Roadha Mihaaru
ނަމްބަރު ޕްލޭޓެއްގެ މައްސަލައިގައި ވިކީ ޕޮލިހަށް

ސައިކަލު ނަމްބަރު ޕްލޭޓެއްގެ މައްސަލައިގައި ވިކީ ޕޮލިހަށް

03 ޖެނުއަރީ 2022

ފިލްމެއްގައި ޝޫޓިންގައި ބޮލީވުޑްގެ އެކްޓަރު ވިކީ ކޯޝަލް ބޭނުންކުރި ސައިކަލެއްގެ ނަމްބަރު ޕްލޭޓަކީ ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ އެއްޗެއް ކަމަށް ބުނެ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމެއްގައި ޝޫޓިންގައި ބޮލީވުޑްގެ އެކްޓަރު ވިކީ ކޯޝަލް ބޭނުންކުރި ސައިކަލެއްގެ ނަމްބަރު ޕްލޭޓަކީ ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ އެއްޗެއް ކަމަށް ބުނެ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފި އެވެ.

ވިކީ އާއި ސާރާ އަލީ ޚާން އެކީގައި ކުޅޭ މި ފިލްމުގެ ޝޫޓިންގެ ތެރެއިން ދެ ތަރިން ސައިކަލް ދުއްވާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅި މީހާ ބުނީ ވިކީ އާއި ސާރާ ދުއްވާ ތަން ފެންނަ ސައިކަލުގައި ޖަހާފައި އިނީ އޭނާގެ އަމިއްލަ ސައިކަލުގެ ނަމްބަރު ކަމަށާއި އެފަދަ ގޮތަކަށް އެކަން ހިނގައި ދިޔައީ ކިހިނެއްކަން ނޭނގޭ ކަމަށެވެ.

އެހެންވެ، ވެހިކަލެއްގެ ނަމްބަރު ޕްލޭޓް ބޭނުންކޮށްފައި ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ބަލައިދޭން އޭނާ ވަނީ ހުށަހަޅައިފަ އެވެ. މި މައްސަލަ އިންޑިއާގެ އިންދޯރު ސިޓީގެ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

"މީހެއްގެ ހުއްދަ ނެތި އެ މީހެއްގެ އުޅަނދެއްގެ ނަމްބަރު ޕްލޭޓެއް އެހެން ބަޔަކަށް ބޭނުމެއް ވެސް ކުރެވިގެން ނުވާނެ." އެމީހާ ބުންޏެވެ.

އިންދޯރުގައި ޝޫޓްކުރާ ވިކީ އާއި ސާރާގެ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު މި ފިލްމަކީ މިދިޔަ އަހަރު "މިމީ" ގެނެސްދިން ލަކްޝްމަން އުތޭކަރު ޑައިރެކްޓްކޮށް، ދިނޭޝް ވިޖަން ޕްރޮޑިއުސްކުރާ ފިލްމެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.

ކައިވެންޏަށް ފަހު ވިކީ ފިލްމީ މަސައްކަތްތަކަށް ފެށި އިރު، އޭނާ އާއި ކެޓްރީނާ ކައިފް ކައިވެނިކުރީ މިދިޔަ މަހުގެ 9 ގަ އެވެ.