ދާދި ފަހުން ނެޓްފްލިކްސް އިން ގެނެސްދިން ކްރިތީ ސެނަންގެ ކާމިޔާބު ފިލްމު "މިމީ" ގެ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރްގެ އާ ފިލްމަށް ސާރާ އަލީ ޚާން ސޮއިކޮށްފި އެވެ.
11 ސެޕްޓެމްބަރ 2021
ދާދި ފަހުން ނެޓްފްލިކްސް އިން ގެނެސްދިން ކްރިތީ ސެނަންގެ ކާމިޔާބު ފިލްމު "މިމީ" ގެ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރްގެ އާ ފިލްމަށް ސާރާ އަލީ ޚާން ސޮއިކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "މިމީ" އާއި ލަކްޝްމަންގެ 2019 ގެ ފިލްމު "ލުކާ ޗުއްޕީ" ވެސް ޕްރޮޑިއުސްކުރި ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދަން ނިންމާފައިވާ އާ ފިލްމަކީ ވެސް އަންހެން ކެރެކްޓާއަކަށް ބިނާކޮށް، އިޖުތިމާއީ މެސެޖްތަކެއް ފޯރުކޮށްދޭ ގޮތަށް ހަދާ ފިލްމެކެވެ.
އެ ނޫހުން ބުނި ގޮތުގައި ފިލްމުގެ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް ވެސް މީގެ މަސްތަކެއް ކުރިން ލަކްޝްމަން ނިންމާފައިވާ އިރު، ފިލްމުގެ ލީޑް ބަތަލާއަކަށް ސާރާ ނެގުމަށް ފަހު، އެއަށް އިތުރު ކާސްޓުން ނެގުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ލަކްޝްމަންގެ އާ ފިލްމަށް ސާރާ ސޮއިކޮށްފައި މި ވަނީ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި އޭނާގެ ބައްޕަ ސައިފް އަލީ ޚާންގެ ފިލްމު "ބޫތު ޕޮލިސް" ގެ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ ދެން ހަދާ ފިލްމު "ގޭސްލައިޓް" އަށް ވެސް ސާރާ ސޮއިކޮށްފައި ވަނިކޮށެވެ. އެ ފިލްމުގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ބުނެފައިވާ ގޮތުގައި އޭގެ ޝޫޓިން އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފަށާނެ އެވެ.
ސާރާ މިހާރު ފުލުފުލުގައި ފިލްމުތަކަށް ސޮއިކުރަމުން އަންނަނީ މި މަހުގެ ތެރޭގައި ޝޫޓިން ފަށަން ކުރިން ރޭވި ޑައިރެކްޓަރު އަދިތިޔާ ދާރްގެ ސުޕަހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" ގެ ބަޖެޓްގެ މައްސަލާގައި ޑައިރެކްޓަރާއި ޕްރޮޑިއުސަރު ރޯނޫ ސްކްރޫވާލާއާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދި، އޭގެ މަސައްކަތް މި ވަގުތަށް މަޑުޖައްސާލާފައި ވަނިކޮށެވެ.
ސާރާ ސޮއިކޮށްފައިވާ ކަމަށް ބުނާ ފިލްމުތަކުގެ ތެރޭގައި "ދި އިމޯޓަލް އަޝްވަތައްތާ" ގެ ބަތަލު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލާ އެކު ކުޅޭ "ނަކްރޭވާލީ" ހިމެނެ އެވެ.
ސާރާގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އަކްޝޭ ކުމާރާއި ދަނޫޝްއާ އެކު ކުޅެފައިވާ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ "އަތުރަންގީ ރޭ" އެވެ. އެ ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި ނުނިންމަ އެވެ.
ސާރާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ކޫލީ ނަމްބަރު 1" އެވެ.
"އަތުރަންގީ-ރޭ" ގައި ސާރާ ވަރަށް މޮޅު
ހުވަފެނަކީ ބަންސާލީގެ ފިލްމެއް: ސާރާ
ސާރާގެ "އަތުރަންގީ ރޭ" ޑިޖިޓަލް ޕްރީމިއާއަކަށް
އާޗީގެ ރޯލު އަމީތާބްގެ ކާފަދަރި އަގަސްޓިއާ އަށް؟
ހީކުރި ވަރަށް ވުރެ އަހަރެން ކާމިޔާބު: ސައިފް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސާރާ އަށް "ގޭސްލައިޓް"
ސުނިލް ޝެޓީގެ ދަރިފުޅާ އެކު އަކްޝޭ އަށް ފިލްމެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް