Roadha Mihaaru
ކެޓްރީނާގެ ކައިވެނި ހަފުލާގެ ފުޓޭޖް ވިއްކައެއްނުލާ

ކެޓްރީނާގެ ކައިވެނި ހަފުލާގެ ފުޓޭޖް އެމެޒޯން އަށް ވިއްކައެއްނުލާ

11 ޑިސެމްބަރ 2021

ބުރާސްފަތި ދުވަހު ބޭއްވި ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފާއި ބަތަލު ވިކީ ކޯޝަލްގެ ކައިވެނީގެ ހަފުލާގެ ވީޑިއޯ ފުޓޭޖްގެ ރައިޓްސް އެމެޒޯމް ޕްރައިމަށް ވީޑިއޯ އަށް ވިއްކާލި ކަމަށް ބުނާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބުރާސްފަތި ދުވަހު ބޭއްވި ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފާއި ބަތަލު ވިކީ ކޯޝަލްގެ ކައިވެނީގެ ހަފުލާގެ ވީޑިއޯ ފުޓޭޖްގެ ރައިޓްސް އެމެޒޯމް ޕްރައިމަށް ވީޑިއޯ އަށް ވިއްކާލި ކަމަށް ބުނާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަޝްހޫރު ބައެއް ބޮޑެތި ސްޓްރީމިން ޕްލެޓްފޯމްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރަން ފެށުމުން އެމެޒޯން ޕްރައިމަށް ޕުޓޭޖްގެ ރައިޓްސް ވިއްކާލީ 80 ކްރޯޑް ރުޕީސް (10.57 މިލިއަން ޑޮލަރު) އެވެ. ކުރިން ބައެއް މީޑިއާތަކުން ބުނެފައި ވަނީ ރައިޓްސް ހޯދަން 100 ކްރޯޑް ވެސް ހުށަހެޅި ކަމަށެވެ.

އެމެޒޯންގެ އިންޑިއާގެ އޮފިޝަލަކު ބުނީ ކެޓްރީނާ އާއި ވިކީގެ ކައިވެނި ހަފުލާގެ ފުޓޭޖް އެ ޕްލެޓްފޯމަށް ވިއްކާލި ކަމަށް ބުނާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެއީ ބަޔަކު އެރުވި އަޑެއް ކަމަށެވެ.

ކެޓްރީނާ އަކީ އަބަދުވެސް އޭނާގެ ޒާތީ ކަންކަން މީޑިއާތަކަށް ހާމަނުކުރާ ބަތަލާއަކަށް ވާތީ ކުރިން ވެސް ބެލެވިފައި އޮތީ އޭނަގެ ކައިވެނި ހަފުލާގެ ފުޓޭޖް އެއްވެސް ބަޔަކަށް ނުދިނުމަށެވެ. އެކަމަކު އެކަމަށް ބައެއް ސްޓްރީމުން ޕްލެޓްފޯމްތަކުން ޝައުގުވެރިކަން ފާޅުކުރި ވާހަކަ އަކީ ހަގީގަތެއް ކަމަށް ކެޓްރީނާ އާއި ވިކީގެ ގާތް ބަޔަކު ބުނެފައިވެ އެވެ

ދެ ތަރިންގެ ކައިވެނީގެ ހަފުލާ ބުރާސްފަތި ދުވަހު ވަރަށް ކުލަގަދަކޮށް ބޭއްވީ ރާޖަސްތާންގެ ރިސޯޓެއް ކަމަށްވާ ސިކްސް ސެންސެސް ފޯޓް ބަރުވާރާގަ އެވެ.