަލީގެ ދުވަސް ފާހަގަކުރަން މިދިޔަ މާޗް މަހުގެ ތެރޭގައި އައިޖީއެމްއެޗުގެ ނެފްރޮލޮޖީ (ކިޑްނީގެ ބަލިތަކާ ބެހޭ) ޑިޕާޓްމަންޓުން ބޭއްވި ލައިވް ސެޝަންގައި، އާންމުކޮށް މި ބައްޔާ ބެހޭ ގޮތުން ކުރާ ސުވާލުތަކަށް ޑޮކްޓަރުން ދެއްވި ޖަވާބުތަކެވެ.
އައިޖީއެމްއެޗްގެ ނެޕްރޮލޮޖީ ޑިޕާޓްމަންޓުގައި މަސައްކަތްކުރައްވާ އެތެރެހަށީގެ ޑޮކްޓަރު، ޑރ. އަހުމަދު އަބްދުﷲ ވިދާޅުވީ ކިޑްނީ ބަލީގެ ބައެއް އަލާމާތްތަކަށް ވިސްނައިގެން ކިޑްނީ ބައްޔެއް ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ވަރަށް ފަހުގެ ސްޓޭޖާ ހަމައަށް ދާއިރު ވެސް އެއް ވެސް ކަހަލަ އަލާމާތެއް ނުހުރުމެވެ.
އެހެންވެ ކިޑްނީގެ ބަލިތަކުން ސަލާމަތްވެވޭނެ އެންމެ ރަނގަޅު އެއް ގޮތަކީ، ބަލީގެ ރިސްކުތައް ދެނެގަނެ އެކަމަށް ސަމާލުވުން ކަމަށް، އެތެރެހަށީގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާތާ ގިނަ ދުވަސްވެފައިވާ ޑރ. އަހުމަދު ވިދާޅުވި އެވެ.
ބަލީގެ ރިސްކު އޮތް މީހުންގެ ތެރޭގައި ލޭ މައްޗަށް ދިއުމާއި ހަކުރު ބަލި ހުންނަ ނުވަތަ އާއިލާގައި ކިޑްނީގެ ބަލި ހުންނަ މީހުން، ޒުވާން އުމުރުގައި ކޮލެސްޓްރޯލް މައްޗަށްދާ މީހުން ނުވަތަ ކިޑްނީގައި ހިލަ އުފެދޭ މީހުން ހިމެނެ އެވެ. އެ ކެޓަގަރީގައި ހިމެނޭ މީހުންނަށް، ޑޮކްޓަރެއްގެ ލަފާގެ މަތިން ސްކްރީނިން ހެދުމަކީ ރައްކާތެރި ގޮތެކެވެ.
ރާއްޖޭގައި މި ވަގުތު ހުންނެވި ހަމައެކަނި ދިވެހި ނެފްރޮލޮޖިސްޓް، ޑރ. އިބްރާހިމް ޝިހާމް ވިދާޅުވީ ކިޑްނީގައި ހިލަ އުފެދުމުގެ މައްސަލަތައް ގިނައިން ދިމާވަނީ ޒުވާން އުމުރުގެ މީހުންނަށް ކަމަށެވެ. އެއީ ދިރިއުޅުމުގެ އެހެން ކަންތައްތަކުގައި މަސްއޫލުވެ އުޅުމުގެ ސަބަބުން އެ ބަލީގެ ވަރަށް ކުޑަ އަލާމާތެއް ފެނުނަސް ގިނަ ފަހަރަށް އަޅާނުލެވި ދޫކޮށްލެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ޝިހާމް ވިދާޅުވި ގޮތުގައި ޑޮކްޓަރުންނާ ހަމައަށް ގިނައިން ދަނީ ބަލީގައި ބޮޑުވަރުވާ ފަހުންނެވެ. އެފަދަ މީހުން ގިނައިން ދިޔާ ތަކެތި ބޭނުންކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
ކިޑްނީގައި ހިލަ އުފެދުނަސް އެކި މީހުން ކެއުން ބެހެއްޓުމުގައި އަމަލުކުރަން ޖެހޭ ގޮތް ތަފާތުވާނެ އެވެ. އެކަމަކު އެންމެންނަށް ވެސް ދިޔާ ތަކެތި ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއާއެކު، ލޮނު މަދުކޮށް ކެއުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި ކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރެވިއްޖެނަމަ ހުންނާނީ، އެހެން ގުނަވަންތައް ވެސް އަދި މީހާގެ ދިރިއުޅުމަށް ވެސް ވަރަށް ހެޔޮ ބަދަލުތަކެއް އައިސްފައި ކަމަށް އަޅުގަނޑަށް ފެންނަނީ،" ކިޑްނީ އަށް ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާތާ ހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޑރ. ޝިހާމް ވިދާޅުވި އެވެ.
ޑރ. ޝިހާމް ވިދާޅުވީ ކިޑްނީގެ ބައްޔެއް ޖެހިއްޖެ ނަމަ އެންމެ ފުރަތަމަ ބަލަނީ އެ ބަލީގެ އަސްލު ނުވަތަ ބަލި ޖެހުނު ގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވީ ކިޑްނީ ބައްޔާ ހަމައަށް ދަނީ، ވަރަށް ގިނަ އެހެން ބަލިތަކެއްގެ ސަބަބުން ކަމަށެވެ. އެހެންވެ، އާއްމުގޮތެއްގައި އެ ބަލި ދެނެގަތުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެ އެވެ. އެއަށްފަހު އަސްލު ބަލި ކޮޮންޓްރޯލްކޮށް އެ ބަލި ރަނގަޅުކޮށްގެން ކިޑްނީ ބަލި ގޯސްވިޔަނުދީ ހިފެހެއްޓޭތޯ ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ޑަޔަލިސް ޔުނިޓް
ބައެއް މީހުން ފަރުވާކުރާތާ 15 އަހަރު ވެގެންދާއިރު ވެސް ހަކުރު ކޮންޓްރޯލް ނުވެ ހުރެ އެވެ. އެހެންވެ އެންމެ ފުރަތަމަ ސަމާލުކަން ދޭން ޖެހެނީ ހަކުރު ކޮންޓްރޯލް ކުރަން ނުވަތަ ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށެވެ. ޝިހާމް ވިދާޅުވީ އެއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ސަމާލުކަން ދިނީމަ ހުންނާނީ ރަނގަޅަށް. ފަލަ ވިޔަ ނުދީ ހިފެހެއްޓުން، ދުންފަތުގެ އިސްތިއުމާލުނުކުރުން، މާ ގިނައިން ލޮނު ބޭނުން ނުކުރުން،" އޭނާ ވިދާޅުވި އެވެ.
ޑރ. އަހުމަދު ވިދާޅުވީ ފިރިހެނުންގެ އެންމެ އުފެއްދުންތެރި، އެކްޓިވް އުމުރުގެ 40 ޕަސެންޓަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ކަމަށެވެ. އޭގެ ސަބަބުން ކިޑްނީގެ ބަލިތައް ގޯސްވެގެންދާ ކަމަށާއި ދުންފަތުގެ އިސްތިއުމާލުކުރުމަކީ އެ ހާލަތު އިތުރަށް ގޯސް ވުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ވިދާޅުވި އެވެ.
ހަކުރު ބަލި ހުންނަ މީހުންގެ ނާރުތަކުގައި ސަރުބީ ޖެހުން ފަދަ ކަންކަން ވެސް ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އަވަސްވެގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
ސިނގިރޭޓް ކަހަލަ ނުރައްކާތެރި ކަމަކުން ދުރުވުމަކީ ކިޑްނީގެ ސިއްހަތުގެ އިތުރުން އާއްމު ސިއްހަތަށް ވަރަށް މުހިއްމު ކަމެއް
"ސިނގިރޭޓް ކަހަލަ ނުރައްކާތެރި ކަމަކުން ދުރުވުމަކީ ކިޑްނީގެ ސިއްހަތުގެ އިތުރުން އާއްމު ސިއްހަތަށް ވަރަށް މުހިއްމު ކަމެއް،" އަހުމަދު ވިދާޅުވި އެވެ.
ޝިހާމް ވިދާޅުވީ ޝީޝާ އާއި ދުންފަތުގެ އިސްތިއުމާލުކުރުމުގެ "އެޕަޑެމިކް" އަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
އައިޖީއެމްއެޗްގެ ޑަޔަލިސިސް ޔުނިޓްގައި މައުލޫމާތު ދެނީ
އޭނާ ވިދާޅުވީ ކިޑްނީގެ ބަލި ފެށިގެން އައުމުން ފެށިގެން އަދި ކިޑްނީ ބަލި ހުންނަ މީހުން އެ ބަލި ގޯސްވެގެން ދިއުމަށް ވެސް ދުންފަތުގެ އިސްތިއުމާލުކުރުމަކީ ވަރަށް ބޮޑު ބާރަކަށް ވެގެންދާ ކަމަށެވެ.
އަހުމަދު ވިދާޅުވި ގޮތުގައި ދިރިއުޅުމަށް ބަދަލު އައި ބަދަލުތަކާ އެކު، ކިޑްނީ ބައްޔަށް މަގުފަހިވާ ހުރިހާ ކަމެއް އޮތީ ގިނަ ވެފަ އެވެ. އެހެންވެ، ރާއްޖޭގައި ވެސް ކިޑްނީގެ ބަލިތައް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމަކަށް ވިޔަސް އެކަމަށް ހާއްސަ ދިރާސާއެއް ހެދިފައި ނެތުމުން ސީދާ އެކަމަށް ވަކި ޖަވާބެއް ނުދެއްވަ އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ކިޑްނީގެ ބަލި ޖެހުމުގެ ރިސްކު ރާއްޖޭގައި ބޮޑު ކަމަށެވެ. ހަކުރު ބައްޔާއި ލޭ މައްޗަށް ދާ މީހުން ގިނަވެ، ދިރިއުޅުމުގެ ވައްޓަފާޅި މުޅިން ބަދަލުވެ ހަރަކާތްތެރިކަން ކުޑަވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކިޑްނީ ބަލި ޖެހެން ދިމާވާ ހުރިހާ ކަމެއް މި ވަނީ ގިނަވެފައި. އެހެން ނަމަވެސް ރާއްޖޭގައި އެކަހަލަ ދިރާސާއެއް ކުރެވިފައި ނެތީމަ އަޅުގަނޑުމެން ސީދާ ރާއްޖޭގައި އެކަހަލަ ބަލިތައް ގިނައޭ، ސީދާ އެހެން ބުނަން ދަތި. އެހެން ނަމަވެސް އަޅުގަނޑަށް ބެލެވޭ ގޮތުން ކިޑްނީގެ ބަލިތަކަށް ހުރި ރިސްކުތައް ހަމަ ގައިމު ވެސް ގިނަ،" އަހުމަދު ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ހަދާފައިވާ ދިރާސާތަކުން ފެންނަނީ ކިޑްނީގެ ބަލިތައް އިތުރުވެފައިވާ މަންޒަރުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރާއްޖޭގައި ވެސް ކިޑްނީގެ ބަލިތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކިޑްނީީ ބަދަލުކުރުމުގެ އޮޕަރޭޝަން ރާއްޖޭގައި ފަށަނީ
ދައްތައަށް ނުދެވުނު ކިޑްނީ ހަދިޔާކުރީ ބޭބެއަށް!
ދެ ކިޑްނީ ފެއިލްވުމުން ލެއްވި ކިޑްނީ ފެއިލްވެ ހާލުގައި
ކިޑްނީ ތޮރުފައިގެން ހިލަ ނަގާ ސާޖަރީ އައިޖީއެމްއެޗުގައި
އިންސާނެއްގެ ހަށިގަނޑުގައި އޫރެއްގެ ކިޑްނީ އިންދައިފި
ސައިމަންގެ އެއް ދުވަސް: ގެއިން ހޮސްޕިޓަލަށް
ދިގު ކިޔޫއެއް، ފަރުވާ ލިބޭނެ ގޮތެއް ނެތް!
ކިޑްނީއެއް ހޯދުމުގެ އުނދަގޫ ދަތުރުގައި ނާއުއްމީދު
އިންޑިއާ އިން އައި ފަސް މީހަކު އައިޖީއެމްއެޗުގައި
ރާއްޖޭގައި ކިޑްނީ ބަދަލުކުރުމުގެ ހިދުމަތް ފަށަނީ