14 ފެބުރުއަރީ 2021
މެޑްރިޑް (ފެބްރުއަރީ 14) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑުން 2-1 އިން ގްރަނާޑާ ބަލިކޮށް އެއް ވަނައިގައި ލީޑު ދެމެހެއްޓިއިރު، ޑިޕޯޓިވޯ އަލަވޭސް އަތުން 5-1 އިން ހޯދި ބޮޑު މޮޅާ އެކު ބާސެލޯނާ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
މެޑްރިޑް (ފެބްރުއަރީ 14) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑުން 2-1 އިން ގްރަނާޑާ ބަލިކޮށް އެއް ވަނައިގައި ލީޑު ދެމެހެއްޓިއިރު، ޑިޕޯޓިވޯ އަލަވޭސް އަތުން 5-1 އިން ހޯދި ބޮޑު މޮޅާ އެކު ބާސެލޯނާ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
އެތުލެޓިކޯ އެއް ވަނައިގައި އޮތީ 21 މެޗުން 54 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އާއި ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 22 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. ބާސެލޯނާ އަށް ކުރިލިބެނީ ލަނޑުގެ ތަފާތުންނެވެ.
ދެ ވަނަ ހާފުގައި މާކޯސް ލޮރެންޓޭ އެތުލެޓިކޯ އަށް ލީޑުނަގައިދިނެވެ. އޭގެ ތިން މިނިޓް ފަހުން ގްރަނާޑާ އަށް އެއްވަރުކޮށްދިނީ ޔަންގެލް ހެރޭރާ އެވެ. މެޗު ނިމެން 15 މިނިޓަށް ވެފައި ވަނިކޮށް އެތުލެޓިކޯ މޮޅުކޮށްދިން ލަނޑު ޖެހީ ހެކްޓަ ހެރޭރާ އެވެ.
އަލަވޭސް ކޮޅަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ޕޯޗުގީސް ޒުވާން ތަރި ފްރާންސިސްކޯ ޓްރިންކާއޯ ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ޖެހީ ޖޫނިއޯ ފާޕޯ އެވެ. ރޭގެ މެޗަކީ މެސީ ބާސެލޯނާ އަށް ލީގުގައި ކުޅެދިން 505 ވަނަ މެޗެވެ. މިއާ އެކު އޭނާ ވަނީ ކުރީގެ އެއް ވަނަ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒްގެ ރެކޯޑާ ހަަމަކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ބޮޑު މެޗުގެ ކުރިން މެސީ ރަނގަޅު ފޯމެއްގައި ހުރުމަކީ ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން އަށް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ. އޭނާ ބުނީ ދުނިޔޭގެެ އެންމެ މޮޅު ކުޅުންތެރިޔާގެ ފޯމު ރަނގަޅު ވުމަކީ ކޮންމެ ޓީމެއްގެ ވެސް ކޮންފިޑެންސް ރަނގަޅުވާނެ ކަމެއް ކަމަށެވެ.
ބާސާ ފަހަތަށް ފުރޮޅާލައިފި، ޖިރޯނާ އަށް ލީޑް
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ދަރިފުޅަށް ވީތީ އިސްކަމެއް ނުދެން: ސިމިއޯނީ
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް
ފެލިކްސް އުފާފާޅުކުރުމުން އެތުލެޓިކޯގެ ސަޕޯޓަރުން ރަތަށް
އެއްވަނައިގައި ރެއާލް އާއި ބާސާ އެއް ނޫން، ޖިރޯނާ
ބާސާ ބަލިވެއްޖެ، އެތުލެޓިކޯ އިން ރެއާލްއާ ގާތަށް
ރެއާލް އެއްވަރުވެ ބާސެލޯނާއާ ދެމެދު ފަރަގު ބޮޑުވެއްޖެ
ބާސާއަށް ލީޑް، ޓޯރޭޒް އާއި ސަވިޗަށް ރަތް ކާޑް