ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ހާން އެނބުރި ބޮލީވުޑަށް އަންނަ ފިލްމުގެ ފަސްޓް ލުކް އިއްޔެ އާންމުކޮށްފި އެވެ.
ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ހާން އެނބުރި ބޮލީވުޑަށް އަންނަ ފިލްމުގެ ފަސްޓް ލުކް އިއްޔެ އާންމުކޮށްފި އެވެ.
ފަވާދު އެނބުރި އަންނަނީ ބޮލީވުޑްގެ އެކްޓްރެސް ވާނީ ކަޕޫރާ އެކު ކުޅޭ ފިލްމަކުންނެވެ.
މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ވެރައިޓީން ވަނީ އެ ފިލްމުގެ ފަސްޓް ލުކް ފޮޓޯއެއް އިއްޔެ އާންމުކޮށްފަ އެވެ. އެ ފޮޓޯއިން ފެންނަނީ ފަވާދުގެ މޭ މަތީގައި ވާނީ ބޯ އަޅާލައިގެން އޮންނަ ތަނެވެ.
އެއީ ރޮމޭންޓިކް ކޮމެޑީ ފިލްމެއް ކަމަށާއި ނަމަކީ "އަބީރް ގުލާލް" ކަމަށް ވެސް ވެރައިޓީން ބުންޏެވެ.
"އަބީރް ގުލާލް" ޑައިރެކްޓުކުރަނީ މިދިޔަ އަހަރު "ޗަލްތީ ރަހޭ ޒިންދަގީ" ކިޔާ ހިންދީ ފިލްމެއް ގެނެސްދިން އާރްތީ އެސް ބަގްދީ އެވެ.
"މި ފިލްމުގައި ދައްކާނީ ހިތާމައަކުން އަރައިގަންނަން ދެމީހަކު އެކަކު އަނެކަކަށް އެހީވުމަށް އުޅުމުގެ ތެރޭގައި ދެމީހުންނަށް ލޯބިވެވުމުން ހިނގާ ކަންތައްތަކެއް،" ޑައިރެކްޓަރު ބުންޏެވެ.
ވެރައިޓީން ބުނީ މި ފިލްމުގެ ޝޫޓިން މި މަހާއި އަންނަ މަހު ކުރިއަށް ގެންދާނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ކަމަށެވެ.
ފަވާދު ވަނީ ކުރިން ވެސް ބޮލީވުޑްގެ ތިން ފިލްމެއް ކުޅެފަ އެވެ. ނަމަވެސް، 2016 ވަނަ އަހަރު ޕާކިސްތާނުގެ އެކްޓަރުން އިންޑިއާގައި މަސައްކަތްކުރުން އިންޑިއާގެ ފިލްމު އެސޯސިއޭޝަނުން މަނާކުރުމުން އޭނާ ބޮލީވުޑްގައި މަސައްކަތްކުރުން ހުއްޓާލީ އެވެ. އެކަމަކު، މުމްބާއީގެ ހައިކޯޓުން މިދިޔަ އަހަރު ވަނީ އެ ނިންމުން ބާތިލުކޮށްފަ އެވެ.
ފަވާދު ކުޅުނު ބޮލީވުޑްގެ ފިލްމުތަކަކީ "ކޫބްސޫރަތު" އާއި "އޭ ދިލްހޭ މުޝްކިލް" އަދި "ކަޕޫރް އެން ސަންސް" އެވެ.
ދިލްޖީތުގެ އާ ފިލްމުގައި ޕާކިސްތާނުގެ ތަރިއެއް
"އޮޕަރޭޝަން ސިންދޫރު" ބޭނުންކުރުމާ ދެކޮޅަށް ކޯޓަށް
ފަވާދު ބޮލީވުޑަށް އެނބުރި އަންނަ ފިލްމު މަނާކޮށްފި
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
ފަވާދާއި ކެޓްރީނާގެ "ރާތު ބާކީ" އަށް އެހެން ކާސްޓެއް
މާހިރާގެ އާ ސިލްސިލާއެއް ހަމް ޓީވީ އަށް
"މެޓްރޯ އިން ދިނޯ" މިއަދު ނެޓްފްލިކްސް އަށް
އަނީތު ސައްޔާރާގެ ލަވަ ކިޔުމުން ސަމާލުކަން ލިބިއްޖެ
ހާޝްގެ "ދީވާނީއްޔަތު" އޮކްޓޯބަރު 21 ގައި ގެނެސްދެނީ
"ދަ ބޭޑްސް އޮފް ބޮލީވުޑް" އަންނަ މަހު 18 ގައި