28 ސެޕްޓެމްބަރ 2020
މެޑްރިޑް (ސެޕްޓެމްބަރު 28) - ސްޕެނިޝް ލީގުގައި ރޭ އާ ކޯޗު ރޮނާލްޑް ކޫމަންގެ ފުރަތަމަ މެޗުން ބާސެލޯނާ 4-0 އިން ވިޔަރެއާލް އަތުން ބޮޑު މޮޅެއް ހޯދިއިރު، ލުއިސް ސުއަރޭޒްގެ ދެ ގޯލާ އެކު އެތުލެޓިކޯ މެޑްރިޑުން 6-1 އިން ގްރަނާޑާ ބަލިކޮށްފި އެވެ.
މެޑްރިޑް (ސެޕްޓެމްބަރު 28) - ސްޕެނިޝް ލީގުގައި ރޭ އާ ކޯޗު ރޮނާލްޑް ކޫމަންގެ ފުރަތަމަ މެޗުން ބާސެލޯނާ 4-0 އިން ވިޔަރެއާލް އަތުން ބޮޑު މޮޅެއް ހޯދިއިރު، ލުއިސް ސުއަރޭޒްގެ ދެ ގޯލާ އެކު އެތުލެޓިކޯ މެޑްރިޑުން 6-1 އިން ގްރަނާޑާ ބަލިކޮށްފި އެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ދެ ގޯލު ޖެހީ އުމުރުން 17 އަހަރުގެ އަންސޫ ފާޓީ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕެނަލްޓީ އަކުން ލިއޮނަލް މެސީ ބާސެލޯނާ އަށް ތިން ވަނަ ލަނޑެއް ޖަހައިދިންއިރު، ބާސެލޯނާގެ ފަހު ގޯލަކީ ވިޔަރެއާލްގެ ސްޕެއިން ޑިފެންޑަރު ޕައު ޓޮރޭޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މިިދިޔަ ސީޒަނުގައި ބާސެލޯނާ އިން ލޯން އެއްބަސްވުމަކަށް ގޮސް ބަޔާން މިއުނިކުގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. ދެ ވަނަ ހާފްގައި ކުޓީނިއޯގެ ބަދަލުގައި ފްރާންސްގެ ވިންގް އޮސްމާނޭ ޑެމްބެލޭ ވަނީ ކުޅެން އަރައިފަ އެވެ.
މިއީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށްލަން ނިންމައި ފަހުން އެ ނިންމުން ބަަދަލުކޮށް ޓީމުގައި މަޑުކުރަން ނިންމި ފަހުން ރަސްމީ މެޗެއްގައި މެސީ ކުޅުނު ފުރަތަމަ ފަހަރެވެ. ރޭގެ މެޗަށް ފަހު ކޫމަން ބުނީ މެސީގެ ފަރާތުން ހުރިހާ ވަގުތެއްގައި ވެސް ފެނުނީ ޕްރޮފެޝަނަލް އުސޫލު ކަމަށެވެ.
"މެސީގެ އެއްވެސް ކަންބޮޑުވުމެއް ހުރިހެން އަހަންނަށް ހިއެއްނުވޭ. މި ކްލަބް ޖޯޒީގައި އޭނާ އަބަދުވެސް ހުންނާނީ އުފަލުން. މި މެޗުގައި ވެސް އޭނަ އެ ދެއްކީ ޕްރޮފެޝަނަލް މޮޅު ކުޅުމެއް،" ކޫމަން ބުންޏެވެ.
ރޭގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ސުއަރޭޒް ވަނީ މޮޅު ކުޅުމެއް ދައްކައިފައި. -- ފޮޓޯ: އޭއެފްޕީ
ރޭގެ މެޗުގައި މެސީ ޖެހި ގޯލާ އެކު އޭނާ ވަނީ ސްޕެނިޝް ލީގުގެ 17 ސީޒަނުގައި ޖެހިޖެހިގެން ލަނޑު ޖަހައި އެކަން ހާސިލްކުރި ހަތަރު ވަނަ ކުޅުންތެރިޔާ އަށް ވެފަ އެވެ. މި ވަގުތު ކުޅެމުން އައި ކުޅުންތެރިންގެ ތެރެއިން ދެން އެ ރެކޯޑް އޮތީ ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަތުގަ އެވެ.
ހަތް މިލިއަން ޑޮލަރަށް ބާސެލޯނާ ދޫކޮށް އެތުލެޓިކޯއާ ގުޅުނު ސުއަރޭޒް ރޭގެ މެޗުގައި ކުޅެން އެރީ ފަހު 20 މިނިޓަށެވެ. އޭނާ ވަނީ ދެ ގޯލު ޖަހައި އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެތުލެޓިކޯގެ އަނެއް ހަތަރު ގޯލު ޖެހީ މާކޯސް ލޮރެންޓޭ، ޑިއޭގޯ ކޮސްޓާ، އެންހެލް ކޮރޭއާ އަދި ޔާއޯ ފެލިކްސް އެވެ. ގްރަނާޑާގެ ހަމައެކަނި ގޯލު ޖެހީ ޖޯޖް މޮލީނާ އެވެ.
ސުއަރޭޒަކީ އެތުލެޓިކޯގެ ތާރީހުގައި ފުރަތަމަ މެޗުގައި ދެ ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. އަދި ލަލީގާގެ ތާރީހުގައި މިދިޔަ 20 އަހަރު ތެރޭ ފުރަތަމަ މެޗުގައި ދެ ލަނޑު ޖަހައި ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
މެޗަށް ފަހު ސުއަރޭޒް ބުނީ އެތުލެޓިކޯ އިން އޭނާ ބަަލައިގަތީ ވަރަށް ފުރިހަމަކޮށް ކަމަށާއި އެހެންވެ އެ ކްލަބަށް ކާމިޔާބު ހޯދައިދޭން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ބާސާ ފަހަތަށް ފުރޮޅާލައިފި، ޖިރޯނާ އަށް ލީޑް
އެތުލެޓިކޯ ލީޑު ދެމެހެއްޓިއިރު، ބާސެލޯނާ ދެ ވަނަ އަށް
އެތުލެޓިކޯ ލީޑު ދަމަހައްޓައިފި، ބާސެލޯނާ އަށް މޮޅެއް
އެތުލެޓިކޯ އެއްވަރުވިއިރު ސުއަރޭޒަށް ރެކޯޑެއް
ސުއަރޭޒްގެ ދެ ގޯލުން އެތުލެޓިކޯ ލީޑު ފުޅާކޮށްފި
އެތުލެޓިކޯ ލީޑުފުޅާކޮށްފި، ބާސެލޯނާ ތިން ވަނަ އަށް
ފަހު ވަގުތުގެ ގޯލުން އެތުލެޓިކޯ އަލުން އެއް ވަނަ އަށް
ރެއާލް އެއްވަރު، އެތުލެޓިކޯ އަތުން ބާސެލޯނާ ބަލިވެއްޖެ
އެތުލެޓިކޯ ކުރިއަށް، މެސީ އަރައި ބާސާ މޮޅުކޮށްދީފި
ބާސެލޯނާއިން ކަންތައް ކުރިގޮތުން ސުއަރޭޒަށް ރޮވުނު