Roadha Mihaaru
އޯޑަރުކުރީ ލޯޝަނަށް، ލިބުނީ ހެޑްސެޓެއް

އޯޑަރުކުރީ ލޯޝަނަށް، ލިބުނީ ހެޑްސެޓެއް

14 ޖޫން 2020

އޮންލައިންކޮށް އޯޑަރުކުރާ އެއްޗެހީގެ ބަދަލުގައި މުޅިން އެހެން އެއްޗެއް ލިބުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮންލައިންކޮށް އޯޑަރުކުރާ އެއްޗެހީގެ ބަދަލުގައި މުޅިން އެހެން އެއްޗެއް ލިބުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ.

މި ފަހަރު އިންޑިއާ މީހަކު 300 ރުޕީސްގެ ލޯޝަނަށް އޯޑަރުކުރުމުން ލިބުނީ 19،000 ރުޕީސްގެ ބޯސް މަރުކާގެ ވަޔަލެސް ހެޑްފޯނެކެވެ. މި ވާހަކަ ސޮފްޓްވެއާ އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރާ ގޯތަމް ރެގީ ޓްވިޓާގައި ފޮޓޯއާ އެކު ހިއްސާކުރުމުން އެމެޒޯނަށް ވަރަށް ގިނަ ބަޔަކު ޖޯކް ޖަހާފައިވެ އެވެ.

އިންޑިއާ އަކީ އެމެޒޯންގެ އޮންލައިން ވިޔަފާރި އެންމެ ފުޅާ އެއް ގައުމެވެ.

ގޯތަމް ބުނިގޮތުގައި އޭނާ އޯޑަރުކުރި ލޯޝަންގެ ބަދަލުގައި ހެޑްސެޓެއް ފޮނުވުމަށް ފަހު، އެމެޒޯން އިންޑިއާ އިން ވަނީ ލޯޝަނަށް ދެއްކި 300 ރުޕީސް ރިފަންޑް ވެސް ކޮށް ދީފަ އެވެ. އަދި ހެޑްފޯން އަނބުރާ ރައްދުނުކުރެވޭނެ ކަމަށް ވެސް އެމެޒޯން އިންޑިއާ އިން އަންގާފައިވާ ކަމަށް ބުންޏެވެ.