ބޮލީވުޑްގެ އެކްޓްރެސް ޕޫނަމް ދިލޮންގެ ގެއިން ލައްކައެއްގެ އަގުހުރި ޖަވާހިރު ޖެހި ފަށަކާއި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.
ބޮލީވުޑްގެ އެކްޓްރެސް ޕޫނަމް ދިލޮންގެ ގެއިން ލައްކައެއްގެ އަގުހުރި ޖަވާހިރު ޖެހި ފަށަކާއި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.
ވައްކަން ކޮށްފައި ވަނީ އިންޑިއާގެ މުމްބާއީގެ ޚަރް ކިޔާ ސަރަހައްދުގައި ހުންނަ ޕޫނަމްގެ ގެއިންނެވެ. އެ ގޭގައި ގިނައިން ދިރިއުޅެނީ އޭނާގެ ދަރިފުޅެވެ. ޕޫނަމް އާންމު ގޮތެއްގައި ދިރިއުޅެނީ މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ހުންނަ އޭނާގެ ދެވަނަ ގޭގަ އެވެ.
އިންޑިއާގެ ނޫސްތަކުން އިއްޔެ ބުނި ގޮތުގައި، އެ ގެއިން ވައްކަން ކުރީ ގޭގައި ކުލަ ލާން ހަވާލުކޮށްފައިވާ މީހުންގެ ތެރެއިން މީހެކެވެ. މިދިޔަ މަހު 28 އިން ފެށިގެން މި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް އެ މީހުން ވަނީ އެ ގޭގައި ކުލަ ލުމުގެ މަސައްކަތް ކޮށްފަ އެވެ. އަދި، ވައްކަން ކުރިކަން ފަޅާއެރީ މިދިޔަ ހޯމަ ދުވަހު އެވެ.
އެ މީހުންގެ ތެރެއިން ވައްކަން ކުރި ކަމަށް ތުހުމަތުކުރަނީ 37 އަހަރުގެ ސަމީރް އަންސަރީ ކިޔާ މީހެކެވެ. މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.
ލައްކައެއްގެ އަގުހުރި ޖަވާހިރު ޖެހި ފަށެއްގެ އިތުރުން 35،000 ރުޕީސް ވެސް އޭނާ އެ ގެއިން ވަގަށް ނަގާފައިވާ ކަމަށާއި ވަގަށް ނެގި ފައިސާ ޕާޓީކުރަން އޭނާ ހުސްކޮށްލި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ޕޫނަމްއަކީ 70ގެ އަހަރުތަކުގެ ހިންދީ ފިލްމުތަކުގައި އާންމު މޫނެކެވެ. އޭނާ ފަހުން ހިންދީ ޑްރާމާތައް ވެސް ކުޅުނެވެ.
ޕްރިތަމްގެ އޮފީހުން 4 މިލިއަން ރުޕީސް ވަގަށް ނަގައިފި
ސޯނޫ ސޫދު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި
ވައްކަން ކުރީ ފަގީރުކަމުން: ސައިފަށް ހަމަލާދިން މީހާ
ސައިފަށް ހަމަލާދީގެން ހައްޔަރުކުރީ ބަންގްލަދޭޝް މީހެއް!
ސައިފަށް ހަމަލާދިން ވަގު އަދިވެސް އަތުލައިނުގަނެވޭ!
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ޒާތީ މައްސަލައެއްގައި ރަޝްމިކާގެ މެނޭޖަރު ވަކިކޮށްފި
ސޯނަމްގެ ގެއިން އަގުބޮޑު ސާމާނުތަކެއް ވަގަށް ނަގައިފި
ފިރިމީހާ ކޮބައިތޯ އެހުމުން ޝިލްޕާ ރުޅިގަދަވެއްޖެ
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ