13 ޖޫން 2020
ބާސެލޯނާ (ޖޫން 13) – ބޮޑު މެދުކެނޑުމަކަށް ފަހު ފަށާފައިވާ ސްޕެނިޝް ލީގުގައި ގަދަފަދަ ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި މިރޭ މަޔޯކާއާ ދެކޮޅަށް ކުޅެން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ފިޓްވެއްޖެ އެވެ.
ބާސެލޯނާ (ޖޫން 13) – ބޮޑު މެދުކެނޑުމަކަށް ފަހު ފަށާފައިވާ ސްޕެނިޝް ލީގުގައި ގަދަފަދަ ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި މިރޭ މަޔޯކާއާ ދެކޮޅަށް ކުޅެން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ފިޓްވެއްޖެ އެވެ.
މެސީގެ ފަޔަށް މިދިޔަ ހަފުތާގައި އަނިޔާވުމުން އޭނާ އަށް މި މެޗުގައި ނުކުޅެވިދާނެ ކަމަށް ބެލެވުނެވެ. އެކަމަކު އޭނާ ވަނީ ފަހުން ޓީމާ އެކު ރަނގަޅަށް ޕްރެކްޓިސްކޮށްފަ އެވެ. މި އަހަރުގެ ކުރީކޮޅު ކަކުލުގެ އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދިޔަ ސުއަރޭޒަށް މި ސީޒަނުގައި ނުކުޅެވޭނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ސީޒަން މެދުކަނޑާލައި ދިގުލައިގެން ދިއުމާ އެކު ސުއަރޭޒަށް ފިޓްވާން ވަގުތު ލިބުނީ އެވެ.
ބާސެލޯނާގެ ކޯޗު ކުއިކީ ސެޓިއެން ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މެސީ ހުރީ ކުޅެން ތައްޔާރުވެފައި ކަމަށާއި އޭނާގެ ހާލަތު ބަރާބަރު ކަމަށެވެ.
"އޭނާ ރަނގަޅަށް ތަމްރީންތައް ހެދި. އެއްވެސް މައްސަލައެއް ނެތް،" ތާވަލުގެ ފުލުން ތިން ވަނައިގައި އޮތް ޓީމާ ދެކޮޅަށް ނުކުތުމުގެ ކުރިން ސެޓިއެން ބުންޏެވެ.
ސެޓިއެން ބުނީ ސުއަރޭޒް ފުރަތަމަ އެގާރައިގައި ހިމެނިދާނެ ކަމަށާއި އެކަމަކު ފުރިހަމަ 90 މިނެޓު ނުކުޅެވިދާނެ ކަމަށެވެ. އަދި ފަސް މަސް ދުވަހު އަނިޔާގައި ހުރެފައި އައި ކުޅުންތެރިޔަކު ރިސްކުގެ ތެރެއަށް ނުލާނެ ކަމަށާއި ކުރީގެ ފެންވަރަށް އެނބުރި ދިއުމަށް އޭނާ އަށް މެޗުތަކެއް ބޭނުންވާނެ ކަމަށް ސެޓިއެން ބުންޏެވެ.
ގާތްގަނޑަކަށް ތިން މަހަށް ފަހު އަލުން ލީގު ފަށާއިރު ބާސެލޯނާ ތާވަލުގެ އެއް ވަނައިގައި އޮތީ 27 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ 27 މެޗުން 56 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ. އަދި ތިން ވަނައިގައި 28 މެޗުން 50 ޕޮއިންޓާ އޮތީ، ބުރާސްފަތި ދުވަހުގެރޭ އަލުން ފަށައިގެން ކުޅުނު ފުރަތަމަ މެޗުން ރެއާލް ބެޓިސް އަތުން 2-0 އިން މޮޅުވި ސެވިއްޔާ އެވެ. ރެއާލުގެ ފުރަތަމަ މެޗުގައި މާދަމާރޭ ރާއްޖެ ގަޑިން 10:30 ގައި ނުކުންނާނީ އެއިބާއާ ދެކޮޅަށެވެ. މިރޭގެ ބާސެލޯނާގެ މެޗު ފަށާނީ ރާއްޖެ ގަޑިން މެންދަމު 1 ޖަހާއިރެވެ.
ސްޕެނިޝް ލީގުގައި ރޭ ގެޓަފޭ އަތުން 2-1 އިން ގްރަނާޑާ ވަނީ މޮޅުވެފަ އެވެ. އަދި ލެވަންޓޭ އާއި ވެލެންސިއާ 1-1 އެއްވަރުވީ އެވެ.
ލީގުގެ ރޭހުގައި ބާސެލޯނާ އަށް ބޮޑު މޮޅެއް
މެސީ ދެ ގޯލާ އެކު ބާސެލޯނާ އިން އެލްޗޭ ބަލިކޮށްފި
ޕެލޭގެ ރެކޯޑް މެސީ މުގުރާލައިފި
ޕެލޭގެ ރެކޯޑާ މެސީ ހަމަކޮށްފި
މެސީ، ނެވެލްސްގެ ޖާޒީގައި މަރަޑޯނާއަށް އިހުތިރާމްކޮށްފި
މެސީގެ ހާލަތާ ހެދި ސުއަރޭޒަށް އަސަރުކޮށްފި
ބާސާ މޮޅުވިއިރު، ސުއަރޭޒް އެތުލެޓިކޯގައި ވިދާލައިފި
ސުއަރޭޒަށް ބާސާއިން ހެދި ގޮތުން މެސީ ހިތްހަމަނުޖެހިފައި
މެސީ ނެތަސް ލީގުގެ ހައިބަތު ކުޑަނުވާނެ: ލަލީގާ ރައީސް
މެސީ ދިއުމުން ލީގުގެ ހައިބަތު ކުޑަވާނެ: މޮޑްރިޗް