13 ޖޫން 2020
އިންކަމް ޓެކްސްގެ ގޮތުގައި އަހަރުގެ މިހާތަނަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
އިންކަމް ޓެކްސްގެ ގޮތުގައި އަހަރުގެ މިހާތަނަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާ އިން އާންމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން މި އަހަރު ޖެނުއަރީ މަހުން ފެށިގެން މެއި މަހަށް ލިބުނު އިންކަމް ޓެކްސް، މިދިޔަ އަހަށް ވުރެ 93 މިލިއަނެއްހާ ރުފިޔާ މަދެވެ. މީގެ އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ވިޔަފާރިތަކަށާއި އާންމުންގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ މާލީ ހީނަރުކަމެވެ.
މިދިޔަ މެއި މަހު އިންކަމް ޓެކުހުގެ ގޮތުގައި މީރާއަށް ލިބުނީ 19.9 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހު ލިބުނު ވަރަށްވުރެ 99 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
އިންކަމް ޓެކްސްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ވިޔަފާރިތަކުގެ ފައިދާ އާއި އާންމު ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް އާއި ބޭންކްތަކުގެ ފައިދާއިން ނަގާ ޓެކްސް އެވެ. އެގޮތުން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ވިޔަފާރި ފައިދާއިންނެވެ. ވިޔަފާރި ފައިދާއިން 927 މިލިއަން ރުފިޔާ ލިބުނު އިރު އާންމު ފަރުދުންގެ އަތުން ދެ މިލިއަން ރުފިޔާ މި އަހަރުގެ މިހާތަނަށް ލިބިފައިވެ އެވެ.
މެއި މަހު ދައުލަތަށް ލިބުނު އާމްދަނީން 81 ޕަސެންޓަށް ވަނީ ދަށްވެފަ އެވެ. މިއަހަރު ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 8.9 ބިލިއަން ރުފިޔާ އެވެ. އެއީ މިއަހަރު ލިބޭނެ ކަމަށް ކުރިން ލަފާ ކުރި އާމްދަނީގެ 48 ޕަސެންޓެވެ. މިއަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 17.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
އިންކަމް ޓެކްސް ޑޮލަރުން ދައްކަންޖެހޭ ގޮތަށް ހަދައިފި
ހަތް މަހުން ޓެކްސްއަށް 15 ބިލިއަން ރުފިޔާ
ކުލި/ޓެކްސް ނުދައްކާ މީހުން "ފިލިޔަ" ދީގެން ނުވާނެ!
މީރާއަށް ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް
ލަފާކުރި ވަރަށް ވުރެ މިދިޔަ މަހުގެ އާމްދަނީ އިތުރު
ޓެކްސް ނުދެއްކުމުން އެކައުންޓް ފްރީޒްކުރާ ގޮތަށް ބަދަލު
ލުއިކުރި ޓެކްސްގައި ތާށިވެފައި، ފިޔަވަޅު ވަރުގަދަކުރަނީ
ގޯއެއާގެ މައްޗަށް 3.5 މިލިއަން ޑޮލަރުގެ ހުކުމެއް
އިންކަމްޓެކްސް ނުދައްކާ ބޮޑެތި ކުންފުނިތަކެއް!