ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާން އަށް ހަމަލާދީ ޒަހަމްކޮށްލި މީހާ މުމްބާއީގެ ފުލުހުން މިއަދު ހެނދުނު ހައްޔަރުކޮށްފި އެވެ.
ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާން އަށް ހަމަލާދީ ޒަހަމްކޮށްލި މީހާ މުމްބާއީގެ ފުލުހުން މިއަދު ހެނދުނު ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކުރުމަށް ފަހު، މުމްބާއީގެ ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނީ، އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ ބަންގްލަދޭޝްގެ މީހެއް ކަމަށެވެ. އެ މީހާ ހައްޔަރުކުރީ ސައިފް ދިރިއުޅޭ ގެއާ 35 ކިލޯމީޓަރު ދުރުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ހައްޔަރުކުރީ މުހައްމަދު ޝަރިފުލް އިސްލާމް ޝާހްޒާދު، 30 އެވެ.
"ތަހުގީގުން ހާމަވެފައިވާ ގޮތުގައި އޭނާ ސައިފްގެ ގެއަށް ގޮސްފައި ވަނީ ވައްކަން ކުރުމުގެ ނިޔަތުގައި. ތުހުމަތު ކުރެވޭ މީހާ އަކީ ބަންގްލަދޭޝް މީހެއް،" މުމްބާއީގެ ފުލުހުންގެ އިސް އޮފިސަރު ދިކްޝިތު ގެދަމް ވިދާޅުވި އެވެ.
"އޭނާގެ އަތުން އިންޑިއާގެ އެއްވެސް ލިޔެކިޔުމެއް ފެނިފައެއް ނުވޭ. އޭނާގެ އަތުން އަތުލެވުނު ބައެއް ތަކެތިން އޭނާއަކީ ބަންގްލަދޭޝް މީހެއްކަން ހާމަވޭ."
#WATCH | Saif Ali Khan Attack case | Mumbai: DCP Zone 9 Dixit Gedam says, "We suspect that the accused is of Bangladeshi origin and that is why relevant sections of the Passport Act have been added to the case..." pic.twitter.com/jXWRWlQDjF
— ANI (@ANI) January 19, 2025
ފުލުހުން ބުނި ގޮތުގައި، އެ މީހާ މުމްބާއީގައި ދިރިއުޅޭތާ ހަތަރު ވަރަކަށް މަސް ދުވަސް ވެއްޖެ އެވެ. އެ މުއްދަތުގައި އޭނާ އުޅެމުން އައީ އޭނާގެ ނަން "ބިޖޯއީ ދާސް ނުވަތަ ވިޖޭ ދާސް"އަށް ބަދަލުކޮށްގެންނެވެ. އަދި އޭނާ ކުރިން ހައުސްކީޕިން ކުންފުންޏެއްގައި މަސައްކަތްކުރި ކަމަށާއި އެންމެ ފަހުން އުޅުނީ ރެސްޓޯރެންޓެއްގައި ވެއިޓަރަކަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ މިހާރު ވަނީ ސައިފަށް ހަމަލާދިން ކަމަށް އެއްބަސްވެފަ އެވެ.
ސައިފަށް ހަމަލާދިން މީހާ ކަމަށް ހީކޮށް ފުލުހުން މީގެ ކުރިން ވަނީ އިތުރު ދެ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ. އެކަމަކު، އެއީ މި މައްސަލައާ ގުޅުން ހުރި ދެ މީހުން ނޫންކަން ތަހުގީގަށް ހާމަވުމުން އެ މީހުން ދޫކޮށްލަން ފުލުހުން މިހާރު ވަނީ ނިންމައިފަ އެވެ.
އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ ސައިފްގެ ގެއަށް މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ވައްކަން ކުރަން ވަދެ، އެ މީހާ ވަނީ ސައިފަށް ހަމަލާދީ، އޭނާގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ. ސައިފަށް ހަމަލާދިނީ ވަގު ހުއްޓުވަން އުޅުމުންނެވެ. ހަމަލާދިނުމަށް ފަހު އޭނާ ވަނީ ފިލައިފަ އެވެ.
އެ މީހާ ވަނީ ސައިފްގެ ގައިގެ ހަ ތަނަކަށް ވަޅި ހަރައިފަ އެވެ. ގައިގެ ދެ ތަނެއްގައި ވަރަށް ފުން ޒަހަމެއް ވެސް ހުއްޓެވެ. އޭނާގެ ކަރަށް ވެސް ހަމަލާދީ ޒަހަމްކޮށްލި އެވެ. ވަޅި ހެރުމުގެ ސަބަބުން ސައިފުގެ މައިބަދައިގެ ނާރަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ. މައިބަދަ އަށް ހަރާފައި އޮތް ވަޅި ނެގުމަށާއި ލޭ ފޭބުން މަނާކުރުމަށް އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނެވެ. އަދި ކަރަށް ލިބިފައި ހުރި ޒަހަމްތަކާ ގުޅިގެން ޕްލާސްޓިކް ސާޖަރީއެއް ވެސް ކުރި އެވެ.
ހޮސްޕިޓަލުން ބުނީ ސައިފްގެ ސާޖަރީ ކާމިޔާބު ކަމަށާއި އޭނާގެ ފުރާނަ އަށް މިހާރު ނުރައްކަލެއް ނެތް ކަމަށެވެ.
ވައްކަން ކުރީ ފަގީރުކަމުން: ސައިފަށް ހަމަލާދިން މީހާ
ސައިފަށް ހަމަލާދިން ވަގު އަދިވެސް އަތުލައިނުގަނެވޭ!
ޕްރިތަމްގެ އޮފީހުން 4 މިލިއަން ރުޕީސް ވަގަށް ނަގައިފި
ބޮޑެތި ޒަހަމްތަކެއް ލިބުނު ސައިފްގެ ސާޖަރީ ކާމިިޔާބު!
ސައިފްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި
ޕޫނަމްގެ ގެއިން އަގުބޮޑު ފަށެއް ވަގަށް ނަގައިފި
ޝާހުގެ މަންނަތު ގޮއްވާލާނެ ކަމަށް ބުނި މީހަކަށް ދައުވާ
ކޮވިޑް ޖެހިގެން ކަރީނާ ދަރިންނާ ވަކިން، ހިތް ހަލާކު
މަނީ ލޯންޑްރިންއާ ހެދި ޖެކްލީން ހައްޔަރުކޮށްފާނެ
ދަރިފުޅު ހައްޔަރުކުރި ވާހަކަ ކިިޔަން ޝާހްރުކަށް ހުށަހެޅި