Roadha Mihaaru
އޮފީސް ނުހުޅުވައި އެޕަލް އަށް ކެތެއް ނުވި

އޮފީސް ނުހުޅުވައި އެޕަލް އަށް ކެތެއް ނުވި

15 ޖޫން 2020

އެޕަލްގެ މައި އިދާރާ ޕާކް ކޯޕަރޭޓް ކޭމްޕަސް މިއަދު ހުޅުވަނީ އެވެ. އެކަމަކު ފާޑުކިޔަން ފެށުމުން އެ މީހުން ވަނީ މިއީ މުޅިން ހުޅުވަނީ ނޫން ކަމަށް ބުނެފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލްގެ މައި އިދާރާ ޕާކް ކޯޕަރޭޓް ކޭމްޕަސް މިއަދު ހުޅުވަނީ އެވެ. އެކަމަކު ފާޑުކިޔަން ފެށުމުން އެ މީހުން ވަނީ މިއީ މުޅިން ހުޅުވަނީ ނޫން ކަމަށް ބުނެފަ އެވެ.

ބްލޫމްބާގް ބުނީ އެއީ ފުރަތަމަ ފިޔަވަހި ކަމަށެވެ. ފުރަތަމަ ފިޔަވަހީގައި މާ ބޮޑު މަސައްކަތެއް ނުކުރާނެ ކަމަށްވެ އެވެ.

ދުނިޔެ އަށް މަޝްހޫރު ބާރުގަދަ ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރެއިން، އެންމެ އަވަހަށް އޮފީސް ހުޅުވަން އުޅޭ ބަޔަކީ އެޕަލް އެވެ. ކޮރޯނާވައިރަހާ ހެދި މަސައްކަތްތައް މަޑުޖައްސާލުމަށް ފަހު، އެންމެން އަވަހަށް އާދައިގެ ހާލަތަށް ރުޖޫއަވާން މަސައްކަތްކުރަނީ ވެސް އެޕަލް އެވެ.

އެޕަލް އިން ކޯޕަރޭޓް ކޭމްޕަސް ހުޅުވާލި ނަމަވެސް، ގައިދުރުކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް ބުންޏެވެ. އަދި ކޮންމެހެން ނުކުންނަށް މަޖުބޫރު މުވައްޒަފުން ނޫން އެހެން މީހުން އޮފިހަށް ނުނިކުންނާނެ ކަމަށާއި އޮފީހަށް ނުކުންނަ މީހުން ވެސް ހަރުކަށި އުސޫލުތަކަކަށް ތަބާވާނެ ކަމަށް ބުނެފައިވެ އެވެ.

ގޫގުލް އިން ބުނީ އޮފީހާ ދިމާ އަށް ބަލާލާނީ ވެސް ޖުލައި މަހު ކަމަށެވެ. އެންމެ އިސްކަން ދޭނީ މުވައްޒަފުގެ ސިއްހަތަށް ކަމަށާއި، އޮފީހަށް ނުކުންނަން ޖެހޭ މީހުން ކަނޑައަޅާނީ ޖުލައި މަހުގެ ހާލަތަށް ބަލާފައި ކަމަށް ވެސް ބުންޏެވެ.

ފޭސްބުކުން ބުނީ އެ ކުންފުނީގެ 50 ޕަސެންޓް މުވައްޒަފުން ދެން ދުވަހަކު ވެސް އޮފީހަކަށް ނުކުންނަން ނުޖެހޭނެ ކަމަށެވެ. މަސައްކަތްކުރާނީ އެ މީހަކު ދިރިއުޅޭ ތަނަކުން، ގެއިން ކަމަށެވެ. އޮފީހަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް ވަރަށް ބޮޑު ލުއިދޭނެ ކަމަށެވެ.