Roadha Mihaaru
މަލައިކާ ވެސް އޮންލައިންކޮށް ކާނާ ވިއްކަން ފަށައިފި

މަލައިކާ ވެސް އޮންލައިންކޮށް ކާނާ ވިއްކަން ފަށައިފި

17 އޯގަސްޓް 2021

ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރްގެ ލޯބިވެރިޔާ މަލައިކާ އަރޯރާ ވެސް ކާބޯތަކެތި އޮންލައިންކޮށް ވިއްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރްގެ ލޯބިވެރިޔާ މަލައިކާ އަރޯރާ ވެސް ކާބޯތަކެތި އޮންލައިންކޮށް ވިއްކަން ފަށައިފި އެވެ.

މިއީ ސިއްހަތަށް ފައިދާހުރި، ރަހަ މީރު އެތައް ކާނާއެއް އޮންލައިންކޮށް އޯޑަރުކުރެވޭ ހިދުމަތެކެވެ. މި މަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ލޯންޗްކުރި "ނޫޑް ބައުލްސް" ގެ ހިދުމަތް ބޮޑު ހަތަރު ސިޓީއެއްގެ 200 ސަރަހައްދަކަށް މިހާރު ވެސް ޑެލިވަރީކޮށްދެ އެވެ.

މި މަސައްކަތް ކުރިއަށް ދާނީ ޕްރޮފެޝަނަލް ޝެފުންނާއި ނިއުޓްރިޝަނިސްޓުންގެ ޓީމަކާއި ސީދާ މަލައިކާގެ ބެލުމުގެ ދަށުންނެވެ.

ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން އަބަދު ވެސް ފަރަށް ފިޓްކޮށް ހުންނަ އަދި ކެއުން ވެސް ތަފާތުކޮށް ގެންގުޅޭ މަލައިކާ، 47، ބުނި ގޮތުގައި އޭނާގެ ވިޔަފާރީގެ އަމާޒަކީ ސިއްހަތަށް އެންމެ ފައިދާހުރި އަދި ކާލަން މީރު ކާނާތައް އަގު ހެޔޮކޮށް ފޯރުކޮށްދިނުމެވެ.

މި ވިޔަފާރި އޭނާ އަންނަނީ މިހާރު އިންސްޓަގްރާމްގައި ވެސް ވަރަށް ބޮޑަށް ޕްރޮމޯޓްކުރަމުންނެވެ.

ސުޕަ މޮޑެލްއެއްގެ އިތުރުން މަލައިލާ އަކީ ބޮލީވުޑްގެ ކުރީގެ ވަރަށް މަޝްހޫރު އައިޓަމް ގާލްއެކެވެ. އަދި އޭނާ އަކީ އެކި ޝޯތަކުގެ ޖަޖެއްގެ ގޮތުގައި ވެސް އާންމުކޮށް ފެންނަ ފަންނާނެކެވެ.