މިދިޔަ ހަފުތާގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ކަރަންޓީންވާން ޖެހުމުން ދަރިންނާ ވަކިން އުޅެން ޖެހުމުން ބޮލީވުޑްގެ ތަރި ކަރީނާގެ ހިތްދަތި ޝުއޫރު އިންސްޓަގްރާމްގައި ފާޅުކޮށްފި އެވެ.
20 ޑިސެމްބަރ 2021
މިދިޔަ ހަފުތާގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ކަރަންޓީންވާން ޖެހުމުން ދަރިންނާ ވަކިން އުޅެން ޖެހުމުން ބޮލީވުޑްގެ ތަރި ކަރީނާގެ ހިތްދަތި ޝުއޫރު އިންސްޓަގްރާމްގައި ފާޅުކޮށްފި އެވެ.
އޭނަގެ އިންސްޓަގްރާމް ސްޓޯރީގައި ހަލާކުވެފައި ހިތުގެ އިމޯޖިއަކާ އެކު "ދަރިން މަތިން ވަރަށް ހަނދާންވާ" ކަމަށާއި "ކޮވިޑް ދެކެ ވަރަށް ރުޅި އަންނަ" ކަމަށް ބުނެފައިވެ އެވެ.
އެކަމަކު "ވަރަށް އަވަހަށް ބަލިން ރަނގަޅުވެ ކުޅިވަރު ދައްކާލާނެ" ކަމަށް ބުނެ ކަރީނާގެ ޕޯސްޓްގައި ވަރުގަދަ ބައިސެޕެއްގެ އިމޯޖީ ތިން ފަހަރަށް ތަކުރާރުކޮށްފައިވެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ކަރީނާ އާއި ގާތް އެކުވެރިޔާ އަމްރިތާ ރާއޯ (އަރުޖުން ކަޕޫރްގެ ލޯބިވެރިޔާ މަލައިކާ އަރޯރާގެ ކޮއްކޮ) އަށް ކޮވިޑް ޖެހުނީ ކަރަން ޖޯހަރް ބޭއްވި ޕާޓީއެއްގެ ތެރެއިންނެވެ. އޭގައި ބައިވެރިވި މީހުންގެ ތެރޭގައި އެކްޓަރު ސަންޖޭ ކަޕޫރްގެ އަންހެނުން މަހީޕް ކަޕޫރާއި ސަލްމާން ޚާންގެ ކޮއްކޮ ސުހައިލްގެ ޚާންގެ އަންހެނުން ސީމާ ޚާންގެ އިތުރުން ވެސް އިތުރު ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ އެންމެން މިހާރު ތިބީ ކަރަންޓީނުގަ އެވެ.
ކަރީނާ ބައްޔަށް ޕޮޒިޓިވްވެ އާއިލާއާ ވަކިން ކަރަންޓީނުގައި ހުރީ ފިރިމީހާ ސައިފް އަލީ ޚާނާ އެކު ދިރިއުޅޭ ގެއާ މާ ދުރު ނޫން ހިސާބެއްގައި ހުރި ތަނެއްގަ އެވެ. ކަރީނާ ބަލިން ރަނގަޅު ވަންދެން ދެ ދަރިން ކަމަށްވާ ތައިމޫރާއި 9 މަސްވީ ޖަހާންގީރު (ޖޭ) ބެލުމުގެ ހުރިހާ ޒިންމާއެއްގައި މިހާރު އިސްކޮށް ހުރީ ސައިފެވެ. އަނެއްކޮޅުން މި މަހުގެ 20 ވަނަ ދުވަހަކީ ތައިމޫރުގެ 5 ވަނަ އުފަން ދުވަސްކަމަށް ވާތީ ކަރީނާގެ ބައްޔާ ހެދި ދަރިފުޅުގެ އުފަން ދުވަހަށް ވެސް އެކަމުގެ ހިޔަނި އެޅޭނެ ކަމަށް ބެލެވެ އެވެ.
ކަރީނާ އަށް ކޮވިޑް ޖެހުނު އިރު އޭނަގެ ބައްޕަ ރަންދީރް ކަޕޫރާއި ކަޒިން ރަންބީރް ކަޕޫރަށް ވެސް މި އަހަރުގެ ކުރީކޮޅު ކޮވިޑް ޖެހުނެވެ.
މުމްބާއީ ދޫކޮށްލާކަށް ނޫޅެން: ސައިފް
ޓެސްޓެއްގައި ސުވާލުކުރީ ކަރީނާގެ ދަރިފުޅާ ބެހޭގޮތުން
ކަރީނާގެ ދަރިފުޅު ތައިމޫރާ ވައްތަރު ކުއްޖެއް
ދަރިފުޅަށް ހަ މަސް ވުމުން ރާއްޖޭން ކަރީނާގެ ފޮޓޯއެއް
ސައިފްގެ ރާއްޖޭ ދަތުރުން ރީތި ދެ ފޮޓޯ
ސައިފްގެ އުފަން ދުވަސް ފާހަގަކުރާނީ ރާއްޖޭގައި
ކަރީނާގެ ފޮތުގެ ނަމުގެ މައްސަލަ ފުލުހުންނަށް
"ފޮޓޯއެއް ނަގަން" ކަރީނާ ރާއްޖެ އަންނަން ބޭނުންވެފައި
ސައިފާ އެކު ފިލްމެއް ކުޅޭނެ ދުވަހެއް ނޭނގެ: ކަރީނާ
ސައިފަށް ހަމަލާދީގެން ހައްޔަރުކުރީ ބަންގްލަދޭޝް މީހެއް!