12 ނޮވެމްބަރ 2020
ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ކޮންމެ ރޯލެއް ވެސް ވަރަށް މޮޅަށް ކުޅެލާ އެކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ސައިފް އަލީ ޚާން ފިލްމު ކުޅޭ އަގު ތިން ގުނަ ބޮޑުކޮށްފި އެވެ.
ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ކޮންމެ ރޯލެއް ވެސް ވަރަށް މޮޅަށް ކުޅެލާ އެކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ސައިފް އަލީ ޚާން ފިލްމު ކުޅޭ އަގު ތިން ގުނަ ބޮޑުކޮށްފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ކުރިން އެވްރެޖްކޮށް ފިލްމަކުން 3-4 ކްރޯޑް ރުޕީސް (404,228-538,974 ޑޮލަރު) ނަގާ 50 އަހަރުގެ އެކްޓަރު ކުރިއަށް އޮތް ތަނުގައި ފިލްމެއް ކުޅެދޭ އަގު 11 ކްރޯޑް ރުޕީސް (1.5 މިލިއަން ޑޮލަރު) އަށް ވުރެ ކުޑައެއް ނުކުރާނެ އެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި ސައިފް ފިލްމު ކުޅޭ އަގަށް ބަދަލު ގެނައި އިރު، އޭނާ ކުޅޭ ފިލްމެއް ޕްރޮޑިއުސަރުން ޑިޖިޓަލްކޮށް ރިލީޒްކުރާ ނަމަ 11 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އަގެއް ނަގާނެ އެވެ.
އަބަދު ވެސް ތަފާތު ރޯލްތައް ތަޖުރިބާކުރަމުން އަންނަ ސައިފްގެ ތިން ފިލްމެއް މި އަހަރު ރިލީޒްވެފައިވެ އެވެ. އެއީ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އާއި "ޖަވާނި ޖާނެމަން" ގެ އިތުރުން "ދިލް ބޭޗާރާ" އެވެ. ސައިފް މި ވަގުތު އަންނަނީ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ މަސައްކަތް ކުރަމުންނެވެ.
ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ އަދި ބަތަލާ ސާރާ އަލީ ޚާންގެ ބައްޕަ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ "ބަންޓީ އޯރް ބަބްލީ 2" އެވެ. ސައިފް ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި "އަދިޕުރުޝް" އާއި "ގޯ ގޯއާ ގޯން 2" ހިމެނެ އެވެ.
އަންނަ ޖެނުއަރީގައި ސައިފް ކުޅެފައިވާ ދެވަނަ ވެބް ސީރީޒް "ދިއްލީ" އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރާނެ އެވެ. ނެޓްފްލިކްސް އިން ދެ ސީޒަނަކަށް ގެނެސްދިން ވެބް ސީރީޒް "ސެކްރެޑް ގޭމްސް" އަކީ އޭނާގެ އަލަތު ވެބް ސީރީޒެވެ.
ހީކުރި ވަރަށް ވުރެ އަހަރެން ކާމިޔާބު: ސައިފް
ޝަރުމީލާ ބަލިވެ އުޅޭ ވާހަކަ އަކީ ދޮގެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
މުމްބާއީ ދޫކޮށްލާކަށް ނޫޅެން: ސައިފް
"އަތުރަންގީ-ރޭ" ގައި ސާރާ ވަރަށް މޮޅު
ހުވަފެނަކީ ބަންސާލީގެ ފިލްމެއް: ސާރާ
ސާރާގެ "އަތުރަންގީ ރޭ" ޑިޖިޓަލް ޕްރީމިއާއަކަށް
އާޗީގެ ރޯލު އަމީތާބްގެ ކާފަދަރި އަގަސްޓިއާ އަށް؟
ބަތަލާއިންގެ ފީ ކުޑަވާންޖެހޭ ސަބަބެއް ނެތް: ކަރީނާ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް