ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާންގެ ގެއަށް ވައްކަން ކުރަން ވަނީ ފަގީރުކަމުން ގޮތްހުސްވެގެން ކަމަށް އޭނާއަށް ހަމަލާދިން މީހާ ބުނެފި އެވެ.
ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާންގެ ގެއަށް ވައްކަން ކުރަން ވަނީ ފަގީރުކަމުން ގޮތްހުސްވެގެން ކަމަށް އޭނާއަށް ހަމަލާދިން މީހާ ބުނެފި އެވެ.
އެ މައްސަލާގައި މުމްބާއީގެ ފުލުހުން ހައްޔަރުކުރީ ބަންގުލަދޭޝްގެ މީހެއް ކަމަށްވާ އުމުރުން 30 އަހަރުގެ މުހައްމަދު ޝަރިފުލް އިސްލާމް ޝާހްޒާދެވެ.
ފުލުހުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނީ އޭނާ އެ ގެއަށް ވަތްއިރު އެއީ ސައިފްގެ ގެކަން އޭނާއަށް ނޭނގޭ ކަމަށާއި އޭނާ ބޭނުންވީ މުއްސަނދި މީހެއްގެ ގެއިން ވައްކަން ކުރަން ކަމަށެވެ.
ސައިފް ދިރިއުޅެނީ ވަރަށް ގިނަ މުއްސަނދިން ދިރިއުޅޭ އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގަ އެވެ. ސައިފް އުޅެނީ އެ އިމާރާތުގެ 12 ވަނަ ފުލޯގަ އެވެ.
"އޭނާ ސައިފުގެ ގެއަށް ހަމަ ވަނީ ރޭންޑަމްކޮށް. އޭނާ ބޭނުންވީ މުއްސަނދި މީހެއްގެ ގެއިން ވައްކަންކޮށްގެން އެ ތަކެއްޗާ އެކު އެނބުރި ބަންގުލަދޭޝް އަށް ފިލައިގެން ގޮސް، ވަރަށް ބަލިވެ އުޅޭ އޭނާގެ މަންމައަށް އެހީވާން،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާ އެ ގެއިން ވައްކަން ކުރަން ނިންމީ މުމްބާއީގައި އޭނާ އަދާކުރި ވަޒީފާ ގެއްލުމުންނެވެ. އޭނާ އުޅުނީ ރެސްޓޯރެންޓެއްގައި ހައުސްކީޕިން ވަޒީފާއެއްގަ އެވެ. އެ ވަޒީފާ ގެއްލުނީ އޭނާގެ ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމުންނެވެ. އިތުރު ވަޒީފާއެއް ނުލިބި، އަތުން ފައިސާ ހުސްވެ، ވަރަށް ހާލުގައި އުޅެން ޖެހުމުން ވައްކަން ކުރަން އޭނާ ނިންމީ އެވެ.
މުސާރައިގެ ބޮޑު ބައެއް ކޮންމެ މަހަކު ވެސް ބަންގުލަދޭޝްގައި ހުންނަ އޭނާގެ ބަލި މަންމަ އަށް ފޮނުވާ ކަމަށް ތަހުގީގަށް ދިން ބަޔާނުގައި އޭނާ ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ކުރިން އެހެން ރެސްޓޯރެންޓެއްގައި ވެސް މަސައްކަތްކުރި އެވެ. އެތަނުން ވެސް ކަނޑާލީ އޭނާ އެތަނުން ވައްކަންކޮށްގެން ފަޅާއަރައިގެންނެވެ.
ސައިފަށް ހަމަލާދީ، ވަރަށް ބޮޑަށް ޒަހަމްކޮށްލުމަށް ފަހު އޭނާ ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ އޭގެ ގާތްގަނޑަކަށް ތިން ދުވަސް ފަހުންނެވެ.
އެ ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު، މިދިޔަ އަންގާރަ ދުވަހު ސައިފް ވަނީ ގެއަށް ދޫކޮށްލައިފަ އެވެ. ފުލުހުން މިހާރު ވަނީ މި މައްސަލާގައި ސައިފްގެ ބަޔާން ވެސް ނަގައިފަ އެވެ.
ސައިފަށް ހަމަލާދީގެން ހައްޔަރުކުރީ ބަންގްލަދޭޝް މީހެއް!
ސައިފަށް ހަމަލާދިން ވަގު އަދިވެސް އަތުލައިނުގަނެވޭ!
ޕްރިތަމްގެ އޮފީހުން 4 މިލިއަން ރުޕީސް ވަގަށް ނަގައިފި
ބޮޑެތި ޒަހަމްތަކެއް ލިބުނު ސައިފްގެ ސާޖަރީ ކާމިިޔާބު!
ސައިފްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި
ޕޫނަމްގެ ގެއިން އަގުބޮޑު ފަށެއް ވަގަށް ނަގައިފި
ތޫނު އެއްޗަކުން ހަމަލާދީ ފޭރެން މަސައްކަތްކޮށްފި
ދިއްފުށީ ހަމަނުޖެހުން: މީހަކު އަދި ހައްޔަރެއް ނުކުރޭ
ދިއްފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯކޮށްލައިފި
ދިއްފުށީ ހަމަނުޖެހުމުގައި ޒަޚަމްވި މީހާގެ ހާލު ސީރިއަސް