29 އޮކްޓޯބަރ 2021
ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރްގެ ދޮށީ ދަރިފުޅު ތައިމޫރް (ޓިމް) އަކީ ފިލްމީ ތަރިއަކަށް ދޫނުކުރާ ވަރަށް މަޝްހޫރު ކުއްޖެކެވެ. އަންނަ ޑިސެމްބަރުގައި 5 އަހަރު ފުރޭ މި ކުއްޖާ އަށް ލިބުނު ސަމާލުކަން ބޮޑުވި ވަރަކީ މީޑިއާތަކުގެ ހެޑްލައިނަށް ވިހޭ ދުވަހުއްސުރެ އޭނާގެ ވާހަކައެއް ނާރާ ދުވަހެއް މިހާރު ނައުމެވެ. ޓިމްގެ މަޝްހޫރު ކަމާ އެކު 2018 ގެ ތެރޭގައި އޭނާއާ ވައްތަރު ބުދު ވެސް ބާޒާރަށް ނެފައިވެ އެވެ.

މި ފަހަރު މިއޮތީ ސީދާ ޓިމްއާ ވައްތަރު ކުއްޖެއްގެ ވާހަކަ އެވެ. އިންސްޓަގްރާމްވައި އާންމު ކޮށްފައިވާ ފޮޓޯތަކުން މި ކުއްޖާ ހަމަ ވަރަށް ބޮޑަށް ވެސް ޓިމްއާ ވައްތަރެވެ.
މިއީ ޒަރިއާން ތައްޕަރް ކިޔާ 3 އަހަރުގެ ކުއްޖެކެވެ. އޭނާގެ ފޮޓޯތައް އިންސްޓަގްރާމްގައި ޕޯސްޓް ކުރަމުން އަންނަނީ "ބެލާ ބޯއި ޒަރިއާން" ގެ ނަމުގަ އެވެ. މިއީ އެ ކުއްޖާގެ މައިންބަފައިން ބްލޮގެއްގައި ގޮތުގައި ހިންގާ އެކައުންޓެކެވެ. އަމާޒަކީ ފެޝަނުގެ ތެރެއިން ޒަރިއަން ވިދުވާލުމެވެ.
ކުއްޖާގެ ފޮޓޯތައް ދައުރުވާން ފެށުމާ އެކު ބައެއް މީހުން ވަނީ އޭނާ އާއި ޓިމްގެ ފޮޓޯތައް ކޮލާޖްކޮށް ސިފައިގައި ހުރި ވައްތަރުކަން ވެސް ފާހަގަ ކުރަމުންނެވެ. މޫނުގެ ބައްޓަމާއި ބޮލިގެ އިސްތަށިގަނޑު އޮންނަ ގޮތް ވެސް ހަމަ ވަރަށް ވައްތަރެވެ.
ޓިމްގެ ވާހަކަ ދައްކާނެ އިތުރު ގޮތެއް މިހާރު ގިނަ ބަޔަކަށް ލިބިގެން ދޔަ އިރު، ކަރީނާގެ މިހާރު ދެވަނަ ކުއްޖަކު ވެސް އެބައޮތެވެ. އެއީ މި އަހަރުގެ ފެބްރުއަރީގައި އުފަންވި ޖަހާންގީރް (ޖޭ) އެވެ.
ކަރީނާގެ ދެވަނަ ދަރިފުޅު ޖޭ.
ޓިމް އަށް މީޑިއާގެ ސަމާލުކަން ލިބުނުލެއް ބޮޑުކަމުން ކުރިމަތިލާން ޖެހުނު ތުރާތަކާ ހެދި ކަރީނާފެ ދެމަފިރިން ދެވަނަ ދަރިފުޅު މާ ބޮޑަކަށް ބޭރުތެރެއަށް ނެރެއެއް ނޫޅެ އެވެ.
ޓެސްޓެއްގައި ސުވާލުކުރީ ކަރީނާގެ ދަރިފުޅާ ބެހޭގޮތުން
މުމްބާއީ ދޫކޮށްލާކަށް ނޫޅެން: ސައިފް
މަންމައެއް ގޮތަށް އުޅެވޭތީ ސާރާ މާފަށް އެދިއްޖެ
އަމްރިތާއާ ވައްތަރަސް، ސާރާގެ ހުންނަނީ ސައިފްގެ އުޅުން
ކޮވިޑް ޖެހިގެން ކަރީނާ ދަރިންނާ ވަކިން، ހިތް ހަލާކު
ހީކުރި ވަރަށް ވުރެ އަހަރެން ކާމިޔާބު: ސައިފް
ދަރިފުޅަށް ހަ މަސް ވުމުން ރާއްޖޭން ކަރީނާގެ ފޮޓޯއެއް
ސައިފްގެ ރާއްޖޭ ދަތުރުން ރީތި ދެ ފޮޓޯ
ސައިފްގެ އުފަން ދުވަސް ފާހަގަކުރާނީ ރާއްޖޭގައި
މަންމަ އާއި ބައްޕަ ވަރިވުމުން ވީ ފައިދާ: ސާރާ: