14 ޑިސެމްބަރ 2021
އެންމެ ބޮޑަށް މިހާރު ދެކޭ އެއް ހުވަފެނަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް ކުޅެން ލިބުން ކަމަށް ސާރާ އަލީ ޚާން ބުނެފި އެވެ.
އެންމެ ބޮޑަށް މިހާރު ދެކޭ އެއް ހުވަފެނަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް ކުޅެން ލިބުން ކަމަށް ސާރާ އަލީ ޚާން ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ސައިފް އަލީ ޚާންގެ ދަރިފުޅު ބުނީ ބަންސާލީ އަކީ އަބަދުވެސް ވަރަށް ކަމުދާ ޑައިރެކްޓަރެއް ކަމަށާއި އޭނާ މިހާތަނަށް ގެނެސްދިން ކޮންމެ ފިލްމަކީ ވެސް ވަރަށް ކަމުދާ ފިލްމެއް ކަމަށެވެ.
އެހެންވެ ބަތަލާއެއްގެ ގޮތުގައި ބަންސާލީގެ ފިލްމެއް ކުޅެން ލިބުމަކީ ވަރަށް އުފާވާނެ ކަމެއް ކަމަށް 26 އަހަރުގެ ބަތަލާ ބުންޏެވެ.
"އެއީ ހަގީގަތުގައި ކެރިއަރުގައި ދެކޭ އެންމެ ބޮޑު އެއް ހުވަފެނަކީ. އުންމީދު ކުރަން ކޮންމެވެސް ހިސާބެއްގައި އެ ހުވަފެން ހަގީތަކަށް ވާނެ ކަމަށް،" ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރްގެ މާމަދަރި ބުންޏެވެ. "ބަންސާލީ ޑައިރެކްޓްކުރާ ފިލްމަކަށް ކުރެވޭ އުންމީދު ވަރަށް ވެސް ބޮޑު."
ބަންސާލީ އަކީ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" އަދި "ޕަދުމާތު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އާލިއާ ބަޓާ އެކު ފެބްރުއަރީގައި ގެނެސްދޭން ހަމަޖެހިފައިވާ "ގަންގޫބާއީ ކަތިއަވާޅީ" އެވެ.
ބަންސާލީ.
ބަތަލާ އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ ބުނި ގޮތުގައި މި މަހުގެ 24 ގައި ރިލީޒްކުރާ އޭނަގެ އާ ފިލްމު "އަތުރަންގީ ރޭ" ގެ ޑައިރެކްޓަރު އާނަންދު އެލް ރާއީއާ އެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ. އަދި އެއީ ވަރަށް މޮޅު ޑައިރެކްޓަރެއް ކަމަށާއި އޭނާއާ އެކު ކުރި ތަޖުރިބާ ވަރަށް ހިތްގައިމު ސާރާ ބުންޏެވެ. އުންމީދީ ބަތަލާ ބޮލީވުޑަށް ނުކުތީ 2018 ގެ "ކޭދަރުނާތު" އިންނެވެ. އޭގެ ފަހުން ސާރާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ސިމްބާ"، "ލަވް އާޖް ކަލް" އަދި "ކޫލީ ނަމްބަރު 1" ހިމެނެ އެވެ.
ސާރާ ސޮއިކޮށްފައިވާ ކަމަށް ބުނާ ފިލްމުތަކުގެ ތެރޭގައި ވިކީ ކޯޝަލްގެ ސުޕަހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" އަދި ޑައިރެކްޓަރު ޕަވަން ކިރްޕަލާނީގެ "ގޭސްލައިޓް" ހިމެނެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސާރާ ނަމޫނާއަކަށް ބަލަނީ އާލިއާ ބަޓަށް
"އަތުރަންގީ-ރޭ" ގައި ސާރާ ވަރަށް މޮޅު
ސާރާގެ "އަތުރަންގީ ރޭ" ޑިޖިޓަލް ޕްރީމިއާއަކަށް
އާޗީގެ ރޯލު އަމީތާބްގެ ކާފަދަރި އަގަސްޓިއާ އަށް؟
ހީކުރި ވަރަށް ވުރެ އަހަރެން ކާމިޔާބު: ސައިފް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"މިމީ" ގެ ޑައިރެކްޓަރުގެ އާ ފިލްމު ސާރާ އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސާރާ އަށް "ގޭސްލައިޓް"