07 އޯގަސްޓް 2021
ބައްޕަ، އެކްޓަރު ސައިފް އަލީ ޚާނާއި މަންމަ، ކުރީގެ މަޝްހޫރު ބަތަލާ އަމްރިތާ ސިންގްގެ ކައިވެނި ރޫޅުމަކީ ރަނގަޅަކަށް ދިމާވި ގޮތެއް ކަމަށާއި އެހެންވެ އެ މީހުން އުޅެނީ ވަރަށް އުފަލުގައި ކަމަށް ދޮށީ ދަރިފުޅު ސާރާ އަލީ ޚާން ބުނެފި އެވެ.
ބައްޕަ، އެކްޓަރު ސައިފް އަލީ ޚާނާއި މަންމަ، ކުރީގެ މަޝްހޫރު ބަތަލާ އަމްރިތާ ސިންގްގެ ކައިވެނި ރޫޅުމަކީ ރަނގަޅަކަށް ދިމާވި ގޮތެއް ކަމަށާއި އެހެންވެ އެ މީހުން އުޅެނީ ވަރަށް އުފަލުގައި ކަމަށް ދޮށީ ދަރިފުޅު ސާރާ އަލީ ޚާން ބުނެފި އެވެ.
މީގެ ތިން އަހަރު ކުރިން ފިލްމު "ކޭދަރުނާތު" އިން ބޮލީވުޑަށް ނުކުތް 25 އަހަރުގެ ބަތަލާ ކަލާޒްގެ ސްޓްރީމިން ޕްލެޓްފޯމް ވޫޓްގެ "ފީޓަޕް ވިތު ސްޓާސް" ގެ ތިން ވަނަ ސީޒަންގައި ބުނީ ކައިވެނީގެ ގުޅުމުން ދެ މީހަކަށް އުފާވެރިކަން ނުލިބޭ ނަމަ އެންމެ ރަނގަޅުވާނީ ވަކިވުން ކަމަށެވެ. އެހެންވެ މަންމަ އާއި ބައްޕަ 2004 ގައި ކައިވެނި ރޫޅާލަން ނިންމި ނިންމު ދޭތެރޭ ޝަކުވާކުރާނެ އެއްވެސް ޖާގައެއް ނެތް ކަމަށް ބުންޏެވެ.
"ގުޅުމާ މެދު އުފާނުވާ ނަމަ އޮންނާނީ ދެ ގޮތެއް. އެއް ގޮތަކީ ކައިވެނި ދަމަހައްޓަން ގަދަކަމުން ދެ މީހުން އަމިއްލަ އަށް އެއް ފުރާޅެއްގެ ދަށުގައި އެކީގައި އުޅުން. އަނެއް ގޮތަކީ ގުޅުމާ މެދު ހިތްހަމަނުޖެހުނަސް ކައިވެނި މަތީގައި ވަކިން އުޅުން،" ސާރާ ބުންޏެވެ. "އަހަރެން އުފާކުރަން އަހަރެންގެ މައިންބަފައިންގެ ނިންމުމާ ދޭތެރޭ. ދެ މީހުން ވެސް މިހާރު ތިބީ ހަމަޖެހޭ ދިރިއުޅުމެއްގައި."
ސައިފް، 50، އަށް ވުރެ އުމުރުން ދޮށި އަމްރިތާ، 63، އާ އޭނާ ކައިވެނިކުރީ ކެރިއަރުގެ އެންމެ ކުރީކޮޅު 1991 ގަ އެވެ. އެ ކައިވެންޏަށް ސައިފްގެ އާއިލާ އިން ވެސް މާ ބޮޑު ރުހުމެއް ލިބިފައެއް ނުވެ އެވެ. ދެ މީހުންގެ ކައިވެނި 2004 ގައި ރޫޅާލި އިރު ދެ ކުދިން ލިބިފައިވެ އެވެ. އެއީ ސާރާގެ އިތުރުން އިބްރާހީމް އަލީ ޚާން، 20، އެވެ.
ސައިފާ ވަކިވި ފަހުން އަމްރިތާ ކައިވެއްޏެއް ނުކުރެ އެވެ. ނަމަވެސް ސައިފް ވަނީ 2012 ގައި ބަތަލާ ކަރީނާ ކަޕޫރާ ކައިވެނިކޮށްފަ އެވެ. އެ ކައިވެންޏަށް މިހާރު ދެ ފިރިހެން ދަރިން އެބަތިއްބެވެ. ކަރީނާއާ ސައިފްގެ ދޮށީ ދެ ދަރިންނާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.
ސާރާ ބުނި ގޮތުގައި މައިންބަފައިންގެ ކައިވެނި ރޫޅުނަސް ދުވަހަކު ވެސް އެ މީހުން މަންމަ އާއި ބައްޕަގެ ފުރިހަމަ ލޯބިން މަހުރޫމެއް ނުވެ އެވެ. އަދި އަބަދު ވެސް ސައިފާއި އަމްރިތާ އަކީ ދަރިންގެ ކަންކަމުގައި ޒިންމާ ނަގާ ވަރަށް އޯގާތެރި އަޅާޅާ އަދި ވަރަށް ގާތުގައި ތިބޭ ބައެއް ކަމަށް ބުންޏެވެ.
ސާރާ އާއި ކޮއްކޮ އިބްރާހީމް ދިރިއުޅެނީ އަމްރިތާއާ އެކީގަ އެވެ. ސާރާ ބުނި ގޮތުގައި އަބަދު ވެސް އޭނާ އުޅޭނީ މަންމައާ އެކީގަ އެވެ. އަދި އެއީ މަންމައަކަށް ވުރެ ބޮޑަށް ގާތް އެކުވެރިއެއްގެ ގޮތުގައި ދެކޭ ކަމަށް ބުންޏެވެ.
"ހަގީގަތުގައި ކައިވެންޏެއް ރޫޅުމުން ކުރިމަތިވާނެ ހިތްދަތި ކަމަކީ ވަރަށް ބޮޑު ވޭނަކަށް ވާނެ. އެކަމަކު އަހަރެމެންގެ މަންމަ އާއި ބައްޕަގެ ނިންމުމަކީ ދެ ފަރާތުގެ އާއިލާ އަށް ވެސް ލިބުނު އުފަލެއް. ރަނގަޅެއް،" ސާރާ ބުންޏެވެ. "ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް އަދި ސަބަބެއް އޮވެގެން. އަހަރެން އުފާކުރަން ބައްޕަ ވެސް އަދި މަންމަ ވެސް އެ މީހުންގެ އަމިއްލަ ދިރިއުޅުމުގައި ވަރަށް ހަމަޖެހިލައިގެން އުފާވެރިކަންމަތީ އުޅޭތީ."
އޭނާ ބުނީ ބައްޕައާ އެއް ފުރާޅެއްގެ ދަށުގައި ނޫޅުނަސް އަބަދު ވެސް ދިމާވާ ކަމަށާއި ފޯނުން ވެސް ކޮންމެ ވަގުތަކު ވެސް ބައްޕައާ ގުޅާލެވޭ ކަމަށެވެ.
"އަހަރެން ބޭނުން ކޮންމެ އިރަކު ބައްޕައާ ބައްދަލު ވެސް ކުރެވޭ. ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެކެވޭ. އެހެންވެ ދެރަވާން ޖެހޭ ވަރުގެ ކަމެއް ނެތް،" ސާރާ ބުންޏެވެ. "މަދުވާ އެއްޗެއް ނެތް. މަންމަ އާއި ބައްޕަގެ ލޯބި އަބަދު ވެސް ލިބޭ."
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ފަރުހާނާއި ޝިބާނީގެ ކައިވެނި މާޗުގައި
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
ހީކުރި ވަރަށް ވުރެ އަހަރެން ކާމިޔާބު: ސައިފް
ކަރަން އާއި ނިޝާގެ ބޮޑެތި ތުހުމަތުތަކެއް
ކަރީނާ ދެވަނަ ދަރިފުޅާ އެކު
ޝަރުމީލާ ބަލިވެ އުޅޭ ވާހަކަ އަކީ ދޮގެއް
ކަރީނާގެ ފޮތް މާބަނޑު މީހުންނަށް ހާއްސަ
ސައިފް ފިލްމު ކުޅޭ އަގު ތިން ގުނަ ބޮޑުކޮށްފި
މުމްބާއީ ދޫކޮށްލާކަށް ނޫޅެން: ސައިފް