Roadha Mihaaru
އެޕަލްގެ އަހަރީ ކޮންފަރެންސް އޮންލައިންކުރަނީ

ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް 2020: އޮންލައިން ހަފުލާއަކަށް ބަދަލުކޮށްފި

15 މާޗް 2020

ޓެކްނޮލޮޖީ ސިނާއަތުގައި ބާރުގަދަ ކުންފުނިތަކުން، މުޅި އަހަރަށް ބަހާލައިގެން ބޭއްވުމަށް ތާވަލުކޮށްފައި ހުރި ހަފުލާތަކަށް ބޮޑެތި ބަދަލުތަކެއް އެބަ ގެނެ އެވެ. އެޕަލް އިން ކޮޮންމެ އަހަރަކު ބާއްވާ "ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް"، އޮންލައިން ހަފުލާއެއް ގޮތުގައި، މި އަހަރު ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ. އެއީ ކޮވިޑް-19ގެ ބިރުވެރިކަމާ ހެދި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލް އިން، ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް 2020، އޮންލައިންކޮށް ބޭއްވުމަށް ނިންމުމުގެ ކުރިން، ގޫގުލް، ފޭސްބުކް އަދި މައިކްރޮސޮފްޓް އިން ވެސް ހަމަ މި ގޮތަށް އަމަލުކުރަން ނިންމާފަ އެވެ. މީހުން އެއްތަނަކަށް ޖަމާކޮށްގެން ބާއްވަން ކަނޑައަޅާފައި ހުރި ސަމިޓްތައް އަދި ވޯކްޝޮޕްތައް ވަނީ އޮންލައިންކުރަން ނިންމައިފަ އެވެ.

އެޕަލް އިން ކޮންމެ އަހަރަކު ބާއްވާ ޑިވެލޮޕާސް ކޮންފަރެންސާ ގުޅިގެން، ކޮންފަރެންސް ހިނގައިދާ ސަރަހައްދު ވިޔަފާރި ނާރެހަކަށް ބަދަލުވެ އެވެ. ހޮޓާ، ރެސްޓޯރަންޓް އަދި ދަރުތުރުފަތުރުތައް ރާވައި ހިންގާ މީހުންނަށް މާލީ ތަނަވަސްކަން އިތުރުވެ ދެ އެވެ. އެހެން ނަމަވެސް، މި އަހަރު ކޮންފަރެންސް އޮންލައިންކޮށް ބާއްވާ ގޮތަށް ހަމަޖެއްސުމުން، ވިޔަފާރިވެރިންނަށް ލިބިދާނެ ގެއްލުތައް ފޫބެއްދުމަށް އެއް މިލިއަން ޑޮލަރު ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް އަކީ ދުނިޔެ އަށް މުޅިން އާ ޓެކްނޮލޮޖީ އުފަންކޮށް، އަތްލައި ތަޖުރިބާކުރަން ލިބޭ ފުރުސަތެކެވެ. މިއީ އެޕަލް އަށް ޚާއްސަ ހަފުލާއެއް ނަމަވެސް، އެޕަލްއާ މެދު ޓެކްނޮލޮޖީ ސިނާއަތު ދެކެނީ އާ އުފެއްދުންތަކަށް ކުޅަދާނަ ކުންފުންޏެއް ގޮތުގަ އެވެ.