Roadha Mihaaru
އިންޑިއާ އިން އައި ފަސް މީހަކު އައިޖީއެމްއެޗުގައި

އިންޑިއާ އިން އައި ފަސް ދިވެއްސަކު އައިޖީއެމްއެޗުގައި ކަރަންޓީން ކޮށްފި

14 އެޕްރީލް 2020

އިންޑިއާގެ ކޮޗިން އާއި ބެންގަލޫރުން މިއަދު ރާއްޖެ އައި 159 ދިވެހިންގެ ތެރެއިން ފަސް މީހުންނަކީ ކިޑްނީގެ ބަލީގެ ފަރުވާ ހޯދާ މީހުން ކަމަށާއި އެ މީހުން އައިޖީއެމްއެޗުގެ ވަކި ސަރަހައްދެއްގައި ކަރަންޓީން ކޮށްފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

އިންޑިއާގެ ކޮޗިން އާއި ބެންގަލޫރުން މިއަދު ރާއްޖެ އައި 159 ދިވެހިންގެ ތެރެއިން ފަސް މީހުންނަކީ ކިޑްނީގެ ބަލީގެ ފަރުވާ ހޯދާ މީހުން ކަމަށާއި އެ މީހުން އައިޖީއެމްއެޗުގެ ވަކި ސަރަހައްދެއްގައި ކަރަންޓީން ކޮށްފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އޭގެ ތެރެއިން ތިން މީހަކު ކޮންމެ ދުވަހެއްގައި ޑަޔަލިސިސް ހަދަންޖެހޭ ކަމަށެވެ. މި ފަސް މީހުންނާ އެކު ދެ ކުޑަކުދިން ވެސް ހިމެނޭ ކަމަށާއި އެ އިން ކޮންމެ ކުއްޖަކާ އެކު ދެ ބެލެނިވެރިން ވެސް އައިޖީއެމްއެޗުގެ ޚާއްސަ ސަރަހައްދުގައި ބައިތިއްބާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"އެހެންވީމާ ޖުމްލަ ނުވަ މީހަކު އެ ތާނގައި އެބަތިބި،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރުން އަންނަ ހުރިހާ ދިވެހިން 14 ދުވަސް ވަންދެން ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ނަމަވެސް އިންޑިއާ އާއި ސްރީ ލަންކާ އިން އަންނަ މީހުންގެ ތެރޭގައި ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުން ހިމެނޭއިރު، ކަރަންޓީން ފެސިލިޓީތަކަކީ ފަރުވާ ދިނުމަށް ޚާއްސަ ތަންތަނެއް ނޫނެވެ.

މިއަދު ބެންގަލޫރާއި ކޮޗިން އިން އައި މީހުންނަކީ އާސަންދަ އާއި އެންސްޕާގެ އެހީތެރިކަމުގައި ބޭސްކުރަމުން ދިޔަ މީހުންނެވެ.

އެންއީއޯސީން ރޭ ބޭއްވި މީޑިއަ ބްރީފިންގައި ބުނެފައި ވަނީ ކޮންމެހެން ރާއްޖެ އަންނަންޖެހޭ މީހުން މި ދުވަސްވަރު ނައުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ޚާއްސަކޮށް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ރާއްޖެ އައުމުގެ ކުރިން ޑޮކްޓަރުންނާ މަޝްވަރާ ކުރުމަށް ވެސް އެދިފައި ވެ އެވެ.