Roadha Mihaaru
ފަވާދާއި ކެޓްރީނާގެ "ރާތު ބާކީ" އަށް އެހެން ކާސްޓެއް

ފަވާދާއި ކެޓްރީނާގެ "ރާތު ބާކީ" އަށް އެހެން ކާސްޓެއް

17 ޖުލައި 2021

ޕާކިސްތާންގެ އެކްޓަރު ފަވާދު ޚާނާއި ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ހިމަނައިގެން މީގެ ފަސް އަހަރު ކުރިން ޑައިރެކްޓަރު އަދިތިޔާ ދާރް ހަދަން އިއުލާންކުރި ފިލްމު "ރާތު ބާކީ" ތަފާތު ކާސްޓަކާ އެކު ގެނެސްދޭން އަމާޒު ހިފައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕާކިސްތާންގެ އެކްޓަރު ފަވާދު ޚާނާއި ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ހިމަނައިގެން މީގެ ފަސް އަހަރު ކުރިން ޑައިރެކްޓަރު އަދިތިޔާ ދާރް ހަދަން އިއުލާންކުރި ފިލްމު "ރާތު ބާކީ" ތަފާތު ކާސްޓަކާ އެކު ގެނެސްދޭން އަމާޒު ހިފައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ފިލްމުގެ ލީޑް ކާސްޓަށް މިހާރު ނަގާފައި ވަނީ އަދިތިޔާގެ އަންހެނުން ޔާމީ ގޯތަމާއި ވެބް ސީރީޒް "ސްކޭމް 1992" އިން މަޝްހޫރުކަން ހޯދި ޕްރަތީކް ގާންދީ އެވެ. މީޑިއާތަކުން ބުނިި ގޮތުގައި ޔާމީ އާއި ޕްރަތީކާ "ރާތު ބާކީ" ހަދަން ތައްޔާރީތައް ވަމުން އަންނަ އިރު، ފިލްމު ޕްރޮޑިއުސްކުރާނީ ޔާމީ އާއި ވިކީ ކޯޝަލާ އެކު އަދިތިޔާ 2019 ގައި ގެނެސްދިން ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ވެސް ޕްރޮޑިއުސްކުރި ރޯނީ ސްކްރޫވާލާ އާއި އަދިތިޔާ ގުޅިގެންނެވެ.

ވިކީއާ އެކު އަދިތިޔާ ހަދަން ތައްޔާރުވަމުން އަންނަ ބޮޑު ބަޖެޓް ސުޕަހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" އަކީ ވެސް ރޯނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަދިތިޔާ ލިޔެފައިވާ "ރާތު ބާކީ" އަކީ އޭނާ ހަދަން ވަރަށް ބޮޑަށް ބޭނުންވާ ފިލްމެކެވެ. އެހެންވެ މި ފަހަރު އަންހެނުން ބަތަލާއަކަށް ލައިގެން ފިލްމު ހަދަން ނިންމާފައި އިރު، ޑައިރެކްޝަން ހަވާލުކުރާނީ އެހެން މީހަކާ އެވެ.

ޕްރަތީކް، ޔާމީ، ފަވާދު އަދި ކެޓްރީނާ.

ޕްރަތީކް، ޔާމީ، ފަވާދު އަދި ކެޓްރީނާ.

ޔާމީ އާއި އަދިތިތާ ކައިވެނިކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

"ރާތު ބާކީ" އަށް ކުރިން ނެގި ކާސްޓާ އެކު ފިލްމު ނެހެދުނީ 2016 ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހޫނުވި ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި ޕާކިސްތާންގެ ފަންނާނުން އިންޑިއާ ބޮއިކޮޓްކުރަން ނިންމުމާ ގުޅިގެންނެވެ.

މި މައްސަލަ ދިމާވި އިރު ބޮލީވުޑްގެ ތިން ފިލްމެއް ޕާކިސްތާނުގެ އެންމެ މަޝްހޫރު އެކްޓަރު ފަވާދު ކުޅެފައިވެ އެވެ. އެއީ 2014 ގެ "ޚޫބްސޫރަތު" އާއި 2016 ގެ "ކަޕޫރް އެންޑް ސަންސް" ގެ އިތުރުން ހަމަ އެ އަހަރުގެ "އޭ ދިލް ހެ މުޝްކިލް" އެވެ.